Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނު-އިސްރާއީލު ހަމަނުޖެހުން

ބާކީ ރަހީނުން ދޫކޮށްނުލައިފިނަމަ "ހިޔާލައްވެސް ނުގެނެވޭފަދަ" ނަތީޖާތަކެއް ކުރިމަތި ވާނެކަމުގެ އިންޒާރު ނަތަންޔާހޫ ހަމާސް އަށް ދީފި

ހަމާސް އަށް ފިއްތުންތައް އިތުރު ކުރުމަށް އިސްރާއީލުން ވަނީ 'ހެލް ޕްލޭން' ގެ ނަމުގައި ޕްލޭނެއް އެކުލަވާލާފައި

ރާއްޖެ އެމްވީ | 3 މާރިޗު 2025 | ހޯމަ 20:28
އިސްރާއީލުގެ ބޮޑު ވަޒީރު އދ އަށް 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރެއްވި ޒިޔާރަތާ ގުޅިގެން އޭނާ އާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން

އިސްރާއީލުގެ ބޮޑު ވަޒީރު އދ އަށް 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރެއްވި ޒިޔާރަތާ ގުޅިގެން އޭނާ އާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން

ހަމާސް އިން ހައްޔަރު ކޮށްފައިތިބި ބާކީ ރަހީނުން ދޫކޮށްނުލައިފިނަމަ "ހިޔާލައްވެސް ނުގެނެވޭފަދަ" ނަތީޖާތަކެއް ކުރިމަތިވާނެކަމުގެ އިންޒާރު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަމާސްއިން ދެއްވައިފިއެވެ.

އިސްރާއީލުގެ ޕާލިމެންޓުގައި ދެއްކެވި ވާހަކަފުޅުގައި ނެތަންޔާހޫ މިފަދައިން ވިދާޅުވީ، ޣައްޒާގެ ހަނގުރާމަ ހުއްޓުވުމާބެހޭ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ. ނަތަންޔާހޫގެ އިންޒާރު އައި އިރު ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމުގެ ހުރިހާ މަގުތަކެއް އިސްރާއީލުން ވަނީ ބަންދު ކޮށްފައެވެ.

ހަނގުރާމައިގެ ފުރަތަމަ މަރުހަލާގައި، ހަމާސްއިން 25 ދިރިތިބި ރަހީނުންނާއި 8 މަރުވެފައިވާ މީހުންގެ ހަށިގަނޑު އިސްރާއީލާ ހަވާލުކުރިއެވެ. އޭގެ ބަދަލުގައި އިސްރާއީލުން 1،800 އެއްހާ ފަލަސްތީނު މީހުން އިސްރާއީލުގެ ޖަލުތަކުން ދޫކޮށްލިއެވެ.

އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރު ކަން ގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ މުއްދަތު މިދިޔަ ހޮނިހިރު ދުވަހަށް ހަމަވެފައިވާއިރު، ނަތަންޔާހޫ ބޭނުންފުޅުވަނީ އެމެރިކާގެ ސްޕެޝަލް އެންވޮއި ވިޓްކޮފް ސަރަހައްދަށް ވަޑައިގަންނަވަންދެން މަދުވެގެން އެއް ހަފްތާއަށް އެއްބަސްވުމުގެ ފުރތަމަ މަރުހަލާ އިތުރުކުރުމަށެވެ.

ނަތަންޔާހޫ އާ އަރިސް ފަރާތްތަކަށް ހަވާލާދީ ކަން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މެދުވެރިން ބޭނުން ކޮށްގެން ނަތަންޔާހޫ މަސައްކަތް ކުރައްވަނީ ފުރަތަމަ މަރުހަލާ އިތުރު ކުރުމަށް ހަމާސް އަށް ބާރު އެޅުމަށެވެ. އެކަން އެހެން ނުވެއްޖެނަމަ ހަނގުރާމަ އަށް އެނބުރި ދިއުަމަށެވެ.

ކަން އިން ބުނެފައިވާ ގޮތުގައި ހަމާސް އަށް ފިއްތުންތައް އިތުރު ކުރުމަށް އިސްރާއީލުން ވަނީ 'ހެލް ޕްލޭން' ގެ ނަމުގައި ޕްލޭނެއް ޑްރާފްޓް ކޮށްފައެވެ.

މި ޕްލޭންގެ ދަށުން އުތުރު ޣައްޒާގެ ރައްޔިތުން ދެކުނަށް ބަދަލުކުރުމާއި، އެހީ ފޯރުކޮށްދިނުން ހުއްޓުމާއި، ކަރަންޓު ކެނޑުމާއި، ފުރިހަމަ ހަނގުރާމައަކަށް އަނބުރާ ދިއުން ހިމެނޭ ކަމަށް ކަން އިން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2023

ރަހީނުން ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

24 ނޮވެމްބަރު 2023
 ރަހީނުން ބަދަލުކުރުމުގެ މަސައްކަތް ފަށައިފި
22 ނޮވެމްބަރު 2023

ޝިފާ ހޮސްޕިޓަލުގައި ބާކީ ތިބި މީހުން ސަލާމަތްކުރުމަށް އެމްބިއުލާންސްތައް ތައްޔާރު: ފަލަސްތީނު ރެޑް ކްރެސެންޓް

22 ނޮވެމްބަރު 2023
ޝިފާ ހޮސްޕިޓަލުގައި ބާކީ ތިބި މީހުން ސަލާމަތްކުރުމަށް އެމްބިއުލާންސްތައް ތައްޔާރު: ފަލަސްތީނު ރެޑް ކްރެސެންޓް
13 ޖުލައި 2022

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ވާދަކުރެއްވުން، ބާކީ 6 ކެންޑިޑޭޓުން

13 ޖުލައި 2022
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ވާދަކުރެއްވުން، ބާކީ 6 ކެންޑިޑޭޓުން
29 އޯގަސްޓު 2020

ދެކުނު ކޮރެއާގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދާއިރު މިވަގުތު ފަރުވާދިނުމަށް ބާކީ ހުރީ 15 އެނދު

29 އޯގަސްޓު 2020
ދެކުނު ކޮރެއާގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދާއިރު މިވަގުތު ފަރުވާދިނުމަށް ބާކީ ހުރީ 15 އެނދު
20 އޮކްޓޯބަރު 2018

އެފްރިކާގެ ބިލިޔަނަރު މުހައްމަދު ޑިއުޖީ ރަހީނުންގެ އަތްދަށުން ސަލާމަތްވެއްޖެ!

20 އޮކްޓޯބަރު 2018
އެފްރިކާގެ ބިލިޔަނަރު މުހައްމަދު ޑިއުޖީ ރަހީނުންގެ އަތްދަށުން ސަލާމަތްވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު