Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެލާގެ ތަރައްގީ

ކެލާގެ ތަރައްގީ ހުއްޓިފައި، ފަޅުގައި ރިސޯޓު ތަރައްގީ ކުރުމަށް އިއުލާން ކުރުން ނޫން ކަމެއް މިހާތަނަށް ކޮށްފައިނުވޭ: ޝަރީފް

29 ޖޫން 2025 | އާދީއްތަ 07:29

ކެލާގައި ފަތުރުވެރިކަން ކުރިއެރުވުމަށް ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވި ނަމަވެސް މިހާރު ވާނުވާއެއް ނޭނގޭ

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖޫން 2025 | އާދީއްތަ 07:29
ހއ.ކެލާ

ހއ.ކެލާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ހއ.ކެލާގައި އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ ކަމަށާއި، ފަޅުގައި ރިސޯޓު ތަރައްގީ ކުރުމަށް ވެސް އިއުލާން ކުރުން ނޫން ކަމެއް މިހާތަނަށް ކޮށްފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ޝަރީފް ވިދާޅުވީ ކެލާގައި ފަތުރުވެރިކަން ކުރިއެރުވުމަށް ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، 2007 ވަނަ އަހަރުން ފެށިގެން ރައްޔިތުން އެކަމަށް މަސައްކަތް ކުރާ ކަމަށެވެ. ކުރީ ސަރުކާރުގައި އެރަށުގެ ތުނޑި އަލުން ކުއްޔަށް ދޫކުރުމަށް ހުޅުވާލައި، އެމަސައްކަތް ފެށި ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކެލާ ފަޅުގައި ރިސޯޓު ތަރައްގީ ކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއްކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އިއުލާން ކުރުން ފިޔަވައި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި، ރައްޔިތުންނަށް ވާނުވާ ނޭނގޭ ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ރަށުގެ ތަރައްގީގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި، ކުރީ ސަރުކާރުގައި ފަށާފައިވާ މަޝްރޫއުތައް ވެސް ހުއްޓިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެވޯޑްކޮށްފައިވާ މަޝްރޫއުތައް ވެސް ކުރިއަށް ނުދާ ކަމަށާއި، މަގު ހެދުމަށް މީހުން ނެގި ނަމަވެސް މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.

އޭގެ އިތުރުން ސިއްހީ މަރުކަޒަކީ ކެލައަށް ވަރަށް މުހިންމު. ވަރަށް ދުވަސްވެފައިހުރި ސިއްހީ މަރުކަޒެއް ހުރީ. އެހެންވީމަ އަލުން ސިއްހީ މަރުކަޒެއް އަޅަންވެގެން ކުރީ ސަރުކާރުން ވަނީ ފަށާފައި. އެހެން ނަމަވެސް އެ ތަނބުތައް ޖަހާފައި އެ މަސައްކަތް ވަނީ ހުއްޓިފައި. ފައިސާގެ ދަތިކަން ދިމާވެގެން އެ ކޮންޓްރެކްޓަރު ވަނީ މަސައްކަތް ހުއްޓާލާފައި. ސްކޫލުގެ ތިން ބުރީގެ އިމާރާތުގެ މަސައްކަތް ވަނީ ކުރިއަށް ނުގޮސް އެވެސް ވަނީ ހުއްޓުމަކަށް އައިސްފައި. މީގެ އިތުރުން ފަޅަށް ވަންނަ ވަދެ ނުކުމެ އުޅުމުގެ ދަތިކަން ހައްލު ކުރުމަށް އެމްޓީސީސީއާ މިދިޔަ ސަރުކާރުން ހަވާލުކޮށްފައި. އެމަސައްކަތް ކުރިއަށް ނުދޭ.
ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް

ޝަރީފް ވިދާޅުވީ ކެލާގެ ހައުސިންގ މަޝްރޫއު، ރަށުގެ އޮފީސް އިމާރާތް ކުރުމުގެ އިތުރުން ސްޓޭޑިއަމް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި އޮތް ނަމަވެސް އެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. އަދި ދަނޑުވެރިކަމުގެ ބިންތަކަށް ކަރަންޓުލައި، ޒަމާނީ ވަސީލަތްތަކާއެކު، ދަނޑުވެރިކަން ކުރިއެރުވުމަށް ވަސީލަތްތައް ފަހިކޮށްދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެރަށުގެ ދަނޑުވެރިކަން ތަރައްގީ ކުރުމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުކެލާ ރަށްފަތުރުވެރިކަންރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
07 ޑިސެމްބަރު 2025

ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

07 ޑިސެމްބަރު 2025
ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި
06 ޑިސެމްބަރު 2025

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި
05 ޑިސެމްބަރު 2025

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

05 ޑިސެމްބަރު 2025
ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް
02 ޑިސެމްބަރު 2025

ކެޕިޓަލް ޓްރެވަލް އެންޑް ޓުއާރސް: ދިވެހި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި މެދު ނުކެނޑި 35 އަހަރު

02 ޑިސެމްބަރު 2025
ކެޕިޓަލް ޓްރެވަލް އެންޑް ޓުއާރސް: ދިވެހި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި މެދު ނުކެނޑި 35 އަހަރު
28 ނޮވެމްބަރު 2025

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި
21 ނޮވެމްބަރު 2025

ދުނިޔޭގެ އެންމެ ބޮޑު އޯޕަންވޯޓާ ފެތުމުގެ މުބާރާތް 2026 ވަނަ އަހަރު މާފުށީގައި ބާއްވަނީ

21 ނޮވެމްބަރު 2025
ދުނިޔޭގެ އެންމެ ބޮޑު އޯޕަންވޯޓާ ފެތުމުގެ މުބާރާތް 2026 ވަނަ އަހަރު މާފުށީގައި ބާއްވަނީ
12 ނޮވެމްބަރު 2025

ފުވައްމުލަކަށް ދިމާވި ފެނުގެ މައްސަލައާ ގުޅިގެން އިޔާދަނުކުރެވޭ މިންވަރުގެ ބޮޑެތި ގެއްލުންތައް ވިޔަފާރިތަކަށް ދަނީ ލިބެމުން

12 ނޮވެމްބަރު 2025
ފުވައްމުލަކަށް ދިމާވި ފެނުގެ މައްސަލައާ ގުޅިގެން އިޔާދަނުކުރެވޭ މިންވަރުގެ ބޮޑެތި ގެއްލުންތައް ވިޔަފާރިތަކަށް ދަނީ ލިބެމުން
11 ނޮވެމްބަރު 2025

ދިވެހި ދައުލަތުގެ އިއްޒަތް ޑިމްސް ޞާލިހަށް

11 ނޮވެމްބަރު 2025
ދިވެހި ދައުލަތުގެ އިއްޒަތް ޑިމްސް ޞާލިހަށް
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް