Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހާވަޑް ޔުނިވަރސިޓީ

ހާވަޑް ޔުނިވަރސިޓީ އަށް ބޭރުގެ ދަރިވަރުން ވެއްދުމުގެ ފުރުޞަތު ޓްރަމްޕް ސަރުކާރުން ބަންދުކޮށްފި

މި ފިޔަވަޅުގެ މާނައަކީ ހާވަޑް އަށް ބޭރުގެ ދަރިވަރުން ވެއްދުމުގެ ފުރުޞަތު ނުލިބުމުގެ އިތުރުން، މިހާރު ކިޔަވަމުންދާ ދަރިވަރުން ވެސް "އެހެން ޔުނިވަރސިޓީއަކަށް ބަދަލުވާން ޖެހުން" ކަމަށް ޓްރަމްޕް ސަރުކާރުން ޔުނިވަރސިޓީ އަށް ފޮނުވި ސިޓީގައި ވެއެވެ.

ރާއްޖެ އެމްވީ | 23 މެއި 2025 | ހުކުރު 10:40
ހާވަޑް ޔުނިވަރސިޓީ ކެމްޕަސް ގެ މައިދޮރު ބަންދު ކޮށްފައި - ކެމްބްރިޖް، މެސެޗުސެޓްސް، ޔޫ.އެސް.

ހާވަޑް ޔުނިވަރސިޓީ ކެމްޕަސް ގެ މައިދޮރު ބަންދު ކޮށްފައި - ކެމްބްރިޖް، މެސެޗުސެޓްސް، ޔޫ.އެސް.

ދުނިޔޭގެ އެންމެ މަގުބޫލު އެއް ޔުނިވަރސިޓީގެ ގޮތުގައި ބެލޭ އެމެރިކާގެ ހާވަޑް ޔުނިވަރސިޓީ އަށް ބޭރުގެ ދަރިވަރުން ވެއްދުމުގެ ފުރުސަތު ޓްރަމްޕްގެ ސަރުކާރުން ބަންދުކޮށްފިއެވެ.

ހޯމްލޭންޑް ސެކިއުރިޓީގެ ސެކްރެޓަރީ ކްރިސްޓީ ނޯއެމް ވިދާޅުވެފައިވަނީ މިއީ ޓްރަމްޕްގެ ޑިމާންޑްތަކަށް ޔުނިވަރސިޓީން އިޖާބަ ނުދިނުމުން އެޅި ފިޔަވަޅެއް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހާވަޑް ޔުނިވަރސިޓީ އަށް ބޭރުގެ ދަރިވަރުން ވެއްދުމުގެ ފުރުޞަތު ބަންދުކޮށްފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން ވަނީ އިއުލާނު ކޮށްފައެވެ.

ޓްރަމްޕް ހާވަޑްއާ މެދު ކޯފާވީ، އެ ޔުނިވަރސިޓީ އަށް ދަރިވަރުން ވެއްދުމާއި މުވައްޒަފުން ނެގުމުގައި އޭނާގެ އެންގެވުންތަކަށް ޔުނިވަރސިޓީން އަމަލު ކުރުމަށް އިންކާރުކުރުމުންނެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ ހާވަޑް އިން ފަލަސްޠީނަށް ތާއީދުކޮށް، ޔަހޫދީންނާ ދެކޮޅު ޙަރަކާތްތަކަށް ހިތްވަރުދޭ ކަމަށެވެ.

އެމެރިކާ އާއި ޔޫރަޕްގެ ތަޢުލީމީ މަރުކަޒުތަކުގައި މި ފަހަކަށް އައިސް އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި އިހުތިޖާޖުތައް އިންތިޒާމު ކޮށްފައެވެ. 7 އޮކްޓޯބަރު 2023 ގައި އިސްރާއީލުން ފެށި މި ހަނގުރާމައިގައި ޣައްޒާ ވަނީ މުޅިން ފުނޑުފުނޑު ކޮށްލާފައެވެ.

ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހޯމްލޭންޑް ސެކިއުރިޓީގެ ސެކްރެޓަރީ ކްރިސްޓީ ނޯއެމް ވިދާޅުވެފައިވަނީ ޓްރަމްޕްގެ އިދާރާއިން "ހާވަޑްގެ ކެމްޕަހުގައި ޔަހޫދީންނާ ދެކޮޅު ޙަރަކާތްތަކަށް މަގުފަހިކޮށްދީ، ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާއެކު ގުޅިގެން މަސައްކަތްކުރާތީ އެކަމަށް ޖަވާބުދާރީ ކުރުވަމުން" ގެންދާ ކަމަށެވެ.

"ބޭރުގެ ދަރިވަރުން ވެއްދުމާއި އެ ދަރިވަރުން ދައްކާ ބޮޑު ފީތަކުން ޔުނިވަރސިޓީތަކަށް ލިބޭ އެތައް ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދުމަކީ ޙައްޤެއް ނޫނެވެ. އެއީ ލިބޭ އިމްތިޔާޒެކެވެ،" އޭނާ ވިދާޅުވިއެވެ. "ހާވަޑް އަށް ރަނަނގަޅު ގޮތުގައި ކަންކަން ކުރުމަށް އެތައް ފުރުޞަތެއް ލިބުނެވެ. އެކަމަކު އެކަމަށް އިންކާރު ކުރީ އެވެ."

ޔުނިވަރސިޓީގެ އިދާރާއަށް ފޮނުވި ސިޓީއެއްގައި ނޯއެމް ވިދާޅުވެފައިވަނީ ޔުނިވަރސިޓީގެ ސްޓޫޑަންޓް އެކްސްޗޭންޖް ވިޒިޓަރ ޕްރޮގްރާމް ސެޓިފިކޭޝަން ބާޠިލުކޮށްފައިވާ ކަމަށެވެ. މި ޕްރޮގްރާމް ބަލަހައްޓަނީ އޭނާ އިސްކޮށް ހުންނަވާ އޭޖެންސީގެ ދަށުން ހިނގާ ޔޫއެސް ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް ޔުނިޓުންނެވެ.

މި ފިޔަވަޅުގެ މާނައަކީ ހާވަޑް އަށް ބޭރުގެ ދަރިވަރުން ވެއްދުމުގެ ފުރުޞަތު ނުލިބުމުގެ އިތުރުން، މިހާރު ކިޔަވަމުންދާ ދަރިވަރުން ވެސް "އެހެން ޔުނިވަރސިޓީއަކަށް ބަދަލުވާން ޖެހުން" ކަމަށް ސިޓީގައި ބުނެފައިވެއެވެ.

ހާވަޑް އިން މިކަމާ ބެހޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ "ޤާނޫނާ ޚިލާފު" އަދި "ބަދަލުހިފުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް" ކަމަށެވެ.

ހާވާޑް އިން ހާމަ ކޮށްފައިވާ ގޮތުގައި އެ ޔުނިވަރސިޓީގައި ދަރިވަރުންގެ ގޮތުގަ އާއި ލެކްޗަރަރުންގެ ގޮތުގައި ދުނިޔޭގެ 140 އަށްވުރެ ގިނަ ޤައުމުތަކަށް ނިސްބަތްވާ ފަރާތްތަކުން އުޅެމުން ދެއެވެ. އަދި އެއީ "އެމެރިކާ އަށާއި ޔުނިވަރސިޓީ އަށް ނުހަނު މުހިންމު ހިއްސާއެއް ކުރާ ބައެކެވެ،" ޔުނިވަރސިޓީން ބުނެފައިވެއެވެ.

މި ފިޔަވަޅަކީ ޔުނިވަރސިޓީއާއި ޓްރަމްޕްގެ ސަރުކާރާ ދެމެދު އުފެދިފައިވާ ފުޅާ ދާއިރާއެއްގެ ހަމަނުޖެހުމެއްގެ ތެރެއިން އަޅާފައިވާ ފިޔަވަޅެކެވެ. މި ހަމަނުޖެހުން އުފެދިފައިވަނީ ޔުނިވަރސިޓީގެ ޑައިވަރސިޓީ ޕްރޮގްރާމްތަކާއި، ފަލަސްޠީނަށް ތާއީދުކޮށް ކުރެވޭ އިހުތިޖާޖުތަކާ ގުޅޭ ގޮތުން ޓްރަމްޕް ގެ ސަރުކާރުން ހުށަހެޅި ޑިމާންޑްތަކަކަށް ޔުނިވަރސިޓީން އެއްބަސްވުމަށް އިންކާރުކުރުމުންނެވެ.

މި ކަމާ ގުޅިގެން ޓްރަމްޕްގެ އިދާރާއިން ވަނީ ތިން ބުރެއްގެ މަތިން ޔުނިވަރސިޓީ އަށް ސަރުކާރުން ދޭ ފަންޑިންގ އާއި ގްރާންޓްތައް ކަނޑާލާފައެވެ. އެއީ ގާތްގަނޑަކަށް ޖުމުލަ 2.6 ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެކެވެ.

މި ހަފުތާގެ ކުރީކޮޅު ހާވަޑްގެ ރައީސް އެލަން ގާބަރ ޔުނިވަރސިޓީގެ މުސްކުޅި ދަރިވަރުންނަށް ގޮވާލެއްވީ ޔުނިވަރސިޓީއަށް އެހީތެރިވެ ދިނުމަށެވެ.

"އަޅުގަނޑުމެންނާ ހަވާލުކުރެވިފައިވާ މި މުއައްސަސާ މިހާރު ކުރިމަތިލާން ޖެހިފައި މިވަނީ އަޅުގަނޑުމެންގެ ދިގު ތާރީޚުގައި ވެސް ކުރިމަތިނުވާ ފަދަ ގޮންޖެހުންތަކަކާ އެވެ،" ގާބަރ އީމެއިލްއެއްގައި ލިޔުއްވާފައިވެއެވެ.

އިމިގްރޭޝަން ތަޖުރިބާކާރުން ބުނާ ގޮތުގައި ޓްރަމްޕްގެ އިދާރާއިން މި އަޅާފައިވާ ފިޔަވަޅަކީ ޔުނިވަރސިޓީއަށް މާލީ ގޮތުން ލިބޭނެ ބޮޑު ގެއްލުމެއްގެ އިތުރުން ދަރިވަރުންނަށް ކުރިމަތިވާނެ "ވަރަށް ބޮޑު މައްސަލައެއް" ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެއްލިފައިވާ ދަރިވަރުން ހޯދުމަށް ޓްރޫތް ކޮމިޝަނެއް އުފެއްދެވުމަށް މެކްސިކޯގެ ރައީސް ނިންމަވައިފި

ގެއްލިފައިވާ ދަރިވަރުން ހޯދުމަށް ޓްރޫތް ކޮމިޝަނެއް އުފެއްދެވުމަށް މެކްސިކޯގެ ރައީސް ނިންމަވައިފި

05 ޑިސެމްބަރު 2018
ޔަމަނުގެ ސަންއާ ޔުނިވާސިޓީ ބަންދުކޮށް، 50 އަށް ވުރެ ގިނަ ދަރިވަރުން ރަހީނުކޮށްފި

ޔަމަނުގެ ސަންއާ ޔުނިވާސިޓީ ބަންދުކޮށް، 50 އަށް ވުރެ ގިނަ ދަރިވަރުން ރަހީނުކޮށްފި

09 އޮކްޓޯބަރު 2018
ދަރިވަރުންނަށް މައްސަރު ޕެޑް ހިލޭ ދޭ ފުރަތަމަ ގައުމަކަށް ސްކޮޓްލޭންޑް

ދަރިވަރުންނަށް މައްސަރު ޕެޑް ހިލޭ ދޭ ފުރަތަމަ ގައުމަކަށް ސްކޮޓްލޭންޑް

29 އޯގަސްޓު 2018
ބޭރުގެ ފަރާތްތަކަށް ގެދޮރު ވިއްކުން ނިއުޒިލޭންޑްގައި މަނާކޮށްފި

ބޭރުގެ ފަރާތްތަކަށް ގެދޮރު ވިއްކުން ނިއުޒިލޭންޑްގައި މަނާކޮށްފި

16 އޯގަސްޓު 2018
ބޭރުގެ ގައުމުތަކުގެ ވެރިން އިމްރާން ޚާން ގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިގަންނަވަން އަދި ހަމަޖެހިފައެއް ނުވޭ: ޕީޓީއައި

ބޭރުގެ ގައުމުތަކުގެ ވެރިން އިމްރާން ޚާން ގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިގަންނަވަން އަދި ހަމަޖެހިފައެއް ނުވޭ: ޕީޓީއައި

01 އޯގަސްޓު 2018

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު