Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ހަނގުރާމަ

ރަޝިޔާ އިން ޔޫކްރެއިނަށް އެއް ރޭ މަތިން 479 ޑްރޯން ހަމަލާ

ކްރެމްލިން އިން ސުލްހަ އަށް މަސައްކަތް ކުރުމަށް ޝައުގުވެރިވާ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ޔޫކްރެއިނަށް ރަޝިޔާ އިން ދެމުންގެންދާ ހަމަލާތައް ވަރުގަދަވެ އިތުރުވެފައިވެއެވެ.

ރާއްޖެ އެމްވީ | 9 ޖޫން 2025 | ހޯމަ 14:08
ޖޫން 5، 2025 ގައި ޚާރްކިވްގައި ހިނގި ޑްރޯން ހަމަލާއަކާ ގުޅިގެން ފަޔާ ފައިޓަރުން ރޯވެފައިވާ ކާރެއް ނިއްވާލުމަށް މަސައްކަތް ކުރަނީ

ޖޫން 5، 2025 ގައި ޚާރްކިވްގައި ހިނގި ޑްރޯން ހަމަލާއަކާ ގުޅިގެން ފަޔާ ފައިޓަރުން ރޯވެފައިވާ ކާރެއް ނިއްވާލުމަށް މަސައްކަތް ކުރަނީ

ޔޫކްރެއިނުގެ އެއަރ ފޯސްއިން ބުނާ ގޮތުގައި، ތިން އަހަރު ދުވަހުގެ ހަނގުރާމައިގައި މިހާތަނަށް އެއް ރޭ މަތިން ރަޝިޔާ އިން ދިން އެންމެ ގިނަ އަދަދެއްގެ ޑްރޯން ހަމަލާ ދީފިއެވެ.

ޔޫކްރެއިނުން ބުނީ ރަޝިޔާ އިން 479 ޑްރޯން ޔުކްރެއިނަށް ފޮނުވާފައިވާ ކަމަށެވެ.

ހޯމަ ދުވަހުގެ ފަތިހު އެއަރ ފޯސްއިން ބުނެފައިވަނީ އެ ރޭ ފޮނުވާލި ޑްރޯންތަކުގެ ތެރެއިން 460 ޑްރޯނާއި 19 މިސައިލް ވައްޓާލެވިފައި ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ކުރިމަތިވި ޕްރެޝަރުގެ ސަބަބުން، ސުލްހަ އަށް މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި ކަމަށް ރަޝިޔާ އިން ބުނެފައިވީ ނަމަވެސް، ރަޝިޔާ އިން ޔޫކްރެއިނަށް ދެމުންގެންދާ ޑްރޯން އަދި މިސައިލް ހަމަލާތައް ގެންދަނީ އިތުރުކޮށް އަދި ވަރުގަދަ ކުރަމުންނެވެ.

ރެކޯޑު އަދަދެއްގެ ޑްރޯން ހަމަލާއެއް ޔޫކްރެއިން އަށް ރަޝިޔާ އިން ފޮނުވާލީ ދެ ޤައުމުގެ މެދުގައި އެންމެ ފަހުން ބޭއްވުނު މަޝްވަރާތަކެއްގައި އެއްބަސްވެވުނު ހަނގުރާމައިގެ ގައިދީން ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދަނިކޮށްނެވެ.

ގިނަ އަމާޒުތަކަކަށް ފޮނުވާލި އެތައް ސަތޭކަ ޕްރޮޖެކްޓައިލްތަކުގެ ތެރެއިން އަމާޒަށް ވާސިލުވެފައިވަނީ އެންމެ 10 ޕްރޮޖެކްޓައިލް ކަމަށް ކީވްގެ އޮފިޝަލުން ބުނެފައިވެއެވެ. އެންމެ މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ.

މި ހަމަލާތައް އައިސްފައިވަނީ ޔުކްރެއިނުން ސިއްރިއްޔާތުގައި ދިން ޑްރޯން ހަމަލާއެއްގައި ރަޝިޔާ ސަރަހައްދުގައި ހުރި އެއަރބޭސްތަކެއްގައި ޕާކުކޮށްފައި ހުރި އެތައް ބޮން އަޅާ މަތިންދާބޯޓުތަކަކަށް ގެއްލުން ލިބުނު ހާދިސާއަކަށް ފަހުގައެވެ.

މިއީ ރަޝިޔާ އަށް ލިބުނު ލަދުވެތިކަމެއް ކަމަށާއި، މިއީ ރަޝިޔާ އަށް ބޯޑަރު ހުރަސްކޮށް މިސައިލް ހަމަލާ ދިނުމުގެ ޤާބިލުކަމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ކީވް އިން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
14 އެޕްރީލު 2017

ދަމާ ކޫއްތާފައި މަތިންދާ ބޯޓުން ބޭލުވި ޑޮކްޓަރު ދައުވާކޮށްފި

14 އެޕްރީލު 2017
ދަމާ ކޫއްތާފައި މަތިންދާ ބޯޓުން ބޭލުވި ޑޮކްޓަރު ދައުވާކޮށްފި
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
03 އެޕްރީލު 2017

ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ

03 އެޕްރީލު 2017
ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު