Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

މުޅި ޣައްޒާ ހިފުމުގެ އަސްކަރީ އޮޕަރޭޝަނެއް އިސްރާއީލުން ފަށައިފި

އިސްރާއީލު ސިފައިން "ޣައްޒާ ސްޓްރިޕްގެ ސަރަޙައްދުތަކުގައި އޮޕަރޭޝަނަލް ކޮންޓްރޯލް ހޯދުމަށް ސިފައިން ޖަމާކުރަމުންދާ" ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ އިން ވަނީ ބުނެފައި.

ރާއްޖެ އެމްވީ | 17 މެއި 2025 | ހޮނިހިރު 09:56
ޣައްޒާގެ ތެރެއަށް ވަނުމަށް ތައްޔާރުވެފައި ޓޭންކަރުތަކެއްގެ ކައިރީގައި އިސްރާއީލުގެ ސިފައިންގެ މީހަކު ހަރަކާތްތެރިވަނީ - 4 މެއި 2025 (ފައިލް)

ޣައްޒާގެ ތެރެއަށް ވަނުމަށް ތައްޔާރުވެފައި ޓޭންކަރުތަކެއްގެ ކައިރީގައި އިސްރާއީލުގެ ސިފައިންގެ މީހަކު ހަރަކާތްތެރިވަނީ - 4 މެއި 2025 (ފައިލް)

މުޅި ޣައްޒާ އިސްރާއީލުގެ ބާރުގެ ދަށަށް ގެނައުމުގެ އަސްކަރީ އޮޕަރޭޝަނެއް ފަށައިފި ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ހާމަ ކޮށްފިއެވެ.

މި އޮޕަރޭޝަން ފެށި އިރު، އިސްރާއީލުގެ ސިފައިން ވަނީ މިފަހުގެ ތާރީޚެއްގައި ނުދޭ ފަދަ ނުރައްކާތެރި ހަމަލާތަކެއް މި ހަފްތާ ބަންދުގައި ޣައްޒާ އަށް ދީފައެވެ. ކާބޯތަކެއްޗާއި ބޭހާއި ޒަރޫރީ ބޭނުންތަކަށް އެއްވެސް އެއްޗެއް ޣައްޒާ އަށް އެތެރެވިޔަ ނުދީ އެތައް ހަފްތާ އެއް ވަންދެން ހިފެހެއްޓުމަށްފަހު، އިސްރާއީލުން ޣައްޒާ އަށް ހުކުރު ދުވަހު ދިން ހަމަލާތަކުގައި އެކަނިވެސް 100ށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުގެ ސިފައިންގެ ފަރާތުން ޓެލެގްރާމްގައި ބުނެފައިވަނީ "އޮޕަރޭޝަން ގިޑިއަންސް ޝެރިއަޓްސް" ގެ ނަމުގައި ކުރިއަށްގެންދާ ހަމަލާގެ "ފުރަތަމަ މަރުހަލާތައް" ފަށާފައިވާ ކަމަށެވެ.

މި އޮޕަރޭޝަނަކީ "ޣައްޒާ ސްޓްރިޕްގައި ހަނގުރާމައިގެ ހުރިހާ މަޤްޞަދުތަކެއް ޙާޞިލުކުރުމުގެ ގޮތުން، އޭގެ ތެރޭގައި ރަހީނުން މިނިވަން ކުރުމާއި، ހަމާސް ބަލިކުރުމަށް، ހަނގުރާމަ ފުޅާކުރުމުގެ ބައެއް" ކަމަށް އަރަބި ބަހުން ޕޯސްޓްކޮށްފައިވާ ލިޔުމެއްގައި ބުނެފައިވެއެވެ.

އިނގިރޭސި ބަހުން ނެރެފައިވާ ވަކި ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލު ސިފައިން "ޣައްޒާ ސްޓްރިޕްގެ ސަރަޙައްދުތަކުގައި އޮޕަރޭޝަނަލް ކޮންޓްރޯލް ހޯދުމަށް ސިފައިން ޖަމާކުރަމުންދާ" ކަމަށެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވަނީ ހުކުރު ދުވަހު އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކުގައި 100 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އިސްރާއީލު ސިފައިންގެ ފަރާތުން ބުނެފައިވަނީ 24 ގަޑިއިރުގެ ތެރޭގައި "ޣައްޒާ ސްޓްރިޕްގެ އެކި ސަރަޙައްދުތަކުގައި ހުރި 150 އަށްވުރެ ގިނަ ޓެރަރިސްޓް ލަނޑުދަނޑިތަކަކަށް" ޙަމަލާދީފައިވާ ކަމަށެވެ.

އިސްރާއީލުން ޣައްޒާ ގައި އަސްކަރީ ޙަމަލާތައް އަލުން ފަށާފައިވަނީ މާރޗް 18 ގައެވެ. އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާ އަށް ހަމަލާ ދޭން ފެށުމަށްފަހު ހަމަލާތައް މެދުކަނޑާލާފައި އޮތީ އެންމެ ދެމަސްދުވަހުގެ މުއްދަތަކަށެވެ.

ޣައްޒާގެ މުޅި ކޮންޓްރޯލު ހޯދުމަށް ކަމަށް ބުނެ އިސްރާއީލުން ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަ ކުރުމަށް ނިންމާ އެއްގަމު މަގުންނާއި ވައިގެ މަގުން އިތުރު ހަމަލާތައް ދޭން ނިންމި އިރު، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި، ބޯފެނާއި، ތެލާއި، ބޭސްފަރުވާ އަށް އިސްރާއިލުން ހުރަސް އަޅާފައި އޮންނަ އޮތުމަށް މުޅި ދުނިޔެއިން ގެންދަނީ ފާޑު ކިޔަމުންނެވެ.

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

30 އެޕްރީލު 2017
އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ
30 އެޕްރީލު 2017

ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ

30 އެޕްރީލު 2017
ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
22 އެޕްރީލު 2017

އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!

22 އެޕްރީލު 2017
އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު