Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރީޝާ އަހުމަދު ފުލުހަށް ހާޒިރުކުރުން

ސަރުކާރުގެ ގޯސް ވާހަކަ ދައްކާ އަޑު އުފުލުމުން ރީޝާ ވެސް ފުލުހަށް ހާޒިރުކޮށްފި

17 މާރިޗު 2025 | ހޯމަ 22:51

ސަރުކާރުގެ ގޯސް ވާހަކަ ދައްކާ އަޑު އުފުލާތީ ބިރު ދެއްކުމުގެ ގޮތުން އެމްޑީޕީގެ މުޒާހަރާތަކުގެ ހަރަކާތްތެރިވާ އަންހެނުން ފުލުހަށް ހާޒިރުކުރަމުންދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 މާރިޗު 2025 | ހޯމަ 22:51
އެމްޑީޕީ އިން ސިލްސިލާކޮށް ސަރުކާރާ ދެކޮޅަށް މާލޭގައި ކުރަމުންދާ މުޒާހަރާގައި އިސްކޮސް ހަރަކާތްތެރިވާ އަންހެން ކަނބަލުންގެ (މ) ރީޝާ ހުއްޓިގެން - 17 މާޗް 2025

އެމްޑީޕީ އިން ސިލްސިލާކޮށް ސަރުކާރާ ދެކޮޅަށް މާލޭގައި ކުރަމުންދާ މުޒާހަރާގައި އިސްކޮސް ހަރަކާތްތެރިވާ އަންހެން ކަނބަލުންގެ (މ) ރީޝާ ހުއްޓިގެން - 17 މާޗް 2025

ސަރުކާރުގެ ގޯސް ވާހަކަ ދައްކާ އަޑު އުފުލާތީ ބިރު ދެއްކުމުގެ ގޮތުން އެމްޑީޕީގެ މުޒާހަރާތަކުގެ ހަރަކާތްތެރިވާ ރީޝާ އަހުމަދު ވެސް ފުލުހަށް ހާޒިރުކޮށްފިއެވެ.

އޭނާ ފުލުހަށް ހާޒިރުކޮށްފައިވަނީ ހޯމަ ދުވަހުގެ ރެއެވެ. މިއީ އެމްޑީޕީން ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން ހާޒިރުކުރި 12 ވަނަ މީހާއެވެ.

Advertisement - newsAdvertisement

ގަލޮޅު ޕޮލިހަށް ހާޒިރުކުރުމުން މީޑިއާއާއި ވާހަކަ ދައްކަމުން ރީޝާ ބުނީ އޭނާ ޕޮލިހަށް ޙާޒިރުކުރި ސަބަބެއް ނޭނގޭ ކަމަށެވެ. އަދި ފުލުހުން ފޮނިވި ޗިޓްގައި ވެސް އެކަމާއި ގުޅޭ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ. ރީޝާ ބުނީ ބޮޑަށް ލަފާކުރެވެނީ ހާޒިރުކުރީ މުޒާހަރާއާއި ގުޅިގެން ކަންކަން ސާފުކުރުމަށް ކަމަށާއި، ފުލުހަށް ހާޒިރުކުރަންޖެހޭ ސަބަބެއް އޮތްކަމަށް ގަބޫލެއް ނުކުރާ ކަމަށެވެ.

ސުލްހަވެރިކަމާއެކު ކުރަމުން އައި މުޒާހަރާއެއް މިއީ މިއަދާ ހަމައަށް. އެހެންވީމަ ފުލުހަށް ހާޒިރުކުރަނީ އަންހެނަކަށް ވީތީ ކަމަށް ބޮޑަށް ބެލެވެނީ. އަޅުގަނޑުމެން ހުއްޓުވަން، ކޮންފިޑެންސް ލޯ ކުރަންވެގެން ހިންގާ ޖަރީމާއެއްކަމަށް ސިފަކުރަނީ.
ރީޝާ އަހުމަދު

ރީޝާގެ ވަކީލު ވިދާޅުވީ އަންހެނަކަށްވީތީ ވަކި ތަފާތުކުރުމެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި ސިޔާސީ މައިދާނުގައި އަންހެނުންނަށްވެސް އެމީހުންގެ ބަސް އިއްވެންޖެހޭނެ ކަމަށާއި، އަންހެން ބޭފުޅުން ޕޮލިހަށް ހާޒިރުކުރުމަކީ އެމީހުން ބިރުގަންނަވާލުމަށް ކުރައްވާ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ރީޝާ ފުލުހަށް ހާޒިރުކުރިތަނުގައި "ވަޅު ކައްޓަފުޅި ދާންޏަކަށް ނުސިހޭނެ!" ޖަހާފައި އިން ޕޯސްޓަރެއް ހިފައިގެން މީހަކު ހުރުމުން ފުލުހުންގެ ތެރެއިން އޮފިސަރަކު ނުކުމެ އެ ލިޔުން ދުރުކުރުމަށް ބުނާ މަންޒަރުވެސް ފެނިގެންދެއެވެ. އަދި އެތަނުގައި މީޑިއާއަށް މައުލޫމާތު ދިނުމަށް ތިބި ފަރާތްތައް އެތަނުން ދިއުމަށް އަންގަމުން ދިޔައެވެ.

އެމްޑީޕީގެ މުޒާހަރާތަކާއި ގުޅިގެން މިހާތަނަށް ހާޒިރުކުރި މީހުންގެ ތެރޭގައި އާއިޝަތް ނަޖުދާ އަލީ، ފާތިމަތު ޝިއުނާ، ހަދީޖާ މުހައްމަދު، މަރިޔަމް ޒުބައިރުގެ އިތުރުން މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ، އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކުގެ އިތުރުންވެސް މުޒާހަރާގައި ބައިވެރިވާ އިތުރު ފަރާތްތައް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

ރީޝާ އަހުމަދުއެމްޑީޕީ މުޒާހަރާފުލުހުން ހާޒިރުކުރުންސަރުކާރުގެ ގޯސް

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

18 މާރިޗު 2025

މީޑިއާތަކަށް އިންޒާރުދެއްވުމަށްފަހު މީޑިއާތަކުގެ ކުރިމައްޗަށް ވަޑައިގަންނަވަން ރައީސް އަށް ކެރިވަޑައިނުގަންނަވާނެ - ރާއީ

18 މާރިޗު 2025
މީޑިއާތަކަށް އިންޒާރުދެއްވުމަށްފަހު މީޑިއާތަކުގެ ކުރިމައްޗަށް ވަޑައިގަންނަވަން ރައީސް އަށް ކެރިވަޑައިނުގަންނަވާނެ - ރާއީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް