Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

އިސްރާއީލުގެ ހަމަލާތަކާމެދު އާންމުންގެ ރުޅިވެރިކަން ފާޅުކުރުމަށް އީރާނުގެ މަގުތަކަށް އެތައް ސަތޭކަ ހާސް މީހުން ނުކުމެއްޖެ

މިއީ މިހާތަނަށް "ތެހެރާނުގަ އާއި ޤައުމުގެ ކުދި ބޮޑު އެތައް ސިޓީ އެއް ގައި ދުވަހަކު ވެސް ނުފެންނަވަރުގެ ބޮޑު މުޒާހަރާ އެއް"

ރާއްޖެ އެމްވީ | 20 ޖޫން 2025 | ހުކުރު 14:13
އިސްރާއީލުގެ ހަމަލާތަކާ ދެކޮޅަށް އީރާނުގެ އެތައް ހާސް ރައްޔިތުން މުޒާހަރާ ކުރަނީ

އިސްރާއީލުގެ ހަމަލާތަކާ ދެކޮޅަށް އީރާނުގެ އެތައް ހާސް ރައްޔިތުން މުޒާހަރާ ކުރަނީ

އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ މެދު އާންމުންގެ ރުޅިވެރިކަން ފާޅުކުރުމަށް އީރާނުގެ މަގުތަކަށް އެތައް ހާސް މީހުން ނުކުމެ މުޒާހަރާ ކޮށްފިއެވެ.

ހުކުރު ނަމާދަށް ފަހު މަގުތަކަށް ނުކުތް މީހުންގެ އަދަދާ ބެހޭ ގޮތުން އަލް ޖަޒީރާ ގެ ރިޕޯޓަރު ބުނެފައި ވަނީ މިއީ މިހާތަނަށް "ތެހެރާނުގަ އާއި ޤައުމުގެ ކުދި ބޮޑު އެތައް ސިޓީ އެއް ގައި ދުވަހަކު ވެސް ނުފެންނަ ވަރުގެ ބޮޑު މުޒާހަރާ އެއް" ކަމަށެވެ.

ހިނގަމުންދާ ހަމަލާތަކާ އެކުވެސް، އިސްރާއީލުގެ ހަމަލާތަކާމެދު ރުޅިވެރިކަން ފާޅުކުރުމަށް އެއްބައިވަންތަ ކަމުގައި މަގުމައްޗަށް ނުކުމެ ހިނގާލުމުގައި ބައިވެރިވި އެތައް ސަތޭކަ ހާސް މީހުން ފެނިއްޖެ ކަމަށް އަލް ޖަޒީރާ އިން ބުނެފައިވެއެވެ.

ތެހެރާން ޔުނިވަރސިޓީ ސަރަހައްދުން ހުކުރު ނަމާދުގެ ފަހުން ފެށި މުޒާހަރާގެ ބައިވެރިން ޝުއޫރު ފާޅު ކުރަމުން، އީރާނާއި ފަލަސްތީނާއި ހިޒްބުﷲގެ ދިދަތައް ނަގައިގެން ތިއްބެވެ.

އީރާނުން ބަދަލު ހިފުމުގެ ގޮތުން ކުރިއަށް ގެންދާ ހަމަލާ ތަކަށް ތާއީދު ކުރާކަމަށް ބުނެ ހަރު އަޑުން ޝުއޫރު ފާޅު ކުރަމުން ވަނީ ގެންގޮސްފައެވެ.

ބައެއް މީހުން އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީގެ ފޮޓޯތައް ހިފައިގެން ތިބި އިރު، އެމަނިކުފާނު ވަނީ އިސްރާއީލުގެ ހަމަލާތައް ފެށުމާއެކު އީރާނުގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަ ކަމަށް ގޮވާލައްވާފައެވެ.

އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ތެހެރާން ދޫކޮށް އެހެން ސިޓީތަކަށް ހިޖުރަކޮށްފައި ވީ ނަމަވެސް މުޒާހަރާގައި ބައިވެރިވި މީހުންގެ އަދަދު ގިނަ ކަން ރިޕޯޓަރުން ވަނީ ފާހަގަ ކޮށްފައެވެ.

"މި ހަމަލާތައް ފެށުނު ފުރަތަމަ ދުވަހުން ފެށިގެން، އާންމު ރައްޔިތުންގެ ފަރާތުން ވަރުގަދަ ރުޅިވެރިކަން އަޅުގަނޑުމެންނަށް ފެނިފައިވޭ. މިހާރު އެމީހުން އެ ރުޅިވެރިކަން ފާޅުކުރުމަށް މަގު މައްޗަށް ނުކުތީ" ކަމަށް އަލް ޖަޒީރާ އިން ބުނެފައިވެއެވެ.

އީރާނުގެ އިސް އޮފިޝަލުން ވެސް ހިނގާލުމުގައި ބައިވެރިވެފައި ވެއެވެ.

އީރާނުގެ ޖަމާރާން ނިއުސްގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ހާމަ ކޮށްފައިވާ ގޮތުގައި އީރާނުގެ އުއްތަމަ ފަނޑިޔާރު، ކުރީގެ އައި.އާރް.ޖީ.ސީ ކޮމާންޑަރު، އަދި އެތައް ވަޒީރުންނާއި ޕާލިމަންޓުގެ ނައިބު ރައީސް މުޒާހަރާ އިން ފެނިފައިވެއެވެ.

އީރާނުގެ ޕްރެސް ޓީވީ އިން ބުނާ ގޮތުގައި، ޤައުމުގެ އަސްކަރިއްޔާ އަށް ތާއީދުކުރުމުގެ ގޮތުން މިފަދަ މުޒާހަރާތައް މަޝްހަދު، އިސްފަހާން، ތަބްރީޒް، ޤުމް، ޝީރާޒް، ޤަޒްވީން، ޔަޒްދް، އަދި ގީލާން ފަދަ އެތައް އެހެން ސިޓީ ތަކެއްގައި ބޭއްވިފައިވެއެވެ.

މިއީ އިސްރާއީލުގެ ހަމަލާތަކާ ދެކޮޅަށް އީރާނުގެ ރައްޔިތުންގެ މެދުގައި އޮތް ވަރުގަދަ އެއްބައިވަންތަކަމާއި އިސްރާއީލަށް އޮތް ނަފްރަތު ދައްކުވައިދޭ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މުޒާހަރާތަކުގެ ސަބަބުން އިސްރާއީލާ ދެކޮޅަށް އީރާނުން ދެމުންދާ ހަމަލާތަކަށް ރައްޔިތުންގެ ފަރާތުން ލިބޭ ތާއީދު އިތުރުވެ، އީރާނުގެ ސަރުކާރަށް އިތުރު ބާރެއް ލިބިގެން ދާނެ ކަމަށް ބެލެވޭ ކަމަށާއި އަނެއްކޮޅުން މިކަމުގެ ސަބަބުން މެދުއިރުމަތީގެ މި ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްވެގެން ދިއުމަކީވެސް އެކަށީގެންވާ ކަމެއ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ވެސް އީރާނަށް ތާއީދު ކޮށް އެތައް ހާސް މީހުން ހުކުރު ދުވަހު މުޒާހަރާ ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

15 މެއި 2018

އިސްރާއީލުގެ ލާއިންސާނީ އަމަލުތަކާ ގުޅިގެން ދެކުނު އެފްރިކާ އިން އިސްރާއީލަށް ކަނޑުއަޅުއްވާފައިވާ އެމްބެސެޑަރު އަނބުރާ ގައުމަށް ގެންގޮސްފި

15 މެއި 2018
އިސްރާއީލުގެ ލާއިންސާނީ އަމަލުތަކާ ގުޅިގެން ދެކުނު އެފްރިކާ އިން އިސްރާއީލަށް ކަނޑުއަޅުއްވާފައިވާ އެމްބެސެޑަރު އަނބުރާ ގައުމަށް ގެންގޮސްފި
17 މާރިޗު 2018

އިރުމަތީ ޣޫތާ އަށް ސަރުކާރު ސިފައިން ދިން ހަމަލާތަކެއްގައި އާންމުންގެ 30 މީހަކު މަރުވެއްޖެ

17 މާރިޗު 2018
އިރުމަތީ ޣޫތާ އަށް ސަރުކާރު ސިފައިން ދިން ހަމަލާތަކެއްގައި އާންމުންގެ 30 މީހަކު މަރުވެއްޖެ
14 ފެބުރުއަރީ 2018

އިންސާނީ ޙައްޤުތަކަށް އަރައިގަނެގެން ވެސް އިސްރާއީލަކީ ޔަހޫދީ ދައުލަތެއްގެ ގޮތުގައި ބާއްވަން ޖެހޭ: އިސްރާއީލުގެ ޖަސްޓިސް މިނިސްޓަރު

14 ފެބުރުއަރީ 2018
އިންސާނީ ޙައްޤުތަކަށް އަރައިގަނެގެން ވެސް އިސްރާއީލަކީ ޔަހޫދީ ދައުލަތެއްގެ ގޮތުގައި ބާއްވަން ޖެހޭ: އިސްރާއީލުގެ ޖަސްޓިސް މިނިސްޓަރު
18 ޖެނުއަރީ 2018

އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ އަހަރެއްހާ ދުވަހުގެ ތެރޭ ގުދުސް އަށް ބަދަލު ކުރެވޭނެ: އިސްރާއީލުގެ ބޮޑުވަޒީރު

18 ޖެނުއަރީ 2018
އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ އަހަރެއްހާ ދުވަހުގެ ތެރޭ ގުދުސް އަށް ބަދަލު ކުރެވޭނެ: އިސްރާއީލުގެ ބޮޑުވަޒީރު
17 ޖެނުއަރީ 2018

އަހަދު ތަމީމީ ހައްޔަރުކޮށްފައި ބެހެއްޓުމަށް އިސްރާއީލުގެ ކޯޓަކުން ޙުކުމްކޮށްފި

17 ޖެނުއަރީ 2018
އަހަދު ތަމީމީ ހައްޔަރުކޮށްފައި ބެހެއްޓުމަށް އިސްރާއީލުގެ ކޯޓަކުން ޙުކުމްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު