Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"ނަލަ މަރަދޫ" ޕްރޮގްރާމް

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

14 މެއި 2025 | ބުދަ 19:42

މަރަދޫގެ އަވަށު އޮފީހުގެ މުވައްޒަފުން ބެލުމުގެ ދަށުން ފުރަތަމަ ހަ ސަރަހައްދެއް ސާފު ކުރަން ފެއްޓި ނަމަވެސް، މިހާރު 12 ސަރަހައްދެއް ސާފުކުރަމުންދޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 14 މެއި 2025 | ބުދަ 19:42
އައްޑޫ ސިިޓީގެ މަރަދޫ

އައްޑޫ ސިިޓީގެ މަރަދޫ

އައްޑޫ ސިޓީގެ މަރަދޫ އަވަށުގެ ސާފު ތާހިރުކަން ދެމެހެއްޓެނެވި ގޮތެއްގައި ބޭއްވުމުގެ ގޮތުން "ނަލަ މަރަދޫ"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން މަރަދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މަރިޔަމް ސާއިދާ ވިދާޅުވީ މަރަދޫ އަކީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން، މެދުގައި އޮންނަ ރަށަށްވެފައި ރަށަށް އަރާ ފައިބާ މީހުންވެސް ގިނަ ކަމަށާއި، އެހެންކަމުން މަރަދޫއަކީ އަބަދުވެސް ރީތި ސާފު ރަށެއްގެ ގޮތުގައި ބޭއްވުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން "ނަލަ މަރަދޫ"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިޕްރޮގްރާމްގެ މައިގަނޑު މަގްޞަދަކީ މަރަދޫގެ މަލަމަތި ރީތިކޮށް، ސާފުކޮށް ޒީނަތްތެރިކޮށް ބޭއްވުމެއެވެ. މަރަދޫގެ އަވަށު އޮފީހުގެ މުވައްޒަފުން ބެލުމުގެ ދަށުން ފުރަތަމަ ހަ ސަރަހައްދެއް ސާފު ކުރަން ފެއްޓި ނަމަވެސް، މިހާރު 12 ސަރަހައްދެއް ސާފުކުރަމުންދާ ކަމަށާއި މިއީ އާންމު މުނިސިޕަލް ޚިދުމަތް ދިނުމަށްފަހު ކޮންމެ ދުވަހަކުވެސް އަވަށު އޮފީހުގެ މުވައްޒަފުން ކުރަމުންދާ މަސައްކަތެއް ކަމަށް ސާއިދާ ވިދާޅުވި އެވެ.

ސާއިދާ އިތުރަށް ވިދާޅުވީ މިގޮތަށް މިމަސައްކަތް ފެށުމުން ނަލަ މަރަދޫގެ ގޮތުގައި ސާފުތާހިރުކޮށް ބޭއްވުމަށް ކުރަމުންގެންދާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

އާންމުންގެ ފަރާތުން މިކަން ބަލައިގަނެ، ސާފުތާހިރުކަން އިތުރުވެއްޖެކަމަށް ގިނަ ރައްޔިތުން ބުނަމުންދޭ، ކުރީގެ ފަޅުކޮށް ހުންނަ ތަންތަން މިގޮތަށް ބަލަހައްޓަން ފެށުމުން، އާއްމުން މިހާރު އައިސް އެއްވެ، އެތަނުގައި ވަގުތު ހޭދަކޮށް، އަދި އާބާދީގައި ގިނަ އަދަދެއްގެ މީހުން އުޅުމުން މީހުން އެއްވާނެ ތަނެއްވެސް ކުރިން ނުހުރޭ. ނަމަވެސް މިގޮތަށް ސާފުކޮށް ބޭއްވުމުން މީހުން އައިސް އެތަނުގައި އުފާވެރި ވަގުތުތައް ހޭދަކުރޭ
މަރަދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މަރިޔަމް ސާއިދާ

އަވަށު އޮފީހުން އިސްނަގައިގެން މަރަދޫ ސާފުތާހިރު ރަށެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުންގެންދާ މަސައްކަތަށް އާއްމުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާ ކަމަށްވެސް ސާއިދާ ވިދާޅުވި އެވެ. އެގޮތުން ސާފުތާހިރުކޮށް ބޭއްވުމަށް ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިޕްރޮގްރާމް ކުރިއަށްދާގޮތާއި ގުޅޭގޮތުން ވާހަކަދައްވަމުން އަވަށު އޮފީހުގެ މުވައްޒަފުން ބުނެފައިވަނީ ރަށް ޒީނަތްތެރިކޮށް ބޭއްވުމުގެ ގޮތުން، މިގޮތަށް މަސައްކަތްކުރާ މިއީ ފުރަތަމަ ފަހަރު ކަމަށާއި މިކަމުގެ ސަބަބުން އެހެން ރަށްރަށުގެ މީހުންނަށް ނަމޫނާއަކަށް މަރަދޫ ވުމަކީ އުފާ ކުރާ ކަމެއް ކަމަށެއެވެ.

މަރަދޫ އަކީ އައްޑުއަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އެއްރަށެވެ. މަރަދޫއަކީ އިހުގައި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް އަތޮޅުކަމުގައިވާ އައްޑުއަތޮޅުގެ ވެރިކަންކުރި ރަށެކެވެ. މިހާރު ރާއްޖެއަށް މަރަދޫ ނަންވެފައި ވަނީ މަސްވެރި ރަށެއްގެ ގޮތުގައެވެ. އާބާދީގެ ގޮތުން އަދި ތަޢުލީމާއި ތަހުޛީބުގެ ގޮތުންވެސް މިރަށަކީ ފާހަގަކޮށްލެވޭ ރަށެކެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މަރަދޫގެ އާބާދީއަކީ 3845 އެކެވެ.

މަރަދޫ އަވަށު އޮފީސްމަރިޔަމް ސާއިދާއައްްޑޫ ސިޓީނަލަ މަރަދޫ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ

24 ނޮވެމްބަރު 2025
އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
14 ނޮވެމްބަރު 2025

މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި

14 ނޮވެމްބަރު 2025
މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި
14 ނޮވެމްބަރު 2025

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

14 ނޮވެމްބަރު 2025
"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް