Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ހަމާސްއިން ޣައްޒާގައި މަރުވެފައިވާ އިސްރާއީލުގެ ރަހީނުން ޙަވާލުކޮށްފި

ހަމާސް އިން ބުނެފައިވަނީ އެމީހުން ދިރި ދުނިޔޭގައި ބޭއްތިބުމަށް، އެމީހުންނަށް ކުޅަދާނަވީ މިންވަރަކުން މަސައްކަތް ކުރި ނަމަވެސް، "އެމީހުންގެ [އިސްރާއީލުގެ] ސިފައިން އެމީހުންނާއި އެމީހުން ބަލަހައްޓަން ތިބި މީހުން މަރާލި" ކަމަށެވެ.

ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2025 | ބުރާސްފަތި 15:56
ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސް ގައި މަރުވެފައިވާ ރަހީނުންގެ ސަންދޯއް ފަލަސްތީނުގެ ހަނގުރާމަވެރިން އުފުލަނީ - ފެބްރުއަރީ 20, 2025

ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސް ގައި މަރުވެފައިވާ ރަހީނުންގެ ސަންދޯއް ފަލަސްތީނުގެ ހަނގުރާމަވެރިން އުފުލަނީ - ފެބްރުއަރީ 20, 2025

7 އޮކްޓޯބަރު 2023 ގައި ހަމާސް އިން އިސްރާއީލަށް ދިން ޙަމަލާގައި ދިރިތިއްބާ ރަހީނުކޮށްގެން ގެންދިޔަ މީހުންގެ ތެރެއިން މަރުވެފައިވާ ހަތަރު ރަހީނުންގެ ހަށިގަނޑު އިސްރާއީލަށް ހަވާލު ކޮށްފިއެވެ.

މިއީ ފާއިތުވި މަހު ހަނގުރާމަ ހުއްޓާލުމަށްފަހު ޙަމާސްއިން މަރުވެފައިވާ ރަހީނުން ރައްދުކުރި ފުރަތަމަ ފަހަރެވެ.

ޙަމާސްއިން ބުނާ ގޮތުގައި މި ހަށިތަކަކީ ބީބާސް އާއިލާގެ އަންހެނަކާއި އޭނާގެ ދެ ކުދިންގެ ހަށިގަނޑެވެ. އޭގެ އިތުރުން ހިމެނެނީ 84 އަހަރުގެ މީހެއްގެ ހަށިގަނޑެވެ.

އިސްރާއީލުން ބުނާ ގޮތުގައި ފޮރެންސިކް ތަޙްލީލުތަކަށްފަހު އެމީހުންގެ އައިޑެންޓިތީ ކަށަވަރުކުރާނެއެވެ.

ބުރާސްފަތި ދުވަހު މި ހަށިތައް ރެޑްކްރޮސް (އައި.ސީ.އާރު.ސީ) އަށް ހަވާލުކުރީ ދެކުނު ޣައްޒާގެ ޚާން ޔޫނިސްގައެވެ.

ފަލަސްތީނު ޖަމާޢަތުގެ ތަރުޖަމާނެއް ބުނީ މި ހަތަރު މީހުން ވެސް ދިރި ތިއްބާ، "ޒަޔަނިސްޓު އިސްތިއުމާރީ މަތިންދާބޯޓު ތަކުން ގަސްދުގައި އެމީހުން ބަންދުކޮށްފައި ތިބި ތަންތަނަށް ބޮންއެޅި" އެވެ.

ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމީހުން ދިރި ދުނިޔޭގައި ބޭއްތިބުމަށް، އެމީހުންނަށް ކުޅަދާނަވީ މިންވަރަކުން އެހީތެރިވެދީ، "އިންސާނިއްޔަތު ކަމާއެކު މުޢާމަލާތްކުރި" ނަމަވެސް، "އެމީހުންގެ [އިސްރާއީލުގެ] ސިފައިން އެމީހުންނާއި އެމީހުން ބަލަހައްޓަން ތިބި މީހުން މަރާލި" ކަމަށެވެ.

މަރުވި މީހުންގެ އާއިލާތަކާ މުޚާޠަބުކޮށް ހަމާސްގެ ހަނގުރާމަވެރިން ބުނެފައިވަނީ: "އަހަރެމެން އެދުނީ ކަލޭމެންގެ ދަރިން ކަލޭމެންނާ ހަމައަށް ދިރިތިބެގެން އައުމަށް، އެކަމަކު ކަލޭމެންގެ ސިފައިންނާއި ސަރުކާރުގެ ވެރިން އިޚްތިޔާރު ކުރީ އެމީހުން އަނބުރާ ގެނައުމުގެ ބަދަލުގައި މަރާލުމަށެ"ވެ.

މި ހަށިތައް ދޫކޮށްލީ ހަމާސް އާއި އިސްރާއީލާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ޖަލުތަކުގައި ތިބި އެތައް ސަތޭކަ ފަލަސްތީނު މީހުން ދޫކޮށްލެވޭނެއެވެ. މީގެ ތެރޭގައި އެއްވެސް ދަޢުވާއެއް ނުވަތަ ޝަރީޢަތެއް ނުކޮށް ބަންދުކޮށްފައި ތިބި އެތައް ބަޔަކު ހިމެނެއެވެ.

ފަލަސްތީނު ޖަމާޢަތަކުން ބުނެފައިވާ ގޮތުގައި އިސްރާއީލުން މަދުވެގެން މަރުވެފައިވާ 665 ފަލަސްތީނު މީހުންގެ ހަށިގަނޑު ހިފަހައްޓާފައިވެއެވެ. މީގެ ތެރޭގައި 1960 އަދި 1970 ގެ އަހަރުތަކުގައި މަރުވެފައިވާ އެތައް ބައެއްގެ ހަށިގަނޑު ހިމެނެއެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2018

އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ އަހަރެއްހާ ދުވަހުގެ ތެރޭ ގުދުސް އަށް ބަދަލު ކުރެވޭނެ: އިސްރާއީލުގެ ބޮޑުވަޒީރު

18 ޖެނުއަރީ 2018
އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ އަހަރެއްހާ ދުވަހުގެ ތެރޭ ގުދުސް އަށް ބަދަލު ކުރެވޭނެ: އިސްރާއީލުގެ ބޮޑުވަޒީރު
26 ޑިސެމްބަރު 2017

ކަޝްމީރުގެ އިންޑިއާ އާ ވީ ފަޅިން ދިން ހަމަލާތަކެއްގައި ޕާކިސްތާނުގެ ތިން ސިފައިން މަރުވެފައިވާ ކަމަށް އެގައުމުން ބުނެފި

26 ޑިސެމްބަރު 2017
ކަޝްމީރުގެ އިންޑިއާ އާ ވީ ފަޅިން ދިން ހަމަލާތަކެއްގައި ޕާކިސްތާނުގެ ތިން ސިފައިން މަރުވެފައިވާ ކަމަށް އެގައުމުން ބުނެފި
04 ޑިސެމްބަރު 2017

އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ބަލައިގަތުމަކީ ނުރައްކާތެރި ކަމެއް: އުރުދުން

04 ޑިސެމްބަރު 2017
އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ބަލައިގަތުމަކީ ނުރައްކާތެރި ކަމެއް: އުރުދުން
02 ޑިސެމްބަރު 2017

އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް ޓްރަމްޕް ނިންމަވަނީ

02 ޑިސެމްބަރު 2017
އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް ޓްރަމްޕް ނިންމަވަނީ
19 ނޮވެމްބަރު 2017

އިސްރާއީލުގެ ޖަރީމާތައް ތަހުޤީޤްކުރަން ގޮވާލުމުން ފަލަސްތީނުގެ އޮފީސް ބަންދުކުރާނެކަމުގެ އިންޒާރު ދީފި

19 ނޮވެމްބަރު 2017
އިސްރާއީލުގެ ޖަރީމާތައް ތަހުޤީޤްކުރަން ގޮވާލުމުން ފަލަސްތީނުގެ އޮފީސް ބަންދުކުރާނެކަމުގެ އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު