Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސުރުހީ

މިވެރިކަމުގެ ސިޔާސަތުތަށް ހުރީ 10 ނަމްބަރުގެ ކަންވާރު ބޮޅެއް އޮޅުވާލީމައި އޮންނަގޮތަށް: އީސަ

އީސަ ވިދާޅުވީ، މުޢިއްޒުގެ ސަރުކާރުގައި ހަރުދަނާ އެންމެ ސިޔާސަތެއްވެސް ނުދެކޭ ކަމަށާއި ފެންނަނީ ހުސް ތާކުންތާކު ނުޖެހޭ ދޯދިޔާ ސިޔާސަތުތަކެއް ކަމަށް

އަލީ ޝާހީން
އަލީ ޝާހީން | 1 ޖުލައި 2025 | އަންގާރަ 04:36
ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު އީސަ

ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު އީސަ

މިވެރިކަމުގެ ސިޔާސަތުތަށް ހުރީ 10 ނަމްބަރު ކަންވާރު ބޮޅެއް އޮޅުވާލީމައި އޮންނަގޮތަށް ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަހްމަދު އީސަ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓިވީ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ކުރީގެ މެންބަރު އީސަ ވިދާޅުވީ، މުޢިއްޒުގެ ސަރުކާރުގައި ހަރުދަނާ އެންމެ ސިޔާސަތެއްވެސް ނުދެކޭ ކަމަށާއި ފެންނަނީ ހުސް ތާކުންތާކު ނުޖެހޭ ދޯދިޔާ ސިޔާސަތުތަކެއް ކަމަށެވެ.

މިސަރުކާރުން ވެރިކަމަށް އަންނަށް ގޭގެ ދޮރުމަށްޗަށް ހިނގީ ދީނީ ކާޑު ހިފައިގެން ކަމަށާއި ވެރިކަމަށް އައިސް ހަލާލު ޓުއަރިޒަމް ގެންނަ ވާހަކަ ދައްކާއިރު އެކަމަކީ އިއްޔެއަކު މިއަދަކު ދައްކާ ވާހަކައެއް ނޫންކަމަށް އީސަ ވިދާޅުވިއެވެ. ވަރަށް ގިނަ ދިރާސާތަށް މީގެ ކުރީ ސަރުކާރުތަކުން ވެސް ކޮށްފައިވާކަމަށާއި ސުވާލު އުފެދޭ ކަންކަން އެބަހުރިކަން އީސަ ފާހަގަކުރެއްވިއެވެ.

އީސަ ވިދާޅުވީ ސުވާލު އުފެދޭ ކަންކަމުގެ ތެރޭގައި ހަލާލު ޓުއަރިޒަމް ތައާރަފް ކުރުމުގެ ބޭނުމުގައި 5 ރަށެއް ނުއަގުގައި މާކެޓަށް ނެރުނު ވާހަކަ ވިދާޅުވާއިރު އޭގެން ދެކޮޅު ނުޖެހޭ ވާހަކަތަކެއް ހުރިކަމަށެވެ. އެގޮތުން މިހާރުވެސް ރިސޯޓު ހަދަން ދީފައި ހުރި 158 ރަށް ނުހެދި އެބަހުރި ކަމަށާއި އިހްލާސްތެރިކަމެއް ހުރިނަމަ ދިވެހި ރާއްޖޭގައި ޓުއަރިޒަމް އިސްލާމް ދީނީ ހަމަތަކުގެ ތެރެއަށް ފައްތަން މިސަރުކާރުން ބޭނުންވާނަމަ ނުހެދި ހުރި ރަށްތަކަށް ލުއިތަށް ދީގެން އެބޭފުޅުންނަށް މި ފުރުސަތު ހުޅުވާލައްވާނެ ކަމަށެވެ.

މިސަރުކާރުން ވެރިކަމަށް އާއިރު ޓުއަރިޒަމްގެ އެންމެ ބޮޑު ސިޔާސަތަކަށްވީ އާރަށްތައް ދޫކުރުމެއް ނޫން، ކަނަޑައެޅިގެން ފާޅުގައި ވިދާޅުވެފައި އެބަހުރި ތިމަންނަމެން އާރަށްތައް ދޫކުރުމެއް ނޫނެ ތިމަންނަމެންގެ ސިޔާސަތަކީ، ތިމަންނަމެންގެ ސިޔާސަތަކީ ނުހެދި ހުރި ރަށްތައް ހެދޭނެ ގޮތްތަކެއް ސަރުކާރުން ހޯދައި ދިނުމެ، އަދި އެކި ފަހަރު އެބަހުރި ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ގޮސް ވަޒީރުން ޓީވީ ތަކުގައި ދައްކަވާފަ ތިމަންނަމެން ސަރުކާރުން ފައިސާ ދީގެން އެރަށްތައް ހަދާ ވާހަކަ.
އަހްމަދު އީސަ

އީސަ ވިދާޅުވީ، ނުހެދި ހުރި ރަށްތައް އޮޔާދާން ދޫކޮށްލާފައި އައު ރަަށްތައް އެއްލައްކަ އަށް ނުވަތަ ފަންސާސް ހާހަށް ދޭނީ އިހްލާސްތެރިކަމެއް ނެތީމައި ކަމަށެވެ. އަދި އެއީ ވަރަށް މަކަރުވެރި ރޭވުމެއްގެ ދަށުން ކައިރީގައި ތިބި ބަޔަކަށް ހިލޭ ފަޅު ރަށްތަކެއް ދޭންވެގެން ކުރަށްވާ ކަމެއް ކަމަށް އީސަ ވިދާޅުވިއެވެ.

އަހުމަދު އީސަމުޢިއްޒުގެ ސަރުކާރުހަލާލް ޓޫރިޒަމްރަށްރަށް

އިތުރަށް ކިޔާލަން

28 ސެޕްޓެމްބަރު 2025

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު
11 ޖުލައި 2025

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސް، ރާޅުގެ އުސްމިނުގައި 7 ފޫޓް ހުންނާނެ: މޫސުމާބެހޭ ގައުމީ އިދާރާ

11 ޖުލައި 2025
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސް، ރާޅުގެ އުސްމިނުގައި 7 ފޫޓް ހުންނާނެ: މޫސުމާބެހޭ ގައުމީ އިދާރާ
28 ޖޫން 2025

މިހާރު އޮތް ޓުއަރިޒަމް ހަރާމްތޯ؟

28 ޖޫން 2025
މިހާރު އޮތް ޓުއަރިޒަމް ހަރާމްތޯ؟
27 ޖޫން 2025

ހަލާލް ޓޫރިޒަމް ކުރިއަރުވަން، ލުއިތަކާ އެކު ރަށްތަކެއް ދޫކުރަނީ

27 ޖޫން 2025
ހަލާލް ޓޫރިޒަމް ކުރިއަރުވަން، ލުއިތަކާ އެކު ރަށްތަކެއް ދޫކުރަނީ
01 މާރިޗު 2025

މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް އަދި އަތޮޅުތެރޭގެ ހަތް ރަށެއްގައި އިޙްޔާ ފޯރަމް ބާއްވާނެ: އިސްލާމިކް މިނިސްޓްރީ

01 މާރިޗު 2025
މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް އަދި އަތޮޅުތެރޭގެ ހަތް ރަށެއްގައި އިޙްޔާ ފޯރަމް ބާއްވާނެ: އިސްލާމިކް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު