Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނު

ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުންނާ ދެކޮޅަށް ޖަރީމާތައް ހިންގާ ހައްދުފަހަނަ އެޅި ޔަހޫދީންނަށް އެެމެރިކާ އިން އަޅާފައިވާ ފިޔަވަޅުތައް ޓްރަމްޕް އުވާލައިފި

ހައްދުފަހަނަ އެޅި ޔަހޫދީންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އެމެރިކާގައި ހުރި އެފަރާތްތަކުގެ އެސެޓްތައް ހިފެހެއްޓުމާއި، އާންމު ގޮތެއްގައި އެމެރިކާގެ ރައްޔިތުން އެފަރާތްތަކާ މުޢާމަލާތް ކުރުން ވަނީ މަނާކޮށްފައެވެ.

ރާއްޖެ އެމްވީ | 21 ޖެނުއަރީ 2025 | އަންގާރަ 16:05
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލު ވަޒަންވެރިންގެ ހަމަލާއެއްގައި ހަލާކުވެފައިވާ ދެ ކާރުގެ ކައިރީގައި މީހަކު ހުއްޓިގެން

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލު ވަޒަންވެރިންގެ ހަމަލާއެއްގައި ހަލާކުވެފައިވާ ދެ ކާރުގެ ކައިރީގައި މީހަކު ހުއްޓިގެން

އިސްރާއީލުން ގަދަކަމުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީންގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޖަރީމާތަކުގައި ބައިވެރިވާ ހައްދުފަހަނަ އެޅި ޔަހޫދީ ފަރާތްތަކާ ދެކޮޅަށް އެމެރިކާ ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުވާލައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު އެ ފިޔަވަޅުތައް އުވާލެއްވީ އެގްޒެކެޓިވް އޯޑަރަކުންނެވެ. ކުރީގެ ރައީސް ބައިޑެންގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އުވާލިކަން ހާމަކުރީ ވައިޓް ހައުސްގެ ވެބްސައިޓް ގައެވެ.

ޓްރަމްޕްގެ މި ނިންމުމާއެކު ކުރީގެ ރައީސް ޖޯ ބައިޑެންގެ އިދާރާއިން ހުޅަނގު އައްސޭރީގައި ވަޒަންވެރިވެގެން އުޅޭ ހައްދުފަހަނަ އެޅި ޔަހޫދީ ފަރުދުންނާއި ޖަމާޢަތްތަކުގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތައް އުވާލެވޭނެއެވެ. މި ފިޔަވަޅުތަކުގެ ދަށުން އެމެރިކާގައި ހުރި އެފަރާތްތަކުގެ އެސެޓްތައް ހިފެހެއްޓުމާއި، އާންމު ގޮތެއްގައި އެމެރިކާގެ ރައްޔިތުން އެފަރާތްތަކާ މުޢާމަލާތް ކުރުން ވަނީ މަނާކޮށްފައެވެ.

ދުނިޔޭގެ ސަމާލުކަން ޣައްޒާގެ ހަނގުރާމައަށް އަމާޒުވެފައިވާއިރު، ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ވަޒަންވެރިން ފަލަސްތީނުގެ މީހުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް އިތުރުވަމުން ދިޔުމާއި، ފަލަސްތީނުން ހިފާފައިވާ ބިންތަކުގެ ބޭރުންވެސް އިތުރު ސަރަހައްދުތައް އިސްރާއީލުން ހިފަމުން ގެންދިއުމުގެ ކަންބޮޑުވުން އިސްރާއީލުގެ ހުޅަނގުގެ ބައެއް އެކުވެރިން ފާޅުކޮށްފައިވެއެވެ.

އެމެރިކާއިން ފިޔަވަޅު އަޅާފައިވަނީ، ޔަހޫދީ ވަޒަންވެރިންގެ އަމަލުތަކުގެ ސަބަބުން އިސްރާއީލާއި ފަލަސްތީނުގެ ގެ މެދުގައި ދެ ދައުލަތުގެ ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތައް ހުރަސް އެޅޭތީ ކަމަށް ބުނެއެވެ. އަދި ގަވައިދާ ޚިލާފަށް ވަޒަންވެރިވެފައިވާ ފަރާތްތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހުއްޓުމެއްނެތި ހިންގާ ޖަރީމާތައް ހުއްޓުވުމަށް އިސްރާއީލުގެ ސަރުކާރު ނުކުޅެދިފައިވާ ކަމަށް ބުނެއެވެ.

1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައި، އިސްރާއީލުން ވަނީ އުރުދުން ކޯރުން ފެށިގެން ހުޅަނގު އައްސޭރި ހިސޯރުކޮށްފައެވެ. މިއީ ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ މައި ބިމުގެ ގޮތުގައި އޮންނަން ބޭނުންވާ ސަރަޙައްދެކެވެ. އިސްރާއީލުން ވަނީ އެ ސަރަޙައްދުގައި ޔަހޫދީ އާބާދީތައް ޤާއިމުކޮށްފައެވެ. ގިނަ ޤައުމުތަކުން މިއީ ޣައިރު ޤާނޫނީ ކަމެއް ކަމަށް ބުނަމުން ދިޔަ ނަމަވެސް އިސްރާއީލުން ތަރީޚީ އަދި ދީނީ އެކި ބަހަނާ ދައްކާ އެ ސަރަހައްދަށް ވަނީ ގަދަކަމުން ވެރިވެގަނެފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު