Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-އީރާން ހަނގުރާމަ

ޚާމަނާއީ އަށް ދެން އިތުރަށް ދިރިއެއް ނުހުރެވޭނެ: އިސްރާއީލުގެ ދިފާއީ ވަޒީރު

އަންގާރަ ދުވަހު، އެމެރިކާގެ ރައީސް ޓްރަމްޕް، ޚާމަނާއީ އަށް އިޝާރާތް ކުރައްވައި، ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރެއްވިއެވެ. "އަހަރެމެން އޭނާ ނައްތަ އެއް ނުލާނަމެވެ (މަރައެއް ނުލާނަމެވެ!)

ރާއްޖެ އެމްވީ | 19 ޖޫން 2025 | ބުރާސްފަތި 11:39
އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ

އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ

އީރާނުގެ އެންމެ މަތީ ވެރިޔާ ޚާމަނާއީ އަށް ދެން އިތުރަށް ދިރިއެއް ނުހުރެވޭނެ ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު ވިދާޅުވެއްޖެއެވެ.

ދިފާއީ ވަޒީރު ކަޓްޒް ވަނީ އީރާނުގެ އެންމެ މަތީ ވެރިޔާ "ނައްތާލުން" ހަނގުރާމައިގެ ލަނޑުދަނޑިއެއްގެ ގޮތުގައި ކަނޑައެޅުއްވި ކަމަށް ވިދާޅުވެފައެވެ.

އީރާނުގެ ލީޑަރު އަވަހާރަ ކޮށްލުމާ ބެހޭ ގޮތުން ކަޓްޒް މި މޭމުރުމުން ވާހަކަ ދެއްކެވީ ބުރާސްފަތި ދުވަހު ހެނދުނު އިސްރާއީލުގެ ބެއަރ ޝޭވާގައި އީރާނުން ދިން ހަމަލާގައި ސޮރޯކާ ހޮސްޕިޓަލަށް ގެއްލުން ލިބުމާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

"[ޚާމެނެއީ] ފަދަ މީހަކު އަބަދުވެސް ބޭނުންވެފައި ވަނީ އޭނާގެ އޭޖެންޓުން މެދުވެރިކޮށް އިސްރާއީލު ނައްތާލުމަށެވެ. އަހަރެމެންނަށް ހަމަލާދޭން ބޭނުންވާ މި މީހާ އަކަށް ދިރިއެއް ނުހުރެވޭނެ އެވެ. މި މީހާ ހުއްޓުވުމުގެ މައްސަލަ، މި މީހާ ނައްތާލުމުގެ މައްސަލަ، އެއީ މި ހަނގުރާމައިގެ ބައެކެވެ." ކަޓްޒް ވިދާޅުވި ކަމަށް ބީބީސީ އިން ރިޕޯޓު ކޮށްފައިވެއެވެ.

އިސްރާއީލުން ފާއިތުވި ހަފުތާގައި ހަމަލާދޭން ފެށި ފަހުން، އީރާނުގެ ވެރިކަން ބަދަލުކުރުން އެއީ އެމީހުންގެ ހަނގުރާމައިގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ނުވަތަ ނޫންކަން ނޫސްވެރިންނަށް ސާފުވާ ގޮތް އޮތީ ނުވެފައެވެ.

ހުކުރު ދުވަހު އިސްރާއީލުން އީރާނަށް ހަމަލާ ދިނުމަށް ފަހު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އީރާނުގެ ރައްޔިތުންނާ މުޚާތަބުކޮށް އިނގިރޭސި ބަހުން ވީޑިއޯއެއް ނެރުއްވިއެވެ. އެ ވީޑިއޯގައި އޭނާ ވިދާޅުވީ, އަސްކަރީ އޮޕަރޭޝަނުން "ތިޔަބައިމީހުންނަށް މިނިވަންކަން ހޯދުމަށް މަގުފަހިވާނެ ކަމަށް" އުންމީދުކުރައްވާ ކަމަށެވެ.

އަންގާރަ ދުވަހު، އެމެރިކާގެ ރައީސް ޓްރަމްޕް، ޚާމަނާއީ އަށް އިޝާރާތް ކުރައްވައި، ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރެއްވިއެވެ. "އަހަރެމެން އޭނާ ނައްތައެއް ނުލާނަމެވެ (މަރައެއް ނުލާނަމެވެ!)، ޔަގީނުން ވެސް މިވަގުތަކު ނޫނެވެ..." ޓްރަމްޕް ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤަތަރުގެ މައްސަލަ: އޯޕެކް ބައްދަލުވުމާއި ދިމާކޮށް މައްސަލަ އިތުރަށް ހޫނުވަނީ

ޤަތަރުގެ މައްސަލަ: އޯޕެކް ބައްދަލުވުމާއި ދިމާކޮށް މައްސަލަ އިތުރަށް ހޫނުވަނީ

25 ނޮވެމްބަރު 2017
އިސްރާއީލުގެ ޖަރީމާތައް ތަހުޤީޤްކުރަން ގޮވާލުމުން ފަލަސްތީނުގެ އޮފީސް ބަންދުކުރާނެކަމުގެ އިންޒާރު ދީފި

އިސްރާއީލުގެ ޖަރީމާތައް ތަހުޤީޤްކުރަން ގޮވާލުމުން ފަލަސްތީނުގެ އޮފީސް ބަންދުކުރާނެކަމުގެ އިންޒާރު ދީފި

19 ނޮވެމްބަރު 2017
ޚާމަނާއީގެ މުޝީރުގެ އިންޒާރު ހަރީރީއަށް:ބައްޕާފުޅަށް ދިމާވި ގޮތް ވެދާނެ

ޚާމަނާއީގެ މުޝީރުގެ އިންޒާރު ހަރީރީއަށް:ބައްޕާފުޅަށް ދިމާވި ގޮތް ވެދާނެ

08 ނޮވެމްބަރު 2017
އެމެރިކާއާށް އެތެރެވާ ފަސިންޖަރުން އިތުރަށް ސްކްރީން ކުރަނީ

އެމެރިކާއާށް އެތެރެވާ ފަސިންޖަރުން އިތުރަށް ސްކްރީން ކުރަނީ

27 އޮކްޓޯބަރު 2017
ސުދާން އާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދާއިމަށް އުވާލާނީތޯ އެމެރިކާ އިން އިތުރަށް ވިސްނަނީ

ސުދާން އާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދާއިމަށް އުވާލާނީތޯ އެމެރިކާ އިން އިތުރަށް ވިސްނަނީ

12 ޖުލައި 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު