Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ ރައްޔިތުންނަށް އެހީ ލިބުމަށް ދަތިކުރާތީ އިސްރާއީލަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފަރަންސޭސި ރައީސް ދެއްވައިފި

ފަރަންސޭސި ވެރިޔާ ވިދާޅުވީ ފަލަސްޠީނު ދައުލަތް ޤަބޫލު ކުރުމަކީ "ސިޔާސީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް" ކަމަށް

ރާއްޖެ އެމްވީ | 30 މެއި 2025 | ހުކުރު 15:40
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ސިންގަޕޫރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި  - 30 މެއި 2025

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ސިންގަޕޫރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި - 30 މެއި 2025

ތެލް އަވީވްގެ ސަރުކާރުން ޣައްޒާގެ އިންސާނީ ހާލަތަށް އިޖާބަ ނުދޭނަމަ، އެ ޤައުމުން "އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް" މަސައްކަތް ކުރާނެ ކަމަށް ފަރަންސޭސި ރައީސް އެމެނުއެލް މެކްރޮން ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުން މެކްރޮން ވިދާޅުވީ، ޣައްޒާގައި ތިބި ފަލަސްޠީނު ރައްޔިތުން ކާބޯތަކެތީގެ ދަތިކަމާ ކުރިމަތި ލަމުން ދާއިރު ބައިނަލްއަޤްވާމީ މުޖުތަމަޢު އަށް އަޅާނުލާ ތިބެވޭނެ ކަމަށް ނުދެކޭ ކަމަށެވެ.

މެކްރޮންގެ މި ވާހަކަފުޅުން އިސްރާއީލަށް ކުރިމަތިވަމުންދާ ބައިނަލްއަގްވާމީ ފިއްތުންތައް ބޮޑު ވަމުން ދާކަން ހާމަވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުން ވަނީ ގަސްދުގައި ޣައްޒާ އަށް ކާބޯތަކެތި އެތެރެ ވިޔަ ނުދީ ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މުއްދަތަކަށް ހިފަހައްޓާފައެވެ. އެއާ އެކު އެހީދޭ ޖަމާޢަތްތަކުން ވަނީ ޣައްޒާ ގައި ބަނޑުހައިހޫނުކަމުގެ ނުރައްކާ ކުރިމަތިވެދާނެ ކަމަށް އިންޒާރު ދީފައެވެ.

މެކްރޮން ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް އާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ "ކުރިއަށް އޮތް ގަޑިތަކާއި ދުވަސްތަކުގައި އިންސާނީ ހާލަތާ އެއްގޮތްވާ ގޮތުގެ މަތިން އިޖާބަ އެއް ނުލިބިއްޖެނަމަ، އަޅުގަނޑުމެން އެންމެން މިކަމުގައި ދެކޭ ގޮތް ހަރުކަށިކުރަން ޖެހޭނެ،" ކަމަށެވެ. އަދި އިސްރާއީލުގެ ގަވައިދާ ޚިލާފު ވަޒަންވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފަރަންސޭސި ވިލާތުން ވިސްނަފާނެ ކަމަށް ވެސް އިޝާރާތް ކުރެއްވިއެވެ.

އިސްރާއީލުން ފަހަކަށް އައިސް ބުނެފައިވަނީ ބައިނަލްއަޤްވާމީ ފިއްތުމަށް ބޯލަނބައި، "މަދު" މިންވަރަކަށް ކާބޯތަކެއްޗާއި ބޭސް ޣައްޒާއަށް ވައްދަން ހުއްދަ ދޭނެ ކަމަށެވެ.

ކާބޯތަކެތީގެ ދަތިކަން ކުރިމަތި ކުރަމުން ގެންދާއިރު ހުއްޓުމެއް ނެތި ޣައްޒާ އަށް ހަމާލާދީ ހަރުކަށި ނުރައްކާތެރި ހަނގުރާމަ އެއް އިސްރާއީލުން ޣައްޒާ ރައްޔިތުންނާ ދެކޮޅަށް ގެންދަނީ ހިންގަމުންނެވެ.

މެކްރޮން ގޮވާލެއްވީ އިސްރާއީލުން އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާ ކަމަށް ދުށުން ނިމުމަކަށް ގެނައުމަށެވެ.

"އެހެން ނަމަވެސް އަދިވެސް އަޅުގަނޑު އުންމީދު ކުރަނީ އިސްރާއީލުގެ ސަރުކާރުން އެ މީހުންގެ ޕޮސިޝަން ބަދަލުކޮށް، އިންސާނީ އެހީތެރިކަމަށް އިޖާބައެއް ދޭނެ ކަމަށް،" މެކްރޮން ވިދާޅުވިއެވެ.

ފަރަންސޭސި ވެރިޔާ އިތުރަށް ވިދާޅުވީ ފަލަސްޠީނު ދައުލަތް ޤަބޫލު ކުރުމަކީ "ސިޔާސީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް" ކަމަށެވެ. ނަމަވެސް މެކްރޮން ވިދާޅުވި ގޮތުގައި އެފަދަ ދައުލަތެއް އުފެދެން ވާނީ ވަކި ޝަރުތުތަކެއްގެ ދަށުންނެވެ.

ޕެރިހުން މަސައްކަތް ކުރަމުން ދަނީ ފަލަސްޠީނު ދައުލަތެއް ޝަރުތުތަކަކާއެކު ޤަބޫލުކުރުމަށް ތާއީދު އިތުރު ކުރުމަށެވެ. ފަރަންސޭސިން ހުށަހަޅާ ޝަރުތު ތަކުގެ ތެރޭގައި ހަމާސް އަތުން ހަތިޔާރު އަތުލުން ހިމެނެއެވެ.

ޖޫން 17 އިން 20 އަށް ފަރަންސޭސިވިލާތާއި ސައޫދީ އަރަބިއްޔާ ގުޅިގެން ފަލަސްތީނު ދައުލަތް ގާއިމު ކުރުމާ ބެހޭ ރޯޑް މެޕް އާ ބެހޭ ގޮތުން ބާއްވާ އދ. ގެ ކޮންފަރެންސް އޮންނާނެއެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
05 އެޕްރީލު 2017

އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި

05 އެޕްރީލު 2017
އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި
31 މާރިޗު 2017

މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް

31 މާރިޗު 2017
މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް
28 މާރިޗު 2017

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު