Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނު-އިސްރާއީލު ހަމަނުޖެހުން

އިސްރާއީލުން ހުޅަނގު އައްސޭރި ސުންނާފަތި ކުރަނީ

ހުޅަނގު އައްސޭރީ ގައި އިސްރާއީލުން ހިންގަމުންދާ ނުރައްކާތެރި އަސްކަރީ ހަރަކާތްތަކަކީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ ސަރުކާރުގެ ހަރުކަށި ފަރާތްތައް ރުއްސަން ކުރާ ކަމެއް ކަމަށް ފަލަސްތީނުގެ އޮފިޝަލުން ދެކޭ.

ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2025 | ހުކުރު 09:25
ހުޅަނގު އައްސޭރީގެ ތުލްކަރަމް ރެފިއުޖީ ކޭމްޕްގެ ގެދޮރު އިސްރާއީލުގެ ސިފައިން ތަޅާ ސުންނާފަތި ކުރަނީ - ފެބްރުއަރީ 18, 2025

ހުޅަނގު އައްސޭރީގެ ތުލްކަރަމް ރެފިއުޖީ ކޭމްޕްގެ ގެދޮރު އިސްރާއީލުގެ ސިފައިން ތަޅާ ސުންނާފަތި ކުރަނީ - ފެބްރުއަރީ 18, 2025

އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީ (ވެސްޓް ބޭންކު) ގައި އާންމުން ދިރިއުޅޭ ތަންތަން ތަޅާ ސުންނާފަތި ކުރަމުން ދިއުމާއެކު އެތައް ހާސް ފަލަސްތީނު މީހުންގެ ގެދޮރު ގެއްލިއްޖެ އެވެ.

އަންގާރަ ދުވަހު ހިފާފައިވާ ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕެއްގައި ހުރި ދިހަ އަކަށް ވުރެ ގިނަ އެޕާޓްމަންޓް އިމާރާތް އިސްރާއީލު ސިފައިން ތަޅާލައިފިކަމަށް ފަލަސްތީނު އޮފިޝަލަކު ސީއެންއެން އަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.

އިސްރާއީލުން މިހާރު މި ހިންގާ އަސްކަރީ އޮޕަރޭޝަންގެ ސަބަބުން ހުޅަނގު އައްސޭރީގައި ދިރިއުޅޭ މީހުންގެ ތެރެއިން މަދުވެގެން ދިހަ ހާސް މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އޮފިޝަލް ބުނެފައިވެއެވެ.

2023 އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަށް ފަހު، އިސްރާއީލުން ވަނީ ހުޅަނގު އައްސޭރީގައި އުޅޭ ހަތިޔާރު އެޅި ޖަމާއަތްތަކަށް އަމާޒު ކޮށްގެން ކަމަށް ބުނެ، ނުރައްކާތެރި އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ. މީގެ ތެރޭގައި އެއްގަމު މަގުން ހިންގާ އަސްކަރީ ހަރަކާތްތަކުގެ އިތުރުން ވައިގެ ހަމަލާތައްފަދަ ހަރުކަށި އަމަލުތައް ދަނީ ހިންގަމުންނެވެ.

އިސްރާއީލު ޑިފެންސް ފޯސަސް އިން ހުޅަނގު އައްސޭރީގެ އުތުރުގައި ހިންގަމުންދާ ނުރައްކާތެރި އޮފަރޭޝަނަށް އެމީހުން ދީފައިވާ ނަމަކީ "އޮޕަރޭޝަން އަޔަން ވޯލް" އެވެ.

މި އޮޕަރޭޝަނަކީ އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ފާއިތުވި މަހު ވިދާޅުވި ގޮތުގައި "ޣައްޒާގައި ހުއްޓުމެއް ނެތި ދެވުނު ހަމަލާތަކުން ލިބުނު ފިލާވަޅުތައް" ސީދާ ތަންފީޒުކުރުމަށް ކުރެވޭ ކަމެކެވެ.

އިސްރާއީލުން ޣައްޒާގައި ހިންގި ހަނގުރާމައިގައި، އދ. އިން ބުނާ ގޮތުގައި ޣައްޒާގެ ގާތްގަނޑަކަށް 90 އިންސައްތަ ގެދޮރު ވަނީ ހަލާކުވެފައެވެ.

އދ. އިން ބުނާ ގޮތުގައި ހުޅަނގު އައްސޭރީގެ އުތުރުގައި ހިންގި އޮޕަރޭޝަނުގެ ސަބަބުން މަދުވެގެން 40،000 ފަލަސްތީނު މީހުން ވަނީ ގެދޮރުން ނެރެވިފައެވެ.

ހުޅަނގު އައްސޭރީގެ ތުލްކަރަމްގެ ގަވަރުނަރު އަބްދުﷲ ކާމިލް ބުދަ ދުވަހު ސީއެންއެން އަށް ވިދާޅުވި ގޮތުގައި އަންގާރަ ދުވަހު ތަޅާލި އިމާރާތްތަކުގެ އެކި ފްލޯރ ތަކުގައި އާންމުންގެ އެތައް އާއިލާތަކެއް އައީ ދިރިއުޅެމުންނެވެ.

"އިސްރާއީލު ސިފައިން މިކަން ކުރަނީ ސަލާމަތާއި، ޓެރަރިޒަމާ ދެކޮޅެކޮޅަށް ހަނގުރާމަކުރުމުގެ ނަމުގައި،" އޭނާ ވިދާޅުވިއެވެ. އެހެން އިސްރާއީލުން ބުނި ކަމުގައި ވިޔަސް އޭނާ ވިދާޅުވީ މިއީ "ހަމައެކަނި ސިޔާސީ" އޮޕަރޭޝަނެއް ކަމަށެވެ. މިއީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ ސަރުކާރުގެ ހަރުކަށި ފަރާތްތައް ރުއްސަން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅަނގު އައްސޭރީގައި، ޣައިރު ގާނޫނީ ގޮތުން ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ޒިންމާ އުފުލާ ފަރާތް ކަމުގައިވާ އިސްރާއީލުގެ ހަރުކަށި ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ނޮވެމްބަރު މަހު ވަނީ ޔަހޫދީން ވަޒަންވެރި ކުރުވާފައިވާ ސަރަހައްދު އިސްރާއީލާ އެއްކޮއްލުމަށް ތައްޔާރީތައް ފެށުމަށް އަމުރުކޮށްފައެވެ. އޭނާ ހާމަ ކުރި ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިންތިޚާބީ ކާމިޔާބީ އަކީ "އިސްރާއީލު ދައުލަތަށް މުހިންމު ފުރުޞަތެއް ލިބޭނެ" ކަމެއް ކަމަށެވެ.

ފަލަސްތީނުން އަބަދުވެސް ބުނަމުން އައިސްފައިވަނީ ވެސްޓް ބޭންކާއި، ޣައްޒާ އާއި، ހިފައިފައިވާ އިރުމަތީ ޖެރޫސަލަމް، މުސްތަގުބަލުގައި އުފަންވާ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ބައެއްގެ ގޮތުގައި ހިމެނެން ޖެހޭނެ ކަމަށެވެ. އެތަންތަނުގައި އިމާރާތް ކޮށްފައިވާ ޔަހޫދީ ގެދޮރަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ޣައިރު ޤާނޫނީ ކަމެއްގެ ގޮތުގައި މުޅިން ދުނިޔެއިން ކަހަކަ ގޮތަކަށް އަންނަނީ ބުނަމުންނެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

15 މާރިޗު 2017
ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
13 ފެބުރުއަރީ 2017

ޓްރަމްޕާ ދެކޮޅަށް މެކްސިކޯގައި މުޒާހަރާ ކުރަނީ

13 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް މެކްސިކޯގައި މުޒާހަރާ ކުރަނީ
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު