Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-އީރާން ހަނގުރާމަ

އިރާނުން ޔަހޫދީ ދައުލަތައް އައު ޖީލުގެ މިސައިލް ވާރޭ ވެއްސައިފި

އެންމެ ފަހުގެ ހަމަލާ އާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި، އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް އިން ބުނެފައިވަނީ އެ އޮޕަރޭޝަންގައި ބެލިސްޓިކް މިސައިލް ސެޖިލް ބޭނުން ކުރި ކަމަށް

ރާއްޖެ އެމްވީ | 18 ޖޫން 2025 | ބުދަ 20:31
އީރާނުން ދިން ހަމަލާ ގައި އަލަށް ބޭނުން ކުރި ސުޕަރ ހެވީ ބެލިސްޓިކް މިސައިލް ސެޖިލް

އީރާނުން ދިން ހަމަލާ ގައި އަލަށް ބޭނުން ކުރި ސުޕަރ ހެވީ ބެލިސްޓިކް މިސައިލް ސެޖިލް

އިރާނުގެ ހަތިޔާރުއެޅި ބާރުތަކުން ބުދަ ދުވަހުގެ ހަވީރު "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3" ގެ އައު މަރުހަލާ އެއް ފަށައިފިއެވެ.

އަލަށް ދޭން ފެށި ހަމަލާ ތަކުގައި، ފުރަތަމަ ފަހަރަށް ބޭނުންކުރެވޭ މިސައިލްތައް ހިމެނޭ ގޮތަށް، ގިނަ އަަދަދެއްގެ މިސައިލް އިސްރާއީލަށް އަމާޒު ކުރި ކަމަށް އީރާނުގެ ރަސްމީ މީޑިއާ ތަކުން ބުނެފައިވެއެވެ.

އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް އިސްރާއީލު ސަރުކާރުން ހިންގި އަނިޔާވެރި ޢުދުވާނަށް ޖަވާބުދާރީވުމުގެ ގޮތުން ބުދަ ދުވަހުގެ ހަވީރު ފެށުނު މި ބަދަލު ހިފުމުގެ އޮޕަރޭޝަންގެ އެންމެ ފަހުގެ ރާޅު ފޮނުވާލީ، އިސްލާމީ އިންޤިލާބުގެ ލީޑަރު އާޔަތު ﷲ ސައްޔިދު ޢަލީ ޚާމަނާއީ ހަނގުރާމަ އާ ބެހެ ގޮތުން ބަޔާނެއް ދެއްވިތާ ކުޑައިރު ކޮޅެއްގެ ތެރޭގައެވެ.

އާޔަތު ﷲ ޚާމަނާއީ ވިދާޅުވީ އިރާނުން ދުވަހަކު ވެސް އަމާން ނުދޭނެ ކަމަށާއި، "އެއްވެސް ބާވަތެއްގެ މަޖުބޫރު ކުރުވުމަކަށް" އީރާނުން ބޯ ގުދު ނުކުރާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ޙިއްސާކުރެވުނު މިސައިލް ހަމަލާގެ މަންޒަރުތަކުން ދައްކައިދިނީ އިރާނުގެ އެކި ސަރަޙައްދުތަކުން ދޫކޮށްލެވުނު މިސައިލްތައް އުޑުމަތީގައި އާދަޔާ ޚިލާފު ގޮތަކަށް ހަރަކާތްތެރިވަމުން، އިސްރާއީލުގެ ގިނަ ފަށަލައިގެ އެއަރ ޑިފެންސް ސިސްޓަމްތަކުން ރެކެމުންދާ މަންޒަރެވެ.

އިރާނުގެ މިސައިލްތަކުގެ ފޮޓޯ ނުވަތަ ވީޑިއޯ ޝާއިޢުކުރުން އިސްރާއީލު ސަރުކާރުން މަނާކޮށްފައިވީ ނަމަވެސް، ހަމަލާތަކުން އިސްރާއީލަށް ލިބިފައިވާ ގެއްލުންތައް ދައްކުވައިދޭ ބައެއް މަންޒަރުތައް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފައެވެ.

އައު ޖީލަށް ނިސްބަތްވާ ބައެއް މިސައިލްތައް ހިމެނޭހެން، ގިނަ މިސައިލްތަކެއް އިސްރާއީލުގެ ސަރުކާރަށް ނިސްބަތްވާ އަސްކަރީ އަދި އިންޓެލިޖެންސް ތަންތަން ހިމެނޭ ގޮތަށް، އަމާޒުތަކަށް ވަރަށް ސީދާކޮށް ޖެހިފައިވާ ކަމަށް އީރާނުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ތެލް އަވީވް، ހައިފާ، ނަތަންޔާ އަދި ހަޝްފުލާ ގައި އެއަރ ރެއިޑް ސައިރަންތައް އިވި، ބިރުން ހާސްވެފައިވާ ޔަހޫދީ ވަޒަންވެރިން އަނެއްކާވެސް ބިމުއަޑީގެ ޝެލްޓަރުތަކުގައި ގޮސް ފޮރުވުނެވެ.

ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި، އިރާނުގެ ހަތިޔާރުއެޅި ބާރުތަކުން ވަނީ އެމެރިކާގެ އެހީތެރިކަމާއެކު ހިންގާ އިސްރާއީލުގެ މިސައިލް ދިފާއީ ނިޒާމުން ނެއްޓުމަށް އެކި ކަހަލަ އީޖާދީ އުކުޅުތައް ބޭނުން ކޮށްގެން ވަރަށް ބޮޑު ކާމިޔާބެއް ހޯދާފައެވެ.

އިސްރާއީލުގެ ނޫސް "ޔީޑިއޮތް އާރޮނޮތް" ގައި އަންގާރަ ދުވަހު ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ އިރާނުގެ ބަދަލުހިފުމުގެ އޮޕަރޭޝަންގެ އެންމެ ފަހުގެ ރާޅުތައް "އާދަޔާ ޚިލާފު" ކަމަށާއި، އެކަމުން އިސްރާއީލު ސަރުކާރަށް ވަނީ ކުއްލި ސިހުމެއް އައިސްފައި ކަމަށެވެ.

އޮޕަރޭޝަންގެ އެންމެ ފަހުގެ ހަމަލާ އާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި، އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރްޖީސީ) އިން އިޢުލާނުކުރީ އެ އޮޕަރޭޝަންގައި ބެލިސްޓިކް މިސައިލް ސެޖިލް ބޭނުން ކުރި ކަމަށެވެ.

އައިއާރްޖީސީ އިން އިސްރާއީލުގެ ވަޒަންވެރިންނަށް އެންގީ ފާއިތުވި ދުވަސްތަކުގައި އިރާނުގެ ކާމިޔާބު ބަދަލުހިފުމުގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އެއަރ ޑިފެންސްތައް ވަނީ ކަމީނާ ވެފައި ކަމަށާއި، މިހާރު އިސްރާއީލުން ހިފާފައިވާ ބިންތަކުގެ އުޑުމަތި އޮތީ މުޅިން އިރާނުގެ މިސައިލްތަކާއި ޑްރޯންތަކުގެ ބާރުގެ ދަށުގައި ކަމަށެވެ.

އަދި އެ ފަރާތްތަކަށް ހަނދާންކޮށް ދިނީ އަންގާރަ ދުވަހުގެ އޮޕަރޭޝަންގައި މޮސާޑް، އަމާން އަދި އިސްރާއީލުގެ ފައިޓަރ ޖެޓްތަކުގެ އަސްކަރީ އިންޓެލިޖެންސް މަރުކަޒެއް ހަލާކު ކޮށްލެވުނު ކަމަށާއި، މިއީ އައިއާރްޖީސީގެ އިސްވެރިޔާ މި ހަފުތާގެ ކުރީކޮޅު ބުނި ފަދައިން ޒަޔަނިސްޓުންނަށް ނަރަކައިގެ ދޮރު ހުޅުވިގެންދާނެ ކަމުގެ ހަނދާން ކޮށްދިނުމެއް ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޔަހޫދީ ވަޒަންވެރިންނަށް އޮތީ ބިމުއަޑީގެ ބަންކަރުތަކުގައި ތިބެ މަރުވުން ނުވަތަ އެމީހުންގެ ކާބަފައިން އައި ޤައުމުތަކަށް އެނބުރި ދިއުމާ ދެމެދު ބޭނުން ގޮތެއް ޚިޔާރުކުރަން ޖެހިފައި ކަމަށެވެ.

ބުދަ ދުވަހު ދޫކޮށްލެވުނު ލެވުނު ބަދަލުހިފުމުގެ މިސައިލް ވާރޭއަކީ އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3 ގެ ބާރަވަނަ މަރުހަލާގެ ބައެކެވެ. މި އޮޕަރޭޝަން ފެށުނީ ހުކުރު ދުވަހުގެ ރޭ ފަތިހު، އިސްރާއީލުން ހިންގި ޢުދުވާނީ ހަމަލާއަކަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. އެ ހަމަލާގައި ގިނަ އަދަދެއްގެ އިސް އަސްކަރީ ވެރިންނާއި، ނިއުކްލިއަރ ސައިންޓިސްޓުން އަދި އާންމު ރައްޔިތުން، ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް، ޝަހީދުކޮށްލާފައިވެއެވެ.

އިރާނުގެ ހަތިޔާރުއެޅި ބާރުތަކުގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް ސައްޔިދު އަބްދުއްރަހީމް މޫސަވީ އަންގާރަ ދުވަހު ޓީވީން ދެއްކި މެސެޖެއްގައި ވިދާޅުވީ ހުކުރު ދުވަހުން ފެށިގެން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ އޮޕަރޭޝަންތަކަކީ ހަމައެކަނި އިންޒާރެއްގެ ގޮތުގައި ދެވިފައިވާ ހަމަލާތަކެއް ކަމަށާއި، އަސްލު އަދަބު ދިނުމުގެ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައި ހިންގާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔަހޫދީން އަބަދުވެސް ޓްރަމްޕަށް ޝުކުރުވެރިވާނެ: ނަތަންޔާހޫ

ޔަހޫދީން އަބަދުވެސް ޓްރަމްޕަށް ޝުކުރުވެރިވާނެ: ނަތަންޔާހޫ

07 ޑިސެމްބަރު 2017
ޒިމްބާބްވޭގެ އައު ސަރުކާރުގެ އިސް މަގާމުތަކަށް އަސްކަރިއްޔާގެ އިސް ބޭފުޅުން!

ޒިމްބާބްވޭގެ އައު ސަރުކާރުގެ އިސް މަގާމުތަކަށް އަސްކަރިއްޔާގެ އިސް ބޭފުޅުން!

01 ޑިސެމްބަރު 2017
ޒިމްބާބުވޭގެ އައު ރައީސް "ކިނބޫ" އެނގޭތަ؟

ޒިމްބާބުވޭގެ އައު ރައީސް "ކިނބޫ" އެނގޭތަ؟

24 ނޮވެމްބަރު 2017
އިންޑިއާއަށް ރޮހިންޖާ މުސްލިމުން އައުން ހުއްޓުވުމަށް "ސްޓަން އަދި ޗިލީ ގްރެނޭޑް" ދަނީ ބޭނުން ކުރަމުން

އިންޑިއާއަށް ރޮހިންޖާ މުސްލިމުން އައުން ހުއްޓުވުމަށް "ސްޓަން އަދި ޗިލީ ގްރެނޭޑް" ދަނީ ބޭނުން ކުރަމުން

23 ސެޕްޓެމްބަރު 2017
އިރާނުން "އަސްލެއް ނެތް" ދައުވާތައް ކޮށްފައިވާ އެމެރިކާ ރައްޔިތުން ދޫކޮށްލުމަށް އެމެރިކާ އިން ގޮވާލައިިފި

އިރާނުން "އަސްލެއް ނެތް" ދައުވާތައް ކޮށްފައިވާ އެމެރިކާ ރައްޔިތުން ދޫކޮށްލުމަށް އެމެރިކާ އިން ގޮވާލައިިފި

17 ޖުލައި 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު