Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-އީރާން ހަނގުރާމަ

އީރާނުގެ ހަމަލާތަކާ އެކު އިސްރާއީލު ރުޅިގަނޑު ފަޅައިގެން ހިނގައްޖެ - ތެހެރާން އަންދާލާނެ ކަމަށް ބުނެފި

އިސްރާއީލުން ބުނެފައިވަނީ އިރާނުން އެންމެ ފަހުން ދިން ހަމަލާތަކުގައި އެތައް ބައިވަރު މިސައިލްތަކެއް ފޮނުވާލި ކަމަށާއި އޭގެ ތެރެއިން ބައެއް މިސައިލްތައް އިންޓަރސެޕްޓް ކުރެވިފައިވާ ކަމަށެވެ. އޭއެފްޕީގެ ފޮޓޯތަކުން ދައްކާ ގޮތުގައި ތެލް އަވީވް ކައިރީގައިވާ ރަމަތް ގަން ސިޓީގައި ހުރި އިމާރާތްތައް ވަނީ ފުނޑުފުނޑު ވެފައެވެ. އުޅަނދުތައް ހަލާކުވެ، މަގުތަކުގައި ވަނީ ކުނޑިއާއި ފުނޑުވެފައިވާ އިމާރާތްތަކުގެ ބައިތަކެވެ.

ރާއްޖެ އެމްވީ | 14 ޖޫން 2025 | ހޮނިހިރު 15:25
 2025 ޖޫން މަހުގެ 14 ވަނަ ދުވަހު އީރާނުގެ މިސައިލް ހަޅުތާލަކަށް ފަހު ތެލް އަވީވް ކައިރީގައި އޮންނަ ރަމަތު ގަން ގައި ގެއްލުން ލިބިފައިވާ އިމާރާތްތަކާއި އުޅަނދުތައް

2025 ޖޫން މަހުގެ 14 ވަނަ ދުވަހު އީރާނުގެ މިސައިލް ހަޅުތާލަކަށް ފަހު ތެލް އަވީވް ކައިރީގައި އޮންނަ ރަމަތު ގަން ގައި ގެއްލުން ލިބިފައިވާ އިމާރާތްތަކާއި އުޅަނދުތައް

އީރާނަށް އިސްވެ ހަމަލާދީ އެތައް ތަނަކަށް ބޮންއަޅާ އެތައް ބަޔެއްގެ ފުރާނަމަ ދުއްވާލާފައި ވަނިކޮށް އެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާ އާ ގުޅިގެން އިސްރާއީލުގެ ވެރިންގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެއެވެ.

އިޒްރޭލުގެ ދިފާޢީ ވަޒީރު ހޮނިހިރު ދުވަހު އިންޒާރުދެއްވީ އިރާނުން އިޒްރޭލުގެ އާންމު ރައްޔިތުންނަށް މިސައިލް ހަމަލާ ގެންދާނަމަ "ތެހުރާން އަންދާލާނެ" ކަމަށާއި ތެހެރާނުގެ ރައްޔިތުން އޭގެ އަގު ބޮޑުކޮށް ދައްކަންޖެހޭނެ ކަމަށެވެ.

"(އިރާނުގެ އެންމެ މަތީ ލީޑަރު އަލީ) ޚާމަނާއީ އިޒްރޭލުގެ ގޭގޭގެ ތެރެއަށް މިސައިލް ހަމަލާ ދެމުންދާނަމަ-- ތެހެރާން އަންދާލާނަން" ކަމަށް އެ ވަޒީރު ވިދާޅުވިއެވެ.

މި އިންޒާރު އައީ އިސްރާއީލުން އިރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ބޮންއަޅާ، އެތައް އިސް ކޮމާންޑަރުން ޝަހީދު ކޮށްލައި، އަދި އެތައް އާންމު ރައްޔިތުންނެއްގެ ފުރާނަ ދުއްވާލާފައިވާ ކަމަށް އިރާނުން ބުނެފައިވަނިކޮށްނެވެ.

އެ ހަމަލާތަކުގެ ބަދަލު ހިފުމަށް އިރާނުން ވަނީ އިސްރާއީލަށް ޑްރޯން އާއި މިސައިލްގެ ވާރޭ އިސްރާއީލުގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ތެލް އަވީވަށް ވެއްސާފައެވެ. އޭގެ ތެރެއިން އެތައް މިސައިލްތަކެއް ހުުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތުގައި ޖެރޫސަލަމް އަދި ތެލް އަވީވުގެ އުޑުމަތި ވިދުވަރެއް ފަދައިން ދިއްލާލައި، ހަމަލާތަލުގައި 3 މީހުން މަރުވެ، އެތައް ބަޔަކަށް ޒަޚަމްވެފައިވެއެވެ.

އީރާނުގެ ހަމަލާތަކުގެ ގަދަފަދަ ކަން ތެލް އަވީވުން ރިޕޯޓް ކުރަމުން ދިޔަ ބޭރުގެ ނޫސްވެރިން ވެސް ވަނީ ފާހަގަ ކޮށްފައެވެ. ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރެވުނު ހަމަލާތަކާ އެކު ސަރަޙައްދުގައި ދިގު މުއްދަތެއްގެ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު އުފެދިފައިވެއެވެ.

އިސްރާއީލުން ހުކުރު ދުވަހުގެ ފަތިހު އިރާނަށް ކުއްލި ހަމަލާއެއް ދިނީ، އިރާނާއި އެމެރިކާ ދެމެދު އިސްލާމިކް ރިޕަބްލިކްގެ ނިއުކްލިއަރ ޕްރޮގްރާމާ ބެހޭ ގޮތުން 6 ވަނަ ބުރުގެ މަޝްވަރާތައް ބޭއްވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދަނިކޮށް މަޝްވަރާ ކޮށްގެން ކަންކަން ހައްލު ކުރަން ވެސް ފުރުސަތު ދިނުމެއް ނެތިއެވެ.

"ރައިޒިންގ ލަޔަން" ގެ ނަމުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުން މިހާތަނަށް އިރާނުގެ އެންމެ މަތީ ފަންތީގެ ސިފައިންގެ އޮފިސަރު މުޙައްމަދު ބާގެރީ އާއި ރިވޮލިއުޝަނަރީ ގާޑްސްގެ އިސްވެރިޔާ ހުސެއިން ސަލާމީ އާއި އެހެނިހެން އިސް ޖެނެރަލުން ވަނީ ޝަހީދުވެފައެވެ.

ހޮނިހިރު ދުވަހު، އިސްރާއީލު ސިފައިންގެ ފަރާތުން ބުނެފައިވަނީ އިރާނުގެ ވެރިރަށް ތެހެރާން ވަށައިގެންވާ ސަރަޙައްދުގައި ހުރި އެތައް މިސައިލް ލޯންޗަރުތަކަކާއި އެއަރ ޑިފެންސްތަކަކަށް ހަމަލާ ދިނުމަށްފަހު ތެހެރާނުގެ އެހެން ތަންތަނަށް ހަމަލާދިން ކަމަށެވެ.

"އިރާނަށް ވާސިލުވާނެ މަގު ވަނީ ހުޅުވިފައި" ކަމަށް ސިފައިންގެ ޗީފް އޮފް ސްޓާފް އަދި އެއަރ ފޯސްގެ އިސްވެރިޔާ ބަޔާނެއް ގައި ބުނެފައިވެއެވެ.

ސިފައިން "އޮޕަރޭޝަނަލް ޕްލޭންތަކާ އެއްގޮތަށް ކުރިއަށްދަނީ، އަދި (އިސްރާއީލުގެ އެއަރ ފޯސްގެ) ފައިޓަރ ޖެޓްތައް ތެހެރާނުގައި ހުރި އަމާޒުތަކަށް ހަމަލާ ދިނުމަށް އަލުން ފަށަން ތައްޔާރަށް ހުރި" ކަމަށް އެ ބަޔާނުގައި އިތުރުކޮށްފައި ވެއެވެ.

'އިރާނުގެ ޔޫއެން އެމްބެސެޑަރު ވިދާޅުވެފައިވަނީ ހުކުރު ދުވަހު އިޒްރޭލުން ދިން ފުރަތަމަ ހަމަލާގައި 78 މީހުން މަރުވެ، 320 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

އިރާނުން ގޮވާލާފައިވަނީ އެ ޤައުމުގެ ދިފާޢުގައި ރައްޔިތުން އެއްބައިވުމަށެވެ. އެހެންނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އިރާނުގެ ރައްޔިތުންނަށް ގޮވާލާފައިވަނީ އެމީހުންގެ ސަރުކާރާ ދެކޮޅަށް ތެދުވުމަށެވެ.

ރޭގަނޑުގެ ވަގުތުތަކުގައި އިސްރާއީލުގެ އެކި ކަންކޮޅުތަކުގައި އެއަރ ރެއިޑް ސައިރަންތަކާއި ގޮވުމުގެ އަޑުތައް އިވުނެވެ. ގިނަ ރައްޔިތުން ބޮން ޝެލްޓަރުތަކުގައި ތިބުމަށްފަހު ހޯމް ޑިފެންސް ކޮމާންޑަރުންގެ އިންޒާރުތައް ނިމުމަކަށް ގެނައުމާ ހަމައަށް އެތަންތަނުގައި ތިބެންޖެހުނެވެ.

އިސްރާއީލުން ބުނެފައިވަނީ އިރާނުން އެންމެ ފަހުން ދިން ހަމަލާތަކުގައި އެތައް ބައިވަރު މިސައިލްތަކެއް ފޮނުވާލި ކަމަށާއި އޭގެ ތެރެއިން ބައެއް މިސައިލްތައް އިންޓަރސެޕްޓް ކުރެވިފައިވާ ކަމަށެވެ. އޭއެފްޕީގެ ފޮޓޯތަކުން ދައްކާ ގޮތުގައި ތެލް އަވީވް ކައިރީގައިވާ ރަމަތް ގަން ސިޓީގައި ހުރި އިމާރާތްތައް ވަނީ ފުނޑުފުނޑު ވެފައެވެ. އުޅަނދުތައް ހަލާކުވެ، މަގުތަކުގައި ވަނީ ކުނޑިއާއި ފުނޑުވެފައިވާ އިމާރާތްތަކުގެ ބައިތަކެވެ.

އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ބުނެފައިވަނީ ހުކުރު ދުވަހު އީރާނުން ދިން ހަމަލާތައް އާންމުން އުޅޭ ސަރަޙައްދަކައަމާޒުވުމުން ދެ މީހަކު މަރުވެ، 19 މީހަކު ޒަޚަމްވެފައިވާ ކަމަށެވެ.

އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފައިވަނީ އިސްރާއީލު ގައި ހުރި އެތައް އަމާޒުތަކަކަށް ހަމަލާދީފައިވާ ކަމަށެވެ.

އިސްރާއީލުގެ ފަޔަރ ފައިޓަރުން ހުކުރު ދުވަހު ގަޑިއިރުތަކެއް ވަންދެން މަސައްކަތް ކުރަންޖެހުނީ ތެލް އަވީވް ގައި ހުރި އުސް އިމާރާތެއްގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށެވެ.

ސަލާމަތީ ބާރުތަކުން ބުނެފައިވަނީ ގުޝް ދާން ސަރަޙައްދުގައި 34 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އަންހެނަކު ފަހުން ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވެފައިވާ ކަމަށް އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ސީއެންއެންއަށް ވާހަކަ ދައްކަވަމުން، އިސްރާއީލުގެ އެމެރިކާގައި ހުންނަވާ ސަފީރު ޔެޗިއެލް ލެއިޓަރ ވިދާޅުވީ އިރާނުން ހުކުރު ދުވަހު ބެލިސްޓިކް މިސައިލް ހަމަލާތައް ތިން ބުރަކަށް ފޮނުވާފައިވާ ކަމަށެވެ. އެއީ ޖުމްލަ 150 މިސައިލް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަންދާޒާ ކުރަނީ އިރާނުގެ އަތުގައި ގާތްގަނޑަކަށް 2,000 އާ ކައިރި އަދަދެއްގެ ބެލިސްޓިކް މިސައިލް ހުރި ކަމަށް،" ލެއިޓަރ ވިދާޅުވިއެވެ.

ތެހެރާނުގައި، ހޮނިހިރު ދުވަހު މެހްރާބާދް އެއަރޕޯޓުން އަލިފާނާއި ބޯ ދުން އަރަމުން ދިޔަ ކަމަށް އޭއެފްޕީގެ ނޫސްވެރިއަކު ބުނެފައިވެއެވެ. އިރާނުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވަނީ އެތަނުގައި ގޮވުމެއް އިވިފައިވާ ކަމަށެވެ.

އިރާނުގެ އެތެރެއަށް އަންނަ ހަމަލާތަކާ ދެކޮޅަށް އެއަރ ޑިފެންސްތައް އެކްޓިވޭޓްކުރުމާ ގުޅިގެން ވެރިރަށުގެ އެކި ކަންކޮޅުތަކުގައި ހޮނިހިރު ދުވަހު ގޮވުމުގެ އަޑުތައް އިވުނެވެ.

އިސްރާއީލުގެ ހަމަލާތަކާ ދެކޮޅަށް ތެހެރާނުގެ މަގުތަކަށް މީހުން ޖަމާވެ އަޑުއުފުލާފައިވެއެވެ. އަދި އިސްރާއީލާ ދެކޮޅު ޝުޢާރުތައް އެމީހުން ގެންދިޔައީ ފާޅު ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު