Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ އަށް އެހީ ހިފައިގެން ދަތުރު ކުރަމުން ދިޔަ ޔޮޓަށް އިސްރާއީލު ސިފައިން އަރައިފި

ރިޕޯޓުތައް ބުނާ ގޮތުގައި އެ އުޅަނދާއި މަޝްހޫރު ކްލައިމެޓް އެކްޓިވިސް ގްރެޓާ ތުންބަރގް ހިމެނޭ ގޮތުން 12 ފަޅުވެރިން ގެންދަނީ އިސްރާއީލުގެ ބަނދަރަކަށެވެ.

ރާއްޖެ އެމްވީ | 9 ޖޫން 2025 | ހޯމަ 10:17
ފޫޓޭޖްތަކުން ފެންނަނީ ޣައްޒާ އަށް ދަތުރުކުރަމުން ދިޔަ ޔޮޓް މެޑްލީންގެ ކްރޫއިން މައްޗަށް އަތް ނަގައިގެން ތިބޭ މަންޒަރެވެ. މިއީ އެ ޔޮޓުން އާންމު ކުރި ވީޑިއޯ އެއްގެ ސްކްރީން އިމޭޖެކެވެ - ޖޫން 9، 2025.

ފޫޓޭޖްތަކުން ފެންނަނީ ޣައްޒާ އަށް ދަތުރުކުރަމުން ދިޔަ ޔޮޓް މެޑްލީންގެ ކްރޫއިން މައްޗަށް އަތް ނަގައިގެން ތިބޭ މަންޒަރެވެ. މިއީ އެ ޔޮޓުން އާންމު ކުރި ވީޑިއޯ އެއްގެ ސްކްރީން އިމޭޖެކެވެ - ޖޫން 9، 2025.

ހަނގުރާމައިގެ ވޭނުގައި އޮތް ޣައްޒާ އަށް އެހީ ފޯރުކޮށް ދިނުމަށް މަސައްކަތްކުރި ޗެރިޓީ އުޅަނދަށް އިސްރާއީލުގެ ކަނޑުގެ ބާރުތަކުން ހޯމަ ދުވަހު އަރައި އެ އުޅަނދު އިސްރާއީލު ސިފައިގެން ބާރުގެ ދަށަށް ގެނެސްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ އުޅަނދާއި މަޝްހޫރު ކްލައިމެޓް އެކްޓިވިސް ގްރެޓާ ތުންބަރގް ހިމެނޭ ގޮތުން 12 ފަޅުވެރިން ގެންދަނީ އިސްރާއީލުގެ ބަނދަރަކަށެވެ.

ފަލަސްޠީނަށް ތާއީދުކުރާ ފްރީޑަމް ފްލޮޓިލާ ކޯލިޝަން (އެފްއެފްސީ) އިން ހިންގާ، އިނގިރޭސި ވިލާތުގެ ދިދަ ނަގާފައިވާ މެޑްލީން ނަމަކަށް ކިޔާ ޔޮޓުގެ މަޤްޞަދަކީ ރަމްޒީ ގޮތުން ޣައްޒާ އަށް އެހީ ފޯރުކޮށްދީ، އެތަނުގައި އޮތް ހިތްދަތި އިންސާނީ ހާލަތާ މެދު ބައިނަލްއަޤްވާމީ ސަމާލުކަން އިތުރުކުރުމެވެ.

ނަމަވެސް، އެފްއެފްސީ އިން އެމީހުންގެ ޓެލެގްރާމް އެކައުންޓުގައި ބުނެފައިވާ ގޮތުގައި އުޅަނދު ޣައްޒާގެ އައްސޭރި އަށް ވާސިލުވުމުގެ ކުރިން ރޭގަނޑު އެ އުޅަނދަށް އިސްރާއީލުގެ ބާރުތަކުން ވަނީ އަރާފައެވެ. އިސްރާއީލުގެ ފޮރިން މިނިސްޓްރީން ފަހުން ކަށަވަރުކޮށްދިން ގޮތުގައި އެ އުޅަނދު މިހާރު ވަނީ އިސްރާއީލުގެ ބާރުގެ ދަށުގައެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް، އާދިއްތަ ދުވަހު ސިފައިންނަށް އަންގާފައިވަނީ، އިސްރާއީލުގެ ބްލޮކޭޑް އަށް ނުބަލައި ޣައްޒާ އަށް ދިއުމަށް ރާވާފައިވާ އެ އުޅަނދު ހުއްޓުވުމަށެވެ.

"މެޑްލީން ... ޣައްޒާއަށް ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އައިޑީއެފް އަށް އަހަރެން އަންގާފައިވާނެ،" ކަމަށް ކަޓްޒް ބަޔާނެއްގައި ބުނެފައިވެއެވެ.

"ޔަހޫދީންނަށް ނަފްރަތުކުރާ ގްރެޓާ އާއި ހަމާސްގެ ޕްރޮޕަގަންޑާ ފަތުރާ އޭނާގެ އެކުވެރިންނަށް އަހަރެން ސާފުކޮށް ބުނަން: ކަލޭމެން އެނބުރި ދިއުން މާ ރަނގަޅުވާނެ، އެއީ ކަލޭމެންނަށް ޣައްޒާ އަށް ނޭރެނެ އަތީ."

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަސައްކަތްކުރާ އެކްޓިވިސްޓް ތުންބަރގް ބުނެފައިވަނީ، އޭނާ މެޑްލީންގެ ފަޅުވެރިންނާ ގުޅިފައިވަނީ "ޣައްޒާ ގައި އިސްރާއީލުން އަޅާފައިވާ ޣައިރު ޤާނޫނީ ބްލޮކޭޑް އާއި އިތުރުވަމުންދާ ހަނގުރާމައިގެ ކުށްތަކަށް" ގޮންޖެހުމަށާއި ޣައްޒާ އަށް އިންސާނީ އެހީގެ ބޭނުން އިންތިހާ އަށް ޖެހިފައިވާކަން ފާހަގަކުރުމަށް ކަމަށެވެ.

ޣައްޒާގެ ސިއްޙީ އިދާރާތަކުން ބުނާގޮތުގައި، އިސްރާއީލުގެ ހަމަލާތައް ދިގު ދެމިގެން ދާއިރު މިހާތަނަށް 54,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެފައިވެއެވެ. އަދި ފަލަސްތީނު ސަރަޙައްދުގެ ބޮޑު ބައެއް ވަނީ ވީރާނާވެފައެވެ.

ޔޫއެން އިން އިންޒާރުދީފައިވާ ގޮތުގައި ޣައްޒާގެ 2.3 މިލިއަން އާބާދީގެ ގިނަ ބަޔަކަށް ބަނޑުހައިހޫނުކަމުގެ ނުރައްކާ ކުރިމަތިވެފައިވެއެވެ.

"'މަޝްހޫރު މީހުންގެ' 'ސެލްފީ ޔޮޓް' މިހާރު ދަނީ ރައްކާތެރިކަމާއެކު އިސްރާއީލުގެ އެއްގަމަށް ދަތުރު ކުރަމުންނެވެ. ފަސިންޖަރުން އެމީހުންގެ އަމިއްލަ ޤައުމުތަކަށް ފޮނުވާލެވޭނެ އެވެ،" އިސްރާއީލުގެ ފޮރިން މިނިސްޓްރީން އެކްސްގައި ލިޔެފައިވެއެވެ.

12 މެމްބަރުންގެ ފަޅުވެރިންގެ ތެރޭގައި ސުވީޑްންގެ މޫސުމީ ބަދަލުތަކާ ގުޅޭ ކެމްޕޭނަރ ތުންބަރގް ގެ އިތުރުން ޔޫރަޕިއަން ޕާލިމަންޓުގެ ފްރެންޗް މެމްބަރެއް ކަމުގައިވާ ރީމާ ހަސަން ހިމެނެއެވެ.

"ފްރީޑަމް ފްލޮޓިލާގެ ފަޅުވެރިން ހައްޔަރު ކުރީ އިސްރާއީލުގެ އަސްކަރިއްޔާ އިން ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން ގާތްގަނޑަކަށް މެންދަމު 2 ޖަހާ ކަންހާ އިރުއެވެ،" ރީމާ ހަސަން އެކްސްގައި ޕޯސްޓް ކޮށްފައިވެއެވެ.

ފޮޓޯއެއްގައި ފެންނަ ގޮތުން ފަޅުވެރިން ތިބީ އުޅަނދުގައި އިށީނދެ، އެންމެންވެސް ލައިފް ޖެކެޓް އަޅައި، އަތްތައް މައްޗަށް ނަގައިގެންނެވެ.

މި ޔޮޓުގައި އިންސާނީ އެހީގެ ގޮތުގައި ހުރީ ހަނޑުލާއި ކުޑަކުދިންގެ ކާނާ އެވެ.

ޙަމާސް އިން މި އުޅަނދު ހިފެހެއްޓުން ކުށްވެރިކޮށް، އެއީ "ދައުލަތުން ހިންގާ ޓެރަރިޒަމް" ކަމަށް ބުނެ، އެ އުޅަނދުގެ އެކްޓިވިސްޓުންނަށް ތައުރީފް ކޮށްފައިވެއެވެ.

އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ޚާއްޞަ މަންދޫބު ފްރަންސެސްކާ އަލްބަނީސް އެފްއެފްސީގެ މި ދަތުރަށް ތާއީދުކޮށް، އާދީއްތަ ދުވަހު އެހެން އުޅަނދުތަކަށް ވެސް ޣައްޒާގެ ބްލޮކޭޑަށް ގޮންޖެހުމަށް ގޮވާލާފައިވެއެވެ.

"މެޑްލީންގެ ދަތުރު ނިމުނު ނަމަވެސް، މިޝަން ނިމުނީކީ ނޫނެވެ. މެޑިޓަރޭނިއަންގެ ކޮންމެ ބަނދަރަކުން ވެސް އެހީ އާއި އެއްބާރުލުމާއެކު ޣައްޒާ އަށް އުޅަނދުތައް ފޮނުވަންވާނެއެވެ،" އޭނާ އެކްސްގައި ލިޔުއްވާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

22 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

03 މާރިޗު 2017
ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި

ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި

02 މާރިޗު 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު