Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް

އީރާނުން މިސައިލް ފުންޏެއް އިސްރާއީލަށް އޮއްސާލައިފި

އިތުރު އެންގުމެއް އަންގަންދެން ޢާންމު ރައްޔިތުން ޝެލްޓަރުތަކަށް ވަންނަން އަންގާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެ އެމްވީ | 13 ޖޫން 2025 | ހުކުރު 18:50
އީރާނުގެ މިސައިލް ހަމަލާ ތަކާއެކު ތެލް އަވީވްގެ އުދަރެސް

އީރާނުގެ މިސައިލް ހަމަލާ ތަކާއެކު ތެލް އަވީވްގެ އުދަރެސް

އިސްރާއީލުގެ ހަމަލާތަކަކަށް ފަހު، އިރާނުން ބަދަލު ހިފުމުގެ އޮޕަރޭޝަން ފަށައިފިއެވެ.

އެގޮތުން، އިސްރާއީލުން ހިފާފައިވާ ސަރަޙައްދުތަކާ ދިމާއަށް މިސައިލްތަކުގެ ވާރޭ ވެއްސުމާއެކު، އެތަނުގައި ދިރިއުޅޭ ޣައިރު ޤާނޫނީ އިސްރާއީލުގެ ރަށްވެހިން ސަލާމަތީ މަރުކަޒުތަކަށް ވަދެއްޖެއެވެ.

މި އޮޕަރޭޝަން ފެށުނީ އިސްލާމީ އިންޤިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ޓީވީ މެދުވެރިކޮށް ދެއްވި މެސެޖަކަށް ފަހުގައެވެ.

އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ހުުކުރު ދުވަހުގެ ރޭ އީރާނުން އިސްރާއީލާ ދިމާއަށް މިސައިލްތަކެއް ދޫކޮށްލައިފިކަމަށެވެ. އަދި އެ ނުރައްކަލުން ސަލާމަތްވުމަށް އެމީހުންގެ ވައިގެ ދިފާޢީ ނިޒާމުތައް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިތުރު އެންގުމެއް އަންގަންދެން ޢާންމު ރައްޔިތުން ޝެލްޓަރުތަކަށް ވަންނަން އަންގާފައިވާ ކަމަށް އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން މިސައިލް ހަމަލާތައް ދެމުންދާއިރު، އިސްރާއީލުގެ އެކި ސަރަޙައްދުތަކުގައި ސައިރަން އަޑު އިވެމުން ދަނިކޮށް ތެލް އަވީވުގައި ގޮވުންތަކެއް ގެ އަޑު އިވިފައިވާ ކަމަށް އަލްޖަޒީރާ އިން ރިޕޯޓު ކޮށްފައިވެއެވެ.

އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުއްﷲ ޢަލީ ޚާމަނާއީ ވަނީ އިޒްރޭލަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އެއީ އީރާނަށް ހަމަލާދީ، އެތައް އިސް އަސްކަރީ ވެރިންނަކާއި 6 ނިއުކްލިއަރ ސައިންޓިސްޓުން މަރާލުމުގެ "ކުށް" ކުރުމާ ގުޅިގެން "ގަދަފަދަ އަދަބެއް" ލިބޭނެ ކަމަށް އިޒްރޭލުން އުންމީދު ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ އަސްކަރީ ރޭޑިއޯއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިވަގުތު ގަލީލީ ސަރަޙައްދުގައި އެއަރ ރެއިޑް ސައިރަންތައް އަޑުގަދަކޮށް އިވެމުންދެއެވެ.

ރޮއިޓަރސް ނިއުސް އެޖެންސީން ރިޕޯޓުކުރާ ގޮތުގައި ޖެރޫސަލަމްގައި ގިނަ އަދަދެއްގެ ގޮވުންތަކެއްގެ އަޑުތައް އިވިފައިވެއެވެ.

ތެލް އަވީވުގެ މެދުތެރޭގައި ހުރި މޮޑަން އެޕާޓްމަންޓް ބްލޮކަކަށް ހަމަލާ އެއް ވަނީ އަރާފައެވެ. އަދި ހާދިސާ ހިނގި ތަނުން ލައިވް ފޫޓޭޖުތަކުން ދައްކާގޮތުގައި، ބައެއް އެޕާޓްމަންޓްތަކުގައި އަލިފާން ރޯވަމުންދާކަމާއި، އިމާރާތުން ދުން އަރަމުންންދާ މަންޒަރު ފެންނަން ހުއްޓެވެ.

އެޕާޓްމަންޓް ބްލޮކާ އިންވެގެން ހުރި އަނެއް ރެސިޑެންޝަލް އިމާރާތަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާކަން ފާހަގަކުރެވެއެވެ. މި އިމާރާތުގެ ކުޑަދޮރުތައް ތަޅައިގެން ގޮސް، އިމާރާތުގެ ދަނގަޑުތައް ލެބި ބޭރަށް ނުކުމެފައި ހުރި މަންޒަރު ފެނެއެވެ.

އިމަޖެންސީ ޚިދުމަތްތައް އެ ސަރަހައްދުގައި ވަނީ ޤާއިމުކުރެވިފައެވެ. އަދި އިމާރާތް ވަށައިގެންވާ މަގުތައް ވަނީ އާންމުންނަށް ބަންދުކުރެވިފައެވެ. އަދި އާންމުންނަށް ވަނީ ޝެލްޓަރތަކުގައި ތިބުމަށް އިރުޝާދު ދެވިފައެވެ.

އީރާނުގެ އިސް އޮފިޝަލަކު ރޮއިޓަރސް އަށް ބުނެފައިވާ ގޮތުގައި "އިސްރާއީލުގެ އެއްވެސް ތަނެއް ރައްކާތެރިއެއް ނުވާނެއެވެ. އީރާނުން ބަދަލުހިފުން ވާނީ ވޭންދެނިވި ގޮތަކަށެވެ."

އެ އޮފިޝަލް އެ ނިއުސް އެޖެންސީ އަށް ބުނެފައިވާ ގޮތުގައި އީރާނުގެ "ކޮމާންޑަރުންނާއި، ސައިންޓިސްޓުންނާއި، އާންމު ރައްޔިތުން މެރުމުގެ ސަބަބުން އިސްރާއީލުން ބޮޑު އަގެއް ދައްކަން ޖެހޭނެއެވެ."

އީރާނުން ދިން ހަމަލާތަކާ ބެހޭ ގޮތުން އިސްރާއީލުގެ ނޫހެއް ކަމުގައިވާ ހާރެޓްޒް އިން، ކުއްލި ނުރައްކަލުގެ ޚިދުމަތްތަކާ ހަވާލާ ދެމުން ބުނެފައިވަނީ، އިސްރާއީލުގެ މެދުތެރޭ ސަރަޙައްދުގައި 15 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކަށް މެދުމިންވަރެއްގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

ހަމަލާތަކާ ބެހޭ ގޮތުން އިސްލާމިކް ރެވޮލިއުޝަނަރީ ގާޑުން ބަޔާނެއް ވަނީ ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ ފަރާތުން އިސްރާއީލުގައި ހުރި "އެތައް ތަނަކަށް، އަސްކަރީ މަރުކަޒުތަކާއި ވައިގެ ބަނދަރުތަކަށް" ހަމަލާ ދީފައިވާ ކަމަށެވެ.

ބަޔާނުގައިވާ ގޮތުން، އީރާނުން މި އޮޕަރޭޝަނަށް ކިޔަނީ "ޓްރޫ ޕްރޮމިސް 3" އެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ކޮލަމްބޯގެ ކުނިފުންޏެއް ފުރޮޅާލުން: މިހާތަނަށް 29 މަރު، އިތުރު 30 މީހުން ނުފެނޭ

17 އެޕްރީލު 2017
ކޮލަމްބޯގެ ކުނިފުންޏެއް ފުރޮޅާލުން: މިހާތަނަށް 29 މަރު، އިތުރު 30 މީހުން ނުފެނޭ
16 އެޕްރީލު 2017

އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލް ޓެސްޓެއް ނާކާމިޔަބު ވެއްޖެ

16 އެޕްރީލު 2017
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލް ޓެސްޓެއް ނާކާމިޔަބު ވެއްޖެ
07 އެޕްރީލު 2017

ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި

07 އެޕްރީލު 2017
ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
06 މާރިޗު 2017

އުތުރު ކޮރެއާއިން ޖަޕާނު ކަނޑަށް 4 މިސައިލް ފޮނުވާލައިފި

06 މާރިޗު 2017
އުތުރު ކޮރެއާއިން ޖަޕާނު ކަނޑަށް 4 މިސައިލް ފޮނުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު