Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަމަނުޖެހުން

އީރާނުން އެތައް ސަތޭކަ ޑްރޯނެއް އިސްރާއީލަށް އަމާޒު ކޮށް ދޫކޮށްލައިފި

އީރާނުން އިސްރާއީލަށް އަމާޒު ކޮށް ފޮނުވި ބައެއް ޑްރޯންތަކަށް އުރުދުންގެ ވައިގެ ސަރަހައްދުން އެ ގައުމުން ވަނީ ހުރަސް އަޅާފައެވެ.

ރާއްޖެ އެމްވީ | 13 ޖޫން 2025 | ހުކުރު 10:25
އިސްރާއީލުގެ ހަމަލާ އެއް އަމާޒުވި ތެހެރާނުގެ އިމާރާތެއްގައި ފަޔާ ފައިޓިން ޓީމުތައް ހަރަކާތްތެރިވަނީ - .ޖޫން 13، 2025

އިސްރާއީލުގެ ހަމަލާ އެއް އަމާޒުވި ތެހެރާނުގެ އިމާރާތެއްގައި ފަޔާ ފައިޓިން ޓީމުތައް ހަރަކާތްތެރިވަނީ - .ޖޫން 13، 2025

އީރާނުން އެތައް ސަތޭކަ ޑްރޯނެއް އިސްރާއީލަށް އަމާޒު ކޮށް ދޫކޮށްލައިފިއެވެ.

އިސްރާއީލުގެ ސިފައިންގެ އިސް އޮފިޝަލެއް ހުކުރު ދުވަހު ބުނި ގޮތުގައި، އީރާނުން ދޫކޮށްފައިވާ ޑްރޯންތައް އިސްރާއީލުގެ ސަރަޙައްދުން ބޭރުގައި އިންޓަސެޕްޓް ކުރަން ސިފައިން ވަނީ ފަށާފައެވެ.

"(އިސްރާއީލުގެ ސިފައިން) އީރާނުން ދޫކޮށްފައިވާ ޔޫއޭވީތައް އިސްރާއީލުގެ ސަރަޙައްދުން ބޭރުގައި އިންޓަސެޕްޓް ކުރަން ފަށައިފިއެވެ،" ސިފައިންގެ އޮފިޝަލް ބަޔާނެއްގައި ބުނެފައިވެއެވެ.

އިސްރާއީލުން އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކާއި، ބެލިސްޓިކް މިސައިލް ފެކްޓަރީތަކާއި، ސިފައިންގެ ކޮމާންޑަރުންނަށް އަމާޒުކޮށް ފުރާނައަށް ނުރައްކާވާފަދަ ޙަމަލާތަކެއް އިސްރާއީލުން ވަނީ ދީފައެވެ.

އިސްރާއީލުގެ ޙަމަލާތަކަށް ބަދަލު ހިފުމުގައި "އެއްވެސް ހުދޫދެއް ނޯންނާނެ" ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އީރާނުން އިސްރާއީލަށް އަމާޒު ކޮށް ފޮނުވި ބައެއް ޑްރޯންތަކަށް އުރުދުންގެ ވައިގެ ސަރަހައްދުން އެ ގައުމުން ވަނީ ހުރަސް އަޅާފައެވެ.

"ހުކުރު ދުވަހުގެ ހެނދުނު އުރުދުންގެ ވައިގެ ސަރަޙައްދަށް ވަދެފައިވާ ގިނަ އަދަދެއްގެ މިސައިލްތަކާއި ޑްރޯންތައް ރޯޔަލް އެއަރ ފޯސްގެ މަތިންދާ ބޯޓުތަކާއި ވައިގެ ދިފާޢީ ނިޒާމުތަކުން އިންޓަސެޕްޓް ކުރެވުނެވެ،" ސިފައިންގެ ބަޔާނެއްގައި ބުންޏެވެ.

ހުކުރު ދުވަހު އިސްރާއީލުން އީރާނަށް ދިން ޙަމަލާތަކުގައި ޖުމްލަ 200 ޖެޓް ބައިވެރިވެ، ގާތްގަނޑަކަށް 100 އަމާޒަކަށް ޙަމަލާ ދިން ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

23 މެއި 2017

މެންޗެސްޓަރ އެރީނާގައި ދިން ހަމަލާގައި 19 މީހުންް މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

23 މެއި 2017
މެންޗެސްޓަރ އެރީނާގައި ދިން ހަމަލާގައި 19 މީހުންް މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
01 މެއި 2017

އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ

01 މެއި 2017
އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ
28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު