Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

ޓްރަމްޕްގެ ޑިމާންޑަށް އީރާނުން އިޖާބަ ނުދޭނެ ކަމަށް ލަފާކުރެވޭ، މުޅި ސަރަޙައްދު މިހާރު ނުރައްކަލުގައި: ތަޖުރިބާކާރު

ޓްރަމްޕް ވިދާޅުވަނީ އެއްވެސް ޝަރުތެއް ނެތި އީރާނުން ހަމަލާތައް ހުއްޓާލުމަށް

ރާއްޖެ އެމްވީ | 18 ޖޫން 2025 | ބުދަ 02:26
2025 ޖޫން 16 ވަނަ ދުވަހު އިސްރާއީލުގެ ވައިގެ ހަމަލާއަކަށް ފަހު އީރާނުގެ ދައުލަތުގެ މީޑިއާ އިމާރާތުން ދުން އަރަނީ

2025 ޖޫން 16 ވަނަ ދުވަހު އިސްރާއީލުގެ ވައިގެ ހަމަލާއަކަށް ފަހު އީރާނުގެ ދައުލަތުގެ މީޑިއާ އިމާރާތުން ދުން އަރަނީ

އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޑިމާންޑަށް އީރާނުން އިޖާބަ ނުދޭނެ ކަމަށް ލަފާކުރެވ ކަމަށާއި އެއާއެކު މުޅި ސަރަޙައްދު މިހާރު ނުރައްކަލުގައ އޮތް ކަމަށް ތަޖުރިބާކާރަކު ހާމަ ކޮށްފިއެވެ.

އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ އީރާން ޕްރޮޖެކްޓްގެ ޑައިރެކްޓަރ އަލީ ވާއެޒް އަލް ޖަޒީރާ އާ ވާހަކަ ދައްކަމުން ވިދާޅުވީ، އީރާނުން "އެމެރިކާގެ ޝަރުތުތަކަށް ދޫދޭނެ ކަމަކަށް ނުބެލެވޭ" ކަމަށާއި، އީރާނާ ދެކޮޅަށް ހިންގާ ހަނގުރާމައިން "މުޅި ސަރަޙައްދު ނުރައްކަލަށް ވެއްޓުމުގެ ބިރު އޮތް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމެރިކާގެ ރައީސް ޓްރަމްޕް "އިސްރާއީލަށް އީރާނަށް ހަމަލާދިނުމުގެ ހުއްދަ ދީފައިވަނީ ރައީސްގެ ޚާއްޞަ މަންދޫބު، ސްޓީވް ވިޓްކޮފް، އީރާނުގެ ސަރުކާރާ އެކު މަސްކަޓުގައި ބައްދަލު ކުރަން ހަމަޖެހިފައި އޮތް ތާރީޚުގެ ދެ ދުވަސް ކުރިން" ކަމަށެވެ.

އީރާނުގެ ނަޒަރުން ބަލާއިރު، ޓްރަމްޕް ހަމަލާ ދިނުމަށް އިސްރާއީލަށް ހުއްދަ ދެއްވުމުން، އެއާއެކު ތެހެރާނާ އެކު ވާހަކަތައް ކުރިއަށް ގެންދިއުމަށް ފުރުސަތު އޮތް ކަމަށް އެމެރިކާ އިން ބުނަމުންދާ ބުނުމާ މެދު ވިސްނާލުން ރަނގަޅު ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިހާރު ޓްރަމްޕް ވިދާޅުވަނީ އެއްވެސް ޝަރުތެއް ނެތި އީރާނުން ހަމަލާތައް ހުއްޓާލުމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި އިސްރާއީލާއި އެމެރިކާގެ ބޮންތަކުން ލިބޭ ގެއްލުންތައް ތަހައްމަލު ކުރުމަށް ވުރެ ނުރައްކާތެރި އެއްޗަކީ އެމެރިކާގެ ޝަރުތުތަކަށް ދޫކޮށްލުމެވެ. އެއީ އީރާނުން ނިއުކްލިއަރ މައްސަލައިގައާއި ރައީސް ޓްރަމްޕްގެ ޑިމާންޑްތަކަށް ދޫކޮށްލައިފިނަމަ، އެއީ ނިމުމެއް ނެތް ގޮތެއް ގައި ހުޅުވާލެވިގެންދާނެ މަގެއް ކަމަށް ވާތީ އެވެ. އެކަމުގެ ނަތީޖާއަކަށްވާނީ ވެރިކަން ވެއްޓި، އެންމެ ފަހުން ބަލިވެ ދޫކޮށްލަން ޖެހުމެވެ."

"އެހެންކަމުން ނުރައްކަލަކީ އިސްލާމިކް ރިޕަބްލިކް ވެއްޓެމުން ދާއިރު، މުޅި ސަރަޙައްދު އެއާއެކު ވައްޓާލަން މަސައްކަތްކޮށްފާނެ ކަމުގެ ނުރައްކަލެވެ. އެހެންވީމާ، މުޅި ސަރަޙައްދުގައި ހަނގުރާމަ އެއް ފެށުމުގެ ނުރައްކާ މިހާރު ވަނީ ކުރިއަށްވުރެ ވެސް ބޮޑުވެފައެވެ." އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

ޓްރަމްޕްގެ އެސިސްޓެންޓްގެ މަގާމަށް ދޮށީ ދަރިކަނބަލުން!

30 މާރިޗު 2017
ޓްރަމްޕްގެ އެސިސްޓެންޓްގެ މަގާމަށް ދޮށީ ދަރިކަނބަލުން!
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
18 މާރިޗު 2017

އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

18 މާރިޗު 2017
އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި
05 މާރިޗު 2017

ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު

05 މާރިޗު 2017
ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު