Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔުކްރެއިން ހަނގުރާމަ

ޔުކްރެއިންގެ ސުލްހައަށް ޕްލޭނެއް އެކުލަވާލަން ޔޫރަޕިއަން ލީޑަރުން އެއްބަސްވެއްޖެ

މިއީ ކުރިމަގުގައި ރަޝިއާ ގެ ހަމަލާ އަކުން ރައްކަތެރި ކަން ހޯދުމަށް ކީވްއަށް ބޭނުންވާ ސެކިއުރިޓީ ގެރެންޓީތައް ވޮޝިންގްޓަނުން ހޯމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ރިޕޯޓުތައް ބުނޭ

ރާއްޖެ އެމްވީ | 3 މާރިޗު 2025 | ހޯމަ 12:26
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސްޓާމަރ އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީ ފަރަންސޭސި ރައީސް މެކްރޮން ޔޫރަޕްގެ ލީޑަރުންގެ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ - މާރޗް 2، 2025

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސްޓާމަރ އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީ ފަރަންސޭސި ރައީސް މެކްރޮން ޔޫރަޕްގެ ލީޑަރުންގެ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ - މާރޗް 2، 2025

އިނގިރޭސި ބޮޑުވަޒީރު ކީރ ސްޓާމަރ އާދީއްތަ ދުވަހު ވިދާޅުވި ގޮތުގައި، ޔުކްރެއިންގެ ސުލްހައިގެ ޕްލޭނެއް އެކުލަވާލައި އެމެރިކާއަށް ހުށަހެޅުމަށް ޔޫރަޕިއަން ލީޑަރުން އެއްބަސްވެއްޖެއެވެ.

މިއީ ކުރިމަގުގައި ރަޝިއާ ގެ ހަމަލާ އަކުން ރައްކަތެރި ކަން ހޯދުމަށް ކީވްއަށް ބޭނުންވާ ސެކިއުރިޓީ ގެރެންޓީތައް ވޮޝިންގްޓަނުން ހޯމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވުލޮޑިމިރ ޒެލެންސްކީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ދެމެދު ހިނގި ޒުވާބަކަށް ފަހު ވޮޝިންގްޓަންގެ ދަތުރު ކުރުކޮށްލުމަށްފަހު، ދެ ދުވަސް ފަހުން ލަންޑަންގައި ބޭއްވުނު ޔުކްރެއިން އާ ބެހޭ ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް ޒެލެންސްކީ ވަޑައިގަތުމުން ޔޫރަޕިއަން ލީޑަރުން ޔޫކްރެއިންގެ ރައީސަށް ހޫނު މަރުހަބާއެއް ވަނީ ވިދާޅުވެފައެވެ.

ސްޓާމަރ ވިދާޅުވި ގޮތުގައި، ޔޫކޭ، ޔުކްރެއިން، ފްރާންސް އަދި އެހެން ބައެއް ގައުމުތަކުން "ކަން ކުރަން ބޭނުންވާ އިއްތިހާދެއް" އުފައްދައި، ސުލްހައިގެ ޕްލޭނެއް އެކުލަވާލައި ޓްރަމްޕަށް ހުށަހަޅާނެއެވެ. މި ޕްލޭނުގެ ތަފްސީލްތައް ހާމަ ނުކުރި ނަމަވެސް، ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ވިދާޅުވި ގޮތުގައި މި ޕްލޭނުގައި އެއް މަސް ދުވަހުގެ މުައްދަތަކަށް ވަގުތީ ވައިގެ މަގުންނާއި ކަނޑުގެ މަގުން ހަމަލާތައް ދިނުން ހުއްޓުން ހިމެނޭނެއެވެ. އެހެން ނަމަވެސް އެއްގަމު މަގުން ދޭ ހަމަލާތައް ޕްލޭންގައި ހިމެނިފައެއް ނުވެއެވެ.

ސަމިޓަށްފަހު ޒެލެންސްކީ ވިދާޅުވި ގޮތުގައި، އޭނާ ލަންޑަނުން ފުރާވަޑައިގަތީ "ޔޫރަޕްގެ ސާފު އެއްބާރުލުމާއެކު" އެވެ. އަދި އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީން ކަމާ އެކުގައެވެ.

ނަމަވެސް، އޭނާ ސާފުކޮށް ވިދާޅުވި ގޮތުގައި ސުލްހައިގެ އެއްބަސްވުމެއްގެ ދަށުން ޔުކްރެއިންގެ އެއްވެސް ސަރަހައްދެއް ރަޝިއާ އަށް ދޫކޮށްނުލާނެއެވެ.

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2020

ޔުކްރެއިންގެ މަތިންދާ ބޯޓެއް ވެއްޓި 22 މީހަކު މަރުވެއްޖެ!

26 ސެޕްޓެމްބަރު 2020
ޔުކްރެއިންގެ މަތިންދާ ބޯޓެއް ވެއްޓި 22 މީހަކު މަރުވެއްޖެ!
14 މެއި 2020

ފެންވަރު ދަށްވުމުގެ ސަބަބުން ޔޫރަޕިއަން ކޮމިޝަނުން ގަތް ދިހަ މިލިއަން މާސްކް ނުބަހާ މަޑު ޖައްސާލަނީ!

14 މެއި 2020
ފެންވަރު ދަށްވުމުގެ ސަބަބުން ޔޫރަޕިއަން ކޮމިޝަނުން ގަތް ދިހަ މިލިއަން މާސްކް ނުބަހާ މަޑު ޖައްސާލަނީ!
11 ފެބުރުއަރީ 2020

ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަންގެ ހާއްސަ ބައްދަލުވުމެއް

11 ފެބުރުއަރީ 2020
ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަންގެ ހާއްސަ ބައްދަލުވުމެއް
20 ޖެނުއަރީ 2019

އެމެރިކާ ސަރުކާރު ހުއްޓުން: ކަންތައްތަކެއް ގުރުބާން ކުރެއްވުމަށްފަހު ޓްރަމްޕްގެ އާ ޕްލޭނެއް

20 ޖެނުއަރީ 2019
އެމެރިކާ ސަރުކާރު ހުއްޓުން: ކަންތައްތަކެއް ގުރުބާން ކުރެއްވުމަށްފަހު ޓްރަމްޕްގެ އާ ޕްލޭނެއް
13 ޑިސެމްބަރު 2018

ޕެރިސް މުއާހަދާ ތަންފީޒުކުރާނެ އޮނިގަނޑު އެކުލަވާލަން ވަގުތު ކުޑަތަން ވަނީ:ގުޓޭރެސް

13 ޑިސެމްބަރު 2018
ޕެރިސް މުއާހަދާ ތަންފީޒުކުރާނެ އޮނިގަނޑު އެކުލަވާލަން ވަގުތު ކުޑަތަން ވަނީ:ގުޓޭރެސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު