Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ވޮލީ ބޯޅަ ލީގު

ގުޑް ގޭމްސް އިން ފްލެކްސާގެ މައްޗަށް ކުރި ހޯދައިފި

ލީގުގައި ކުޅުނު ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ފްލެކްސާ އޮތީ ތިން ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އެޕްރީލު 2025 | ހޮނިހިރު 03:30
މެޗުން މޮޅުވުމުން ފްލެކްސާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުން މޮޅުވުމުން ފްލެކްސާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ޤައުމީ ވޮލީ ބޯޅަ ލީގުގައި ފްލެކްސާ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން، ގުޑް ގޭމްސް ސްޕޯޓްސް އެކަޑަމީ މޮޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ގުޑް ގޭމްސް އިން ކާމިޔާބު ކޮށްފައި ވަނީ ތިން ސެޓު ދެ ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފްލެކްސާ އިން ކާމިޔާބު ކޮށްފައި ވަނިކޮށް، ގުޑް ގޭމްސް އިން ވަނީ ޖެހިގެން ކުޅުނު ދެ ސެޓު ވެސް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ފްލެކްސާ އިން ހަތަރު ވަނަ ސެޓު ކާމިޔާބު ކުރިއިރު، ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓު ގުޑް ގޭމްސް އިން ވަނީ ކާމިޔާބު ކޮށްފަ އެވެ.

މެެޗުގެ ފުރަތަމަ ސެޓު ފްލެކްސާ އިން ކާމިޔާބު ކުރީ 25-20 އިންނެވެ. ނަމަވެސް، ގުޑް ގޭމްސް އިން ވަނީ 16-25 އިން ދެ ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ. އަދި ތިން ވަނަ ސެޓު ކާމިޔާބު ކުރީ 24-26 އިންނެވެ.

ނަމަވެސް، ފްލެކްސާ އިން ވަނީ 25-20 އިން ހަތަރު ވަނަ ސެޓު ކާމިޔާބުކޮށް، ސެޓުގެ ގޮތުން ހަމަހަމަ ކޮށްފަ އެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސް ސެޓުގައި ވާދަވެރި ކުޅުމެއް ފެނުނުއިރު، މި ސެޓު ފްލެކްސާ އިން ކާމިޔާބު ކުރީ 14-16 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފްލެކްސާގެ ރޯލީ ޕަތަކް އެވެ.

ލީގުގައި ކުޅުނު ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ފްލެކްސާ އޮތީ ތިން ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި
15 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި

15 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި
09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
03 ފެބުރުއަރީ 2017

ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ

03 ފެބުރުއަރީ 2017
ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު