Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ހަނގުރާމަ

ރަޝިޔާ – ޔޫކްރެއިންގެ ފުރަތަމަ ބައްދަލުވުން ކުރު ނަމަވެސް ތަފާތުތައް ބޮޑު

ދެ ގައުމުގެ ދެމެދުގައި ބޮޑެތި ތަފާތުތަކެއް ހުރި ނަމަވެސް ގިނަ އަދަދެއްގެ ހަނގުރާމައިގެ އަސީރުން ބަދަލު ކުރަން ދެ ގައުމުން އެއްބަސްވި.

ރާއްޖެ އެމްވީ | 16 މެއި 2025 | ހުކުރު 18:37
ތިން އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ޔޫކްރެއިން އާއި ރަޝިޔާގެ އޮފިޝަލުންގެ ފުރަތަމަ މަޝްވަރާތަކަށް ތުރުކީގައި ބައްދަލުކުރަނީ - 16 މެއި 2025

ތިން އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ޔޫކްރެއިން އާއި ރަޝިޔާގެ އޮފިޝަލުންގެ ފުރަތަމަ މަޝްވަރާތަކަށް ތުރުކީގައި ބައްދަލުކުރަނީ - 16 މެއި 2025

1945 ވަނަ އަހަރަށްފަހު ޔޫރަޕްގައި ހިނގަމުންދާ އެންމެ ނުރައްކާތެރި ހަނގުރާމަ ފެށުނުތާ 3 އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން، ހުކުރު ދުވަހު ފުރަތަމަ ފަހަރަށް ރަޝިޔާ އާއި ޔޫކްރެއިންގެ މަންދޫބުން އެއް ތަނެއްގައި ބައްދަލު ކޮށްފިއެވެ.

މާރޗް 2022 އިން ފެށިގެން ރަޝިޔާ އިން ޔޫކްރެއިން އަށް އަރާ ފެށި ހަނގުރާމައިގައި އެތައް ބަޔަކު މަރުވެ، ދެ ފަރާތައް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ފުރަތަމަ ފަހަރަށް މަޝްވަރާތަކަށް އެއް މޭޒު ދޮށަށް އައިސް ދެ ގައުމުގެ މަންދޫބުންގެ ބައްދަލުވުން ބޭއްވީ އިސްތަންބޫލްގެ ބޮސްފޮރަސްގެ އައްސޭރިފަށުގައި ހުރި އުސްމާނީ ދައުލަތުގެ ޒަމާނުގެ ގަނޑުވަރެއްގައެވެ.

މި ދެގައުމުން އެއް މޭޒެއްގެ ދޮށަށް އައުމުގައި ތުރުކީ އާއި އެމެރިކާގެ ނުފޫޒާއި ބާރު އެޅުން މުހިންމު ދައުރެއް އަދާ ކޮށްފައިވެއެވެ.

ބައްދަލުވުމަށް އައި ދެ ގައުމުގެ ވަފުދު އެއް ބަޔަކު އަނެއް ބަޔަކާ ސަލާމެއް ނުކުރެއެވެ. ޔޫކްރެއިންގެ ވަފުދުގެ ދެބައިކުޅައެއްބައި މީހުން ލައިގެން ތިބީ ހަނގުރާމައިގެ ޔުނީފޯމެވެ.

ބައްދަލުވުން އޮތް މާލަމުގައި ޔޫކްރެއިނާއި ތުރުކީ އަދި ރަޝިޔާގެ ދިދަތައް އިންތިޒާމެއްގެ މަތިން ބަހައްޓާފައި ހުއްޓެވެ. ކޮންމެ ޤައުމެއްގެ ދެ ދިދަ މަންދޫބުންގެ ފަހަތުގައި ފެންނަ ގޮތައް ބަހައްޓާފައި ހުއްޓެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު، ހަކަން ފިދާން، ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރިމަތީގައި ދެ މަގެއް އޮތް ކަމަށެވެ - އެއް މަގަކީ ސުލްޙައަށް ވާސިލުވުމުގެ މަގެވެ. އަނެއް މަގަކީ އިތުރު މަރާއި ހަލާކަށް ވާސިލުވާ މަގު ކަމަށް އޭނާ ވިދާޅުވިއެވެ.

މަޝްވަރާތައް ދެމިގެންދިޔައީ ދެ ގަޑިއިރަށްވުރެ ކުރު ވަގުތުކޮޅަކަށެވެ. ބައްދަލުވުން ފެށުމާއެކު ދެ ގައުމުގެ ދެމެދުގައި ހުރި ބޮޑެތި ތަފާތުތައް ފާޅުވެގެން ދިޔައެވެ. ކްރެމްލިނުން "އައު އަދި ޤަބޫލު ނުކުރެވޭ ޑިމާންޑްތަކެއް" ހުށަހެޅިކަމަށް ޔޫކްރެއިނުގެ އޮފިޝަލަކު ބުނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ޔޫކްރެއިންގެ އަމިއްލަ ބިމުގެ ބޮޑު ސަރަހައްދުތަކަކުން ޔޫކްރެއިން ސިފައިން އަނބުރާ ގެންދިއުމަށް އެއްބަސްވުން ކަމަށް އޭނާ ބުނެފައިވެއެވެ.

ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މުހިންމު މައްސަލައިގައި ކުރިއެރުމެއް ނުލިބުނު ނަމަވެސް - އުންމީދުކުރެވުނު ފަދައިން މުހިންމު އެއް ކަމަކަށް ދެ ގައުމުން އެއް ބަސްވިއެވެ.

އެއީ ކޮންމެ ފަރާތަކުން 1,000 ހަނގުރާމައިގެ އަސީރުން އަނެއް ފަރާތަށް ރައްދުކޮށްދިނުމެވެ.

"މިއީ ވަރަށް އުނދަގޫ ދުވަހެއްގެ ވަރަށް ރަނގަޅު ނިންމުމެއް،" ޔޫކްރެއިންގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް ނޫސްވެރިންނަށް ވިދާޅުވިއެވެ.

އަސީރުން ބަދަލު ކުރުން ވަރަށް އަވަހަށް ކުރިއަށްދާނެ ކަމަށް ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރ ރުސްތަމް އުމެރޮވް ވިދާޅުވިއެވެ. އޭނާ އަކީ ޔޫކްރެއިން ވަފުދުގެ އިސްވެރިޔާއެވެ. "އަޅުގަނޑުމެންނަށް ތާރީޚް އެނގޭ،" އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން އަދި އެ އިޢުލާނެއް ނުކުރަން."

އޭނާ ވިދާޅުވީ "ދެން އޮތް ފިޔަވަޅަކީ" ޒެލެންސްކީ އާއި ޕުޓިން އާ ދެމެދު ބައްދަލުވުމެއް ބޭއްވުން ކަމަށެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު