Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަމީން މަގާމުން ވަކިކުރުމަށް ގޮވާލުން

މިނިސްޓަރު އަމީން މަގާމުން ވަކިކުރުމަށް އެމްޑީޕީން ގޮވާލައިފި

ތަހުގީގު އިންސާފުވެރިކަމާ އަދި އާންމުންގެ އިތުބާރު ލިބޭ ގޮތަށް ކުރިއަށް ގެންދެވޭނީ މިނިސްޓަރު މަގާމުން ވަކިކޮށް ނުވަތަ ސަސްޕެންޑްކޮށްގެން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 25 އެޕްރީލު 2025 | ހުކުރު 18:08
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެހެންކަމުން މިނިސްޓަރ އަމީން މަޤާމުގެ މަސްއޫލިއްޔަތުން މިވަގުތުން ވަގުތަށް އެކަހެރިކުރުމަށް ނުވަތަ ވަކިކުރުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ހުކުރު ދުވަހު ނެރުނު ނޫސް ބަޔާނުގައި ބުނީ މީގެކުރިން އަމީން ވަނީ އެ މައްސަލައިގައި ނުފޫޒު ފޯރުވަން މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެފައި ކަމަށާއި ނަމަވެސް ޕޮލިސް ކޮމިޝަނަރަށް އަމީން ގުޅުއްވަން އުޅުއްވުމަކީ ތަހުގީގަށް ނުފޫޒު ފޯރުވަން އުޅުނު ކަމުގެ އަމަލެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން އެފަދަ މައްސަލައެއްގެ ތަހުގީގު އިންސާފުވެރިކަމާ އަދި އާންމުންގެ އިތުބާރު ލިބޭ ގޮތަށް ކުރިއަށް ގެންދެވޭނީ މިނިސްޓަރު މަގާމުން ވަކިކޮށް ނުވަތަ ސަސްޕެންޑްކޮށްގެން ކަމަށް އެމްޑީޕީން ބުންޏެވެ.

Advertisement - newsAdvertisement

އެމްޑީޕީން ބުނީ އެކަމާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުން އިއްޔެ ހިނގަމުން ދަނިކޮށް ވެސް މިނިސްޓަރު ޕޮލިސް ކޮމިޝަނަރަށް އެތައް ފަހަރަކު ގުޅުއްވަން މަސައްކަތް ކުރެއްްވި ކަމަށް ދޭހަވާ ވާހަކަތަކެއް ލައިވްފީޑްތަކަށް އަރާފައިވާ ކަމަށެވެ.

ހާދިސާއާ ގުޅުންހުރި އެއް އިމާރާތަކީ އަމީން ދިރިއުޅުއްވާ ގެ ކަމަށާ އަދި އެ ހާދިސާއާ ގުޅުން ހުރި ބައެއް މީހުންނަކީ ވެސް މިނިސްޓަރާ އާއިލީ ގޮތުން ގުޅުންހުރި މީހުން ކަމަށެވެ.

އެ މައްސަލައިގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ޑިޖިޓަލް ސްޓެރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހްމަދު ޒިލާލް ސަސްޕެންޑްކޮށް، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން އިއްޔެ ވަނީ ވަކި ވެސް ކޮށްފަ އެވެ. އަދި މިމައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަޙްމަދު ޛިލާލް ގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފިއެވެ.

މިހާދިސާގައި އަނިޔާވި ޔުމްނު އަށް އިންސާފު ހޯދުމަށް ގިނަ ބަޔަކު ދަނީ އެއްވެ އަޑުއުފުލަމުންނެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު