Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލުން ހަމަލާތައް ކުރިއަށް ގެންދާ ނަމަ ރަހީނުން ސަންދޯކުގައި ހަވާލުކުރަން ޖެހިދާނެ: އަލް-ޤުދުސް ބްރިގޭޑްސް

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިއުލާނުކުރި ފަހުން އިސްރާއީލުގެ ސިފައިން މަދުވެގެން 122 ފަލަސްތީނު މީހުން ޝަހީދުކޮށް އަދި 270 މީހުންން ޒަޚަމް ކޮށްލާފައިވެއެވެ.

ރާއްޖެ އެމްވީ | 19 ޖެނުއަރީ 2025 | އާދީއްތަ 03:35
އިސްރާއީލުން ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށްފަހު ޖަބަލިއާ އަށް ދިން އާ ހަމަލާއަކުން ފަލަސްތީނުގެ އިމާރާތެއް ހަލާކުވެފައިވާ މަންޒަރު

އިސްރާއީލުން ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށްފަހު ޖަބަލިއާ އަށް ދިން އާ ހަމަލާއަކުން ފަލަސްތީނުގެ އިމާރާތެއް ހަލާކުވެފައިވާ މަންޒަރު

އިސްރާއީލުން ޣައްޒާ އަށް ދޭ ހަމަލާތައް ކުރިއަށް ގެންދާ ނަމަ ރަހީނުން ހަވާލު ކުރަން ޖެހޭނީ ސަންދޯކުގައި ކަމަށް އިސްލާމިކް ޖިހާދު ހަރަކާތުގެ އަސްކަރީ ގޮފި ކަމުގައިވާ އަލް-ޤުދުސް ބްރިގޭޑްސް އިން ބުނެފިއެވެ.

އަލް-ޤުދުސް ބްރިގޭޑްސް އިން ރަހީނުންގެ އާއިލާތަކަށް ގޮވާލާފައިވަނީ "މިހާރު ހައްޔަރުކޮށްފައި ތިބި މީހުންގެ ކަންތައް އޮތީ ހަމައެކަނި އިސްރާއީލުގެ ސިފައިންގެ އަތްމަތީގައި" ކަމަށާއި، ވައިގެ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލު ސަރުކާރަށް ފިއްތުންތައް އިތުރު ކުރުމަށެވެ.

އިސްލާމިކް ޖިހާދުން އިންޒާރުދީފައި ވަނީ ޣައްޒާ އަށް ދެމުންދާ ހަމަލާތައް ކުރިއަށް ދާނަމަ އިސްރާއީލުގެ ހައްޔަރުކުރެވިފައިވާ މީހުން އެނބުރި އަންނާނީ ސަންދޯކުގައި ކަމަށެވެ.

ހުސްވި ހަފްތާގެ ބުދަ ދުވަހު އިއުލާނު ކުރެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށޭނީ އާދީއްތަ ދުވަހު ހެނދުނު 8:30 ގައެވެ.

ޤަތަރުގައިވި މި އެއްބަސްވުމުގެ ދަށުން، ފުރަތަމަ މަރުހަލާގައި 33 އިސްރާއީލީ ރަހީނުން ދޫކޮށްލުމަށް ހަމަޖެހިފައި ވާއިރު އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި 730 ށް ވުރެ ގިނަ ފަލަސްތީނު މީހުން ދޫކޮށްލެވޭނެ ކަމަށް ބެލެވެއެވެ.

42 ދުވަހަށް ދެމިގެންދާނެ ފުރަތަމަ މަރުހަލާ ނިމޭއިރު، 65 ރަހީނުން އަދިވެސް ޣައްޒާގައި ތިބޭނެއެވެ. އެމީހުން ދޫކޮށްލުމާ ބެހޭގޮތުން މަޝްވަރާ ކުރަން ފެށޭނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފަށާތާ 16 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެ ތެރެއިން ބައެއް މީހުން މަރުވެފައި ވުން އެކަށީގެންވެއެވެ.

ހައްޔަރުކުރެވިފައިވާ މީހުންގެ އާއިލާތަކުގެ ކޮމިޓީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމީހުންގެ ގާތްތިމާގެ މީހުން ދޫކޮށްލުމަށް ވަގުތުން އަމަލުކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަށް ގޮވާލާފައިވާ ކަމަށެވެ.

ނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފެށުމަށް މަދު ގަޑިއިރުތަކަކަށް ވަގުތު ކުޑަތަންވި އިރުވެސް، އިސްރާއީލުގެ ސިފައިން "އަދިވެސް ހުއްޓުމެއްނެތި ޣައްޒާއަށް ބޮންއަޅަމުން" ގެންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެއްބަސްވުން އިއުލާނުކުރި ފަހުން އިސްރާއީލުގެ ސިފައިން މަދުވެގެން 122 މީހުން ޝަހީދުކޮށް އަދި 270 މީހުންން ޒަޚަމް ކޮށްލާފައިވެއެވެ.

އާދިއްތަ ދުވަހު ޣައްޒާގައި ތިބި ތިން އަންހެން ރަހީނުން ދޫކޮށްލެވޭނެ ކަމަށް އެމެރިކާގެ ދެ އޮފިޝަލަކު ބުނެފައިވެއެވެ.                   

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ
11 މާރިޗު 2017

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން
03 މާރިޗު 2017

އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް

03 މާރިޗު 2017
އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު