Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބަންގްލަދޭޝް

ޝެއިޚް ހަސީނާގެ ބައްޕާފުޅުގެ ފޮޓޯ ބަންގްލަދޭޝްގެ ފައިސާ އިން ނަގައިފި

މުސްލިމުން ގެ މެޖޯރިޓީ އޮންނަ ބަންގްލަދޭޝް އިން މިނެރުނު އައު ފައިސާ ގައި ހިމަނާފައިވާ މަންޒަރުތަކުގެ ތެރޭގައި ހިންދޫ އަދި ބުޑިސްޓު ފައްޅިތަކުގެ މަންޒަރުތަކާއި، އަދި ތާރީޚީ ގަނޑުވަރުތައް ވެސް ހިމެނޭ

ރާއްޖެ އެމްވީ | 1 ޖޫން 2025 | އާދީއްތަ 14:48
.10 ޓާކާ ގެ ބޭންކް ނޫޓެއް ގައި ޝެއިޚް މުޖީބުއްރަހްމާން ގެ ފޮޓޯ އެއް

.10 ޓާކާ ގެ ބޭންކް ނޫޓެއް ގައި ޝެއިޚް މުޖީބުއްރަހްމާން ގެ ފޮޓޯ އެއް

ބަންގްލަދޭޝް އިން އެޤައުމުގެ ފުރަތަމަ ރައީސް އަދި ފާއިތުވި އަހަރު ވެރިކަމުން ވައްޓާލެވުނު ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ބައްޕާފުޅުގެ ފޮޓޯ ހިމެނޭ ނޫޓުތަކުގެ ބަދަލުގައި އައު ނޫޓުތަކެއް އާދިއްތަ ދުވަހު ނެރެފިއެވެ.

170 މިލިއަނެއްހާ މީހުން ދިރިއުޅޭ ބަންގްލަދޭޝް މިހާރު ހިންގަމުން ދަނީ ވަގުތީ ސަރުކާރަކުންނެވެ.

ހަސީނާ ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގަތުމަށް ފަހު އެ ގައުމުގައި ދިރިއުޅުއްވަމުން ގެންދަވާއިރު، 2024 ވަނަ އަހަރު އޭނާގެ ވެރިކަން ވައްޓާލުމަށް ހިންގުނު އިންގިލާބު އަނިޔާވެރިކަމާ އެކު ހުއްޓުވަން މަސައްކަތް ކުރި ކަމުގެ ދަޢުވާގެ ޝަރީޢަތް އާދީއްތަ ދުވަހު ވަނީ ފަށާފައެވެ.

ބަންގްލަދޭޝް ގައި އައު ނޫޓުތައް ތައާރުފް ކުރެވުނު އިރު މިހާތަނަށް ހުރިހާ ނޫޓުތަކެއްގައި ވެސް ހިމެނިފައިވަނީ ހަސީނާގެ ބައްޕާފުޅު، މަރުޙޫމް ޝެއިޚް މުޖީބުއް ރަޙްމާންގެ ފޮޓޯއެވެ. މުޖީބުއް ރަޙްމާނަކީ 1971 ގައި ޕާކިސްތާނު އަތްދަށުން ބަންގްލަދޭޝް މިނިވަން ކުރުމުގައި އިސް ދައުރެއް އަދާކުރެއްވި އަދި ސިފައިންގެ ބަޣާވާތަކުން 1975 ގައި އޭނާއާއި އޭނާގެ ޢާއިލާގެ ގިނަ މެންބަރުން އަވަހާރަ ކޮށްލުމާ ހަމަ އަށް އެގައުމުގެ ވެރިކަން ކުރެއްވި ފަރާތެވެ.

"އައު ސީރީޒް ގެ ޑިޒައިން ތަކުގައި، އެއްވެސް އިންސާނެއްގެ ތަސްވީރެއް ނުހިމެނޭނެއެވެ. އޭގެ ބަދަލުގައި ގައުމުގެ ޤުދުރަތީ މަންޒަރުތަކާއި ސަގާފީ ތަންތަން ދައްކުވައި ދޭނެއެވެ." ބަންގްލަދޭޝް ބޭންކުގެ ތަރުޖަމާނު އާރިފް ޙުސައިން ޚާން އޭއެފްޕީ އަށް ވިދާޅުވިއެވެ.

މުސްލިމުން ގެ މެޖޯރިޓީ އޮންނަ ބަންގްލަދޭޝް އިން މިނެރުނު ފައިސާ ގައި ހިމަނާފައިވާ މަންޒަރުތަކުގެ ތެރޭގައި ހިންދޫ އަދި ބުޑިސްޓު ފައްޅިތަކުގެ މަންޒަރުތަކާއި، އަދި ތާރީޚީ ގަނޑުވަރުތައް ވެސް ހިމެނެއެވެ.

މިހާރު ބޭނުން ކުރަމުންދާ ނޫޓުތަކާއި ފައިސާތައް އައު ނޫޓުތަކާއެކު ދައުރުވަމުން ދާނެއެވެ.

މިއީ ބަންގްލަދޭޝްގައި ބަދަލުވަމުންދާ ސިޔާސީ މަސްރަހާ އެކު ފައިސާގެ ޑިޒަނަށް ބަދަލު އައި ފުރަތަމަ ފަހަރެއް ނޫނެވެ.

އީސްޓް ޕާކިސްތާނުގެ ނަން ބަންގްލަދޭޝް ގެ ނަމަށް ބަދަލުވެ 1972 ވަނަ އަހަރު ނެރުނު ފުރަތަމަ ނޫޓުގައި ވަނީ ޗާޓެކެވެ.

އޭގެ ފަހުން ނެރެނު ނޫޓުތަކުގައި ހިމެނިފައިވަނީ އަވާމީ ލީގުގެ ވެރިޔާ ޝެއިޚް މުޖީބުއް ރަޙްމާންގެ ފޮޓޯއެވެ.

ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) ވެރިކަމުގައި ތިބި އިރު، ނޫޓު ގައި ހިމަނާފައި ވަނީ ތާރީޚީ އަދި ސަގާފީ ތަންތަނުގެ މަންޒަރުތަކެވެ.

ފަނަރަ އަހަރުގެ ވެރިކަމެއް އަވާމީ ލީގުން ކޮށްފައި ވަނިކޮށް ހުސްވި އަހަރު ހަސީނާ ވެރިކަމުން ވައްޓާލުމަށް ފަހު މިހާރު އެ ޕާޓީ އަކީ ބަންގްލަދޭޝްގައި މަނާ ކޮށްފައިވާ ޕާޓީއެކެވެ.

ހަސީނާ އާއި ޕާޓީ ލީޑަރުންގެ މައްޗަށް ޝަރީއަތްތައް ހިންގުމަށް ވަގުތީ ސަރުކާރުން އަންނަނީ ތައްޔާރު ވަމުންނެވެ.

އުމުރުފުޅުން 77 އަހަރުގެ ހަސީނާ އަމިއްލަ އަށް އަރުވާލެވިގެން މިހާރު ދިރިއުޅުއްވަނީ އިންޑިއާ ގައެވެ. އަދި ޝަރީއަތައް ހާޒިރުވުމަށް ނެރުނު ކޯޓު އަމުރަށް އޭނާ އިޖާބަ ދެއްވާފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރަޕްޝަނުގެ ތުހުމަތުކުރެވިފައިވާ ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު އިސްތިއުފާ ދެއްވައިފި

ކޮރަޕްޝަނުގެ ތުހުމަތުކުރެވިފައިވާ ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު އިސްތިއުފާ ދެއްވައިފި

11 ނޮވެމްބަރު 2017
ބަރަަހަނާ ފޮޓޯ ލީކުކުރުމުން އެކަމުގެ ޝިކާރައަކަށްވާ މީހުން ރިޕޯޓްކުރުމަށް އޮސްޓްރޭލިއާއިން ޕޯޓަލްއެއް ތައާރަފްކޮށްފި

ބަރަަހަނާ ފޮޓޯ ލީކުކުރުމުން އެކަމުގެ ޝިކާރައަކަށްވާ މީހުން ރިޕޯޓްކުރުމަށް އޮސްޓްރޭލިއާއިން ޕޯޓަލްއެއް ތައާރަފްކޮށްފި

17 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އެމެރިކާ އާއި ބަންގްލަދޭޝްގެ އޮފިޝަލުން މަޝްވަރާ ކުރަނީ

ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އެމެރިކާ އާއި ބަންގްލަދޭޝްގެ އޮފިޝަލުން މަޝްވަރާ ކުރަނީ

02 އޮކްޓޯބަރު 2017
ބޮޑުވަޒީރު ޝެއިޚް ހަސީނާ އަވަހާރަކޮށްލަން ރޭވިކަމަށް ބުނެ ފެތުރީ ދޮގު ޚަބަރެއް: ބަނގުލަދޭޝް ސަރުކާރު

ބޮޑުވަޒީރު ޝެއިޚް ހަސީނާ އަވަހާރަކޮށްލަން ރޭވިކަމަށް ބުނެ ފެތުރީ ދޮގު ޚަބަރެއް: ބަނގުލަދޭޝް ސަރުކާރު

25 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށްޓަކައި އދ. އިން ސުޕަވައިޒްކުރާ ސޭފް ޒޯންތަކެއް މިޔަންމާގައި ގާއިމުކުރައްވާ: ބަންގްލަދޭޝްގެ ބޮޑުވަޒީރު

ރޮހިންޖާ މުސްލިމުންނަށްޓަކައި އދ. އިން ސުޕަވައިޒްކުރާ ސޭފް ޒޯންތަކެއް މިޔަންމާގައި ގާއިމުކުރައްވާ: ބަންގްލަދޭޝްގެ ބޮޑުވަޒީރު

22 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު