Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-މިސްރު ގުޅުން

ޣައްޒާގެ ރައްޔިތުން ބަދަލުކުރުމުގެ މައްސަލަ އެޖެންޑާގައި ހިމެނޭނަމަ މިޞްރުގެ ސީސީ ވައިޓް ހައުސްގެ އެއްވެސް މަޝްވަރާއެއްގައި ބައިވެރިވެވަޑައި ނުގަންނަވާނެ

ފެބްރުއަރީ 1 ވަނަ ދުވަހު ޓްރަމްޕާއި ސީސީ އާ ދެމެދު ކުރެވުނު ފޯނު ކޯލެއްގައި، އެމެރިކާގެ ރައީސް ވަނީ ސީސީ އަށް ވައިޓް ހައުސަށް ޒިޔާރަތްކުރެއްވުމަށް ހުޅުވާލެވިފައިވާ ދަޢުވަތެއް ދެއްވާފައިކަމަށް މިޞްރުގެ ރިޔާސީ ގަނޑުވަރުން ކުރިން ބުނެފައިވޭ

ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2025 | ބުދަ 17:29
2017 އޭޕްރީލް 3 ވަނަ ދުވަހު ވައިޓް ހައުސް ގައި ރައީސް ޓްރަމްޕް އާއި ސީސީ ބައްދަލު ކުރައްވަނީ

2017 އޭޕްރީލް 3 ވަނަ ދުވަހު ވައިޓް ހައުސް ގައި ރައީސް ޓްރަމްޕް އާއި ސީސީ ބައްދަލު ކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ޣައްޒާގެ ފަލަސްޠީނު ރައްޔިތުން އެހެން ތަނަކަށް ބަދަލުކުރުމުގެ ޕްލޭން އެޖެންޑާގައި ހިމެނޭނަމަ، ވޮޝިންގްޓަނަށް ވަޑައިގެން ވައިޓް ހައުސްގައި ބޭއްވޭ މަޝްވަރާތަކުގައި މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އައް-ސީސީ، ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް މިޞްރުގެ ސެކިއުރިޓީގެ ދެ މަސްދަރަކުން ބުނެފި ކަމަށް އަލް-އަރަބިއްޔާ އިން ރިޕޯޓު ކޮށްފިއެވެ.

ފެބްރުއަރީ 1 ވަނަ ދުވަހު ޓްރަމްޕާއި ސީސީ އާ ދެމެދު ކުރެވުނު ފޯނު ކޯލެއްގައި، އެމެރިކާގެ ރައީސް ވަނީ ސީސީ އަށް ވައިޓް ހައުސަށް ޒިޔާރަތްކުރެއްވުމަށް ހުޅުވާލެވިފައިވާ ދަޢުވަތެއް ދެއްވާފައިކަމަށް މިޞްރުގެ ރިޔާސީ ގަނޑުވަރުން ކުރިން ބުނެފައިވެއެވެ. އެމެރިކާގެ އޮފިޝަލަކު ބުނިގޮތުގައި މިފަދަ ޒިޔާރަތަކަށް އަދި އެއްވެސް ތާރީޚެއް ކަނޑައެޅިފައެއް ނުވެއެވެ.

ޓްރަމްޕް ވަނީ ޣައްޒާ ސްޓްރިޕްގެ 2 މިލިއަނަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން އެތަނުން ދާއިމީކޮށް ނެރެ، ޣައްޒާގެ ކޮންޓްރޯލް އެމެރިކާގެ ބާރުގެ ދަށަށް ގެނެސް، އެތަން "މެދުއިރުމަތީގެ ރިވިއެރާ" އަށް ބަދަލުކުރުމުގެ ޕްލޭނެއްގެ ވާހަކަފުޅު ދައްކަވާ ޢަރަބި ދުނިޔެ ރުޅިއަރުވާލާފައެވެ.

ޣައްޒާ އިން ބޭރުކުރެވޭ ފަލަސްޠީނު މީހުން ބަލައިގަތުމަށް މިޞްރާއި އުރުދުން އަށް އޭނާ ގެންދަވަނީ ބާރުއަޅުއްވަމުންނެވެ.

އަންގާރަ ދުވަހު އުރުދުނުގެ ރަސްގެފާނު ޢަބްދުﷲ ވައިޓް ހައުސަށް ކުރެއްވި ޒިޔާރަތުގައި ޓްރަމްޕް ވަނީ މި ޕްލޭނާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެމެރިކާގެ އެންމެ ބޮޑު އަސްކަރީ އެހީ ލިބޭ ޤައުމުތަކުގެ ތެރޭގައި ހިމެނޭ މިޞްރަކީ ޣައްޒާ ސްޓްރިޕް އާ ސަރަޙައްދީ ބޯޑަރު ހިއްސާކުރާ ޤައުމެކެވެ. ސީސީ އެތައް ފަހަރަކު ވިދާޅުވެފައި ވަނީ މިޞްރުން ދުވަހަކު ވެސް ގިނަ އަދަދެއްގެ ފަލަސްޠީނު ރައްޔިތުން ބޯޑަރު ހުރަސްކޮށް އެ ގައުމަށް ބަދަލުކުރުމުގައި ބައިވެރި ނުވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
16 ފެބުރުއަރީ 2017

ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު

16 ފެބުރުއަރީ 2017
ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު