Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ އިމާރާތްކުރުން

ޣައްޒާ އަލުން ބިނާ ކުރަން 53 ބިލިއަން ޑޮލަރުގެ ޕްލޭނެއް މިސްރުން ހުށަހަޅައިފި

މި ޕްލޭނުގެ ދަށުން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އޮތީ 3 ބިލިއަން ޑޮލަރު ހޭދަކޮށްގެން ނުރައްކާތެރި ކުނިބުންޏާއި، ފުނޑުވެފައިވާ އިމާރާތްތަކުން ބިން ސާފު ކުރުމާއި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމެވެ.

ރާއްޖެ އެމްވީ | 5 މާރިޗު 2025 | ބުދަ 13:06
އަރަބި ލީގުން ޤާހިރާގައި ބޭއްވި އާދަޔާ ހިލާފު ސަމިޓުގައި ގައުމުތަކުގެ ބައެއް އިސް ވެރިންނާއި ބައެއް ގައުމުތަކުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަަޑައިގެންނެވި - 4 މާޗް 2025

އަރަބި ލީގުން ޤާހިރާގައި ބޭއްވި އާދަޔާ ހިލާފު ސަމިޓުގައި ގައުމުތަކުގެ ބައެއް އިސް ވެރިންނާއި ބައެއް ގައުމުތަކުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަަޑައިގެންނެވި - 4 މާޗް 2025

ޣައްޒާ ގައި އިސްރާއީލުން ހިންގި ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ސަރަޙައްދުތައް އަލުން ބިނާކުރުމަށްޓަކައި މިސްރުން 53 ބިލިއަން ޑޮލަރުގެ ފަސް އަހަރުގެ ތަރައްގީގެ ޕްލޭނެއް ހުށަހަޅައިފިއެވެ.

މި ޕްލޭނަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާ އެމެރިކާގެ ބާރުގެ ދަށަށް ގެނެސް އެތަނުގައި ތިބި ފަލަސްތީނުގެ ރައްޔިތުން އަވަށްޓެރި ގައުމުތަކަށް ބަދަލު ކުރުމަށް ހުށަހެޅި، ގިނަ ފާޑުކިޔުންތަކާ ކުރިމަތިވި ޕްލޭނުގެ ބަދަލުގައި ހުށަހެޅި އޮޕްޝަނެކެވެ.މި ޕްލޭނަށް މަޝްވަރާ ކުރުމަށް އަރަބި ލީގުގެ ޚާއްޞަ ސަމިޓެއް ގާހިރާ ގައި ބޭއްވުނު ވަނީ އަންގާރަ ދުވަހު ބާއްވާފައެވެ. މިސްރުގެ ރައީސް އަބްދުލް ފައްތާޙް އަލް-ސީސީ ވިދާޅުވި ގޮތުގައި މި ޕްލޭނުގެ ސަބަބުން ޣައްޒާގެ ރައްޔިތުން އެމީހުންގެ ބިމުގައި ދެމިތިބުމަށް މަގުފަހިވެގެން ދާނެއެވެ.

މި ޕްލޭނުގެ ދަށުން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އޮތީ 3 ބިލިއަން ޑޮލަރު ހޭދަކޮށްގެން ނުރައްކާތެރި ކުނިބުންޏާއި، ފުނޑުވެފައިވާ އިމާރާތްތަކުން ބިން ސާފު ކުރުމާއި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމެވެ. އޭގެ ފަހުން 2027 އާ ހަމައަށް 20 ބިލިއަން ޑޮލަރު ހޭދަކޮށްގެން އަސާސީ އިންފްރާސްޓްރަކްޗަރ އާއި ދާއިމީ ގެދޮރު އެޅުމުގެ މަސައްކަތް ކުރެވޭނެއެވެ.2030 އާ ހަމައަށް ކުރިއަށްދާނެ އެންމެ ފަހު މަރުހަލާގައި 30 ބިލިއަން ޑޮލަރު ހޭދަކޮށްގެން އިތުރު ގެދޮރާއި، އިންފްރާސްޓްރަކްޗަރ އަދި ވިޔަފާރި ފެސިލިޓީތައް ޤާއިމް ކުރެވޭނެއެވެ. މި ޕްލޭނުގެ އަގަކީ އދ. އިން އަންދާޒާކުރާ ޣައްޒާ އަލުން ބިނާކުރުމަށް ބޭނުންވާ އަދަދާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެއްކަން ފާހަގަ ކުރެވެއެވެ.މި ޕްލޭނަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވަނީ ފުރިހަމަ އަށް ތާއީދު ކުރައްވާކަން ފާޅުކުރައްވާފައެވެ. އަދި ފައިސާ ބެލެހެއްޓުމަށް ބައިނަލްއަޤްވާމީ ފެންވަރުގެ ޓްރަސްޓް ފަންޑެއް ޤާއިމްކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ.

"މި މަސައްކަތައް ފުރިހަމަ އެއްބާރުލުން ދިނުމަށް އދ އޮތީ ތައްޔާރަަށް'" ކަމަށް ގުޓަރެސް ވިދާޅިވިއެވެ.

އޭނާ ވަނީ ޣައްޒާ އޮންނަން ޖެހޭނީ ކުރިމަގުގެ މިނިވަން މުސްތަގިއްލު ފަލަސްތީނު ދައުލަތުގެ ބައެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވެސް ވަނީ މިސްރުގެ ޕްލޭނަށް ތާއީދު ކުރައްވާފައެވެ.

އުރުދުންގެ ރަސްގެފާނު އަބްދުﷲ، އިރާގުގެ ރައީސް އަބްދުލް ލަތީފް ރާޝިދު ވެސް ވަނީ ޕްލޭނަށް ތާއީދު ކުރައްވާ ސަމިޓުގައި ވާހަކަފުޅު ދައްކަވާފައެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017
މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި
14 އެޕްރީލު 2017

"މަދަރ އޮފް އޯލް ބޮމްބްސް" ބޭނުންކުރީ ޓެކްނިކަލް ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށް: އެމެރިކާ

14 އެޕްރީލު 2017
 "މަދަރ އޮފް އޯލް ބޮމްބްސް" ބޭނުންކުރީ ޓެކްނިކަލް ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށް: އެމެރިކާ
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު