Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނު-އިސްރާއީލު ހަމަނުޖެހުން

ޣައްޒާ އާރާސްތު ކުރުމާ ބެހޭ މަޝްވަރާ ތަކަށް އަރަބި ލީޑަރުން ސައުދީ އަށް

އދ. ގެ ފަހުގެ އަންދާޒާ އެއްގައިވާ ގޮތުގައި ޣައްޒާ އަލުން ބިނާކުރުމަށް 53 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ޚަރަދުވާނެއެވެ.

ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2025 | ހުކުރު 11:36
އިސްރާއީލުގެ ހަމަލާތަކުން ފުނޑުފުނޑު ވެފައިވާ ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕްގެ މަންޒަރެއް

އިސްރާއީލުގެ ހަމަލާތަކުން ފުނޑުފުނޑު ވެފައިވާ ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕްގެ މަންޒަރެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޣައްޒާ ސްޓްރިޕް އެމެރިކާގެ ބާރުގެ ދަށަށް ގެނެސް އެތަނުގެ ފަލަސްތީނު ރައްޔިތުން ބާލައި އެހެން ތަންތަނަށް ބަދަލުކުރުމުގެ ރޭވުމާ ދެކޮޅަށް ޣައްޒާ އަލުން އާރާސްތުކުރުމުގެ ޕްލޭނެއްގެ މަޝްވަރާ ތަކަށް އަރަބި ލީޑަރުން ސައޫދީ އަރަބިއްޔާ އަށް ވަޑައިގެންފިއެވެ.

ސައޫދީ ޕްރެސް އެޖެންސީން ބުނާ ގޮތުގައި މިސްރާއި އުރުދުން އަދި ޕާރޝިއަން ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) ގެ 6 މެމްބަރު ޤައުމުން މި "ނުރަސްމީ އުޚުއްވަތްތެރިކަމުގެ ބައްދަލުވުމުގައި" ބައިވެރިވެއެވެ.

ސައޫދީ ސަރުކާރާ ގާތް މަސްދަރަކާ ހަވާލާދީ ހުކުރު ދުވަހު ރިޕޯޓުތައް ބުނެފައިވަނީ އަރަބި ލީޑަރުން "ޓްރަމްޕްގެ ޣައްޒާގެ ޕްލޭނާ ދެކޮޅަށް އެކުލަވާލި އާރާސްތުކުރުމުގެ ޕްލޭން" އާ ބެހޭ ގޮތުން މަޝްވަރާކުރާނެ ކަމަށެވެ.

އެ މަސްދަރުން ބުނެފައިވަނީ ބައްދަލުވުމުގައި "މިސްރުގެ ޕްލޭން" އާ ބެހޭ މަޝްވަރާ ކުރާނެ ކަމަށެވެ.

ސައޫދީ މީޑިއާތަކުން ބުނާ ގޮތުގައި މި ބައްދަލުވުމުން ނިންމާ ނިންމުންތައް މާރޗް 4 ގައި ގާހިރާ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބި ލީގުގެ އާދަޔާ ޚިލާފު ބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭނެއެވެ.

ޓްރަމްޕް ހުށަހަޅުއްވާފައިވަނީ ޣައްޒާގެ ރައްޔިތުން މިސްރާއި އުރުދުން ފަދަ ޤައުމުތަކަށް ބަދަލުކުރަން ޖެހޭނެ ކަމަށެވެ.

ފެބްރުއަރީ 4 ގައި ޓްރަމްޕް ހުށަހަޅާފައިވަނީ އެމެރިކާ ގެ ބާރުގެ ދަށަށް ޣައްޒާ ގެނެސް، އެތަނުގެ ފަލަސްތީނުން އެހެން ތަންތަނަށް ބަދަލުކުރުމަށްފަހު، އެތަން ހުޅަނގު އޭޝިއާގެ "ރިވިއެރާ" އަކަށް ހެދިދާނެ ކަމަށެވެ.

ކައިރޯއިން އަދި އެ ޤައުމުގެ ޕްލޭން އިޢުލާނު ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މިސްރުގެ ކުރީގެ ޑިޕްލޮމެޓް މުޙައްމަދު ހިޖާޒީ ވަނީ އެ ޕްލޭން ތަންފީޒު ކުރަން 3 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތެއް ބޭނުންވާނެ ކަމަށް ވިދާޅުވެ އެ ޕްލޭނެއް ކުރިއަށް ގެންދާނެ ގޮތް ކުރުކޮށް ބަޔާން ކޮށްދެއްވާފައެވެ.

އަރަބި ޑިޕްލޮމެޓެއް ބުނެފައިވަނީ މިސްރުގެ ޕްލޭނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ފައިނޭންސް ކުރާނެ ގޮތް ހޯދުން ކަމަށެވެ.

އިސްރާއީލުން 15 މަސް ދުވަހުގެ މުއްދަތައް ޣައްޒާ ގައި ހިންގި އަނިޔާވެރި ހަނގުރާމައިގައި އިޒްރޭލުން ވަނީ މަދުވެގެން 48,319 ފަލަސްތީނު މީހުން ޝަހީދު ކޮށްލައި މުޅި ޣައްޒާ ސުންނާފަތި ކޮށްލާފައެވެ.

އިޒްރޭލުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާ ވީރާނާ ވެފައިވާއިރު، އދ. ގެ ފަހުގެ އަންދާޒާ އެއްގައިވާ ގޮތުގައި އެތަން އަލުން ބިނާކުރުމަށް 53 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ޚަރަދުވާނެއެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

06 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި
01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
20 މާރިޗު 2017

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

20 މާރިޗު 2017
އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު