Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަތިންދާބޯޓު އެކްސިޑެންޓް

ޓޮރޮންޓޯގެ އެއަރޕޯޓުގައި ޖައްސަން އުޅުނު މަތިންދާބޯޓެއް އެކޮޅުކޮޅުން ޖެހި ނުރައްކާތެރި ހާދިސާ އެއް ހިނގައިފި

މި ނުރައްކާތެރި ހާދިސާ ގައި ބޯޓުން ދަތުރުކުރި އެންމެން ވަނީ ސަލާމަތްވެފައި.

ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2025 | އަންގާރަ 12:27
ކެނެޑާގެ ޓޮރޮންޓޯގެ ޕިއާސަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސަން އުޅުނު ބޯޓު އެކްސިޑެންޓަށް ފަހު ބައިތައް ވަކިވެފައި - ފެބްރުއަރީ 17، 2025

ކެނެޑާގެ ޓޮރޮންޓޯގެ ޕިއާސަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސަން އުޅުނު ބޯޓު އެކްސިޑެންޓަށް ފަހު ބައިތައް ވަކިވެފައި - ފެބްރުއަރީ 17، 2025

ޓޮރޮންޓޯގެ ޕިއަރސަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސަން އުޅުނު މަތިންދާ ބޯޓެއް ކައްސާލައިގެން ގޮސް މަތަ ނުވެ، ބޯޓު އެކޮޅުކޮޅުން ޖެހި ނުރައްކާތެރި ހާދިސާ އެއް ހިނގައިފިއެވެ.

މި ނުރައްކާތެރި ޙާދިސާގައި ބޯޓުން ދަތުރުކުރި 80 މީހުން ސަލާމަތްވި ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

މިނިއަޕޮލިސްއިން ދަތުރުކުރި ޑެލްޓާ އެއަރ ލައިންސްގެ މި ބޯޓު ރަންވޭގައި ކައްސާލައިގެން މަތަނުވެ ދިއުމުގެ ތެރޭގައި ބޯޓުގައި ރޯވެފައިވާ މަންޒަރު ވަނީ ފެނިފައެވެ. ބޯޓު ހުއްޓުމަކަށް އައީ އެކޮޅުކޮޅުން ޖެހުމާއެކު ގައެވެ. ބޯޓު މަތަވިއިރު އޭގެ ބައެއް ބައިތައް ވަނީ ވަކިވެފައެވެ.

ހާދިސާ ގައި 18 މީހުންނަށް އަނިޔާވި ނަމަވެސް، ބޮޑަށް އަނިޔާވެފައިވަނީ މަދު އަދަދެއްގެ މީހުންނަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި ހާދިސާ ހިނގި ސަބަބު ބަލަމުންދާ ކަމަށް ތަޙުޤީޤުކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

16 އަހަރު ވެފައިވާ، ކެނެޑާގެ ބޮމްބާޑިއަރ ކުންފުނިން އުފައްދާފައިވާ ސީއާރްޖޭ-900 މަރުކާގެ މި މަތިންދާބޯޓުގައި 76 ފަސިންޖަރުންނާއި 4 ކުރޫ މެންބަރުން ތިބިއެވެ.

22 ފަސިންޖަރުންނަކީ ކެނެޑާ ރައްޔިތުން ކަމަށާއި ދެންތިބީ އެކި ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށް މިސް ފްލިންޓް ވިދާޅުވިއެވެ.

ކެނެޑާގެ ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން (ޓީއެސްބީ) ބުނެފައިވަނީ "މަޢުލޫމާތު އެއްކޮށް ހާދިސާ ތަހުގީގު ކުރުމުގެ" މަސައްކަތް ކުރަމުންދާ ކަމަށެވެ.

ތަޙުޤީޤަށްޓަކައި ދެ ރަންވޭ އެތައް ދުވަހަކަށް ބަންދުކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޕިއަރސަން އިންޓަރނޭޝަނަލް އެއަރޕޯޓްޑެލްޓާ އެއަރ ލައިންސްބޮމްބާޑިއަރ ކުންފުނިކެނެޑާގެ ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުމަތިންދާ ބޯޓު ކާރިސާ

އިތުރަށް ކިޔާލަން

12 ޖުލައި 2025

އެއަރ އިންޑިއާ ބޯޓު ވެއްޓުން - "އިންޖީނުން ތެޔޮ ކަނޑާލީ ކީއްވެ" - ޕައިލެޓް

12 ޖުލައި 2025
އެއަރ އިންޑިއާ ބޯޓު ވެއްޓުން - "އިންޖީނުން ތެޔޮ ކަނޑާލީ ކީއްވެ" - ޕައިލެޓް
23 ޖޫން 2017

މައްކާގެ ހަރަމްފުޅު ސަރަހައްދަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ސައުދީ ސިފައިން ނާކާމިޔާބު ކޮށްލައިފި

23 ޖޫން 2017
މައްކާގެ ހަރަމްފުޅު ސަރަހައްދަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ސައުދީ ސިފައިން ނާކާމިޔާބު ކޮށްލައިފި
21 ޖޫން 2017

ބެލްޖިއަމްގެ ރޭލު ސްޓޭޝަނެއްގައި ޖާނުންފިދާ ވެގެން ބޮމުގެ ހަަމަލާ ދޭން އުޅުނު މީހަކު ފުލުހުން މަރާލައިފި

21 ޖޫން 2017
ބެލްޖިއަމްގެ ރޭލު ސްޓޭޝަނެއްގައި ޖާނުންފިދާ ވެގެން ބޮމުގެ ހަަމަލާ ދޭން އުޅުނު މީހަކު ފުލުހުން މަރާލައިފި
21 މެއި 2017

އަންހެނަކު ރޭޕްކުރަން އުޅުނު ފިރިހެނެއްގެ ކުރިމަތިފަރާތް އެއަންހެން މީހާ ބުރިކޮށްލައިފި

21 މެއި 2017
އަންހެނަކު ރޭޕްކުރަން އުޅުނު ފިރިހެނެއްގެ ކުރިމަތިފަރާތް އެއަންހެން މީހާ ބުރިކޮށްލައިފި
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު