Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ދިވެހި ސަރުކާރުން އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން ނުކެރި އޮއްވާ ޣައްޒާ ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެ

އިސްރާއީލާއި ހަމާސްއިން އާދީއްތަ ދުވަހުން ފެށިގެން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޤަތަރުގެ ބޮޑުވަޒީރު ބުދަ ދުވަހު ވަނީ އިއުލާނު ކުރައްވާފައެވެ.

ރާއްޖެ އެމްވީ | 15 ޖެނުއަރީ 2025 | ބުދަ 19:24
ޚާން ޔޫނިސްގައި ފަލަސްތީނުގެ ރައްޔިތުން އުފާ ފާޅު ކުރަނީ

ޚާން ޔޫނިސްގައި ފަލަސްތީނުގެ ރައްޔިތުން އުފާ ފާޅު ކުރަނީ

ދިވެހި ސަރުކާރުން އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން ނުކެރި އޮއްވާ ޣައްޒާ ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެއެވެ.

އިސްރާއީލާއި ހަމާސްއިން އާދީއްތަ ދުވަހުން ފެށިގެން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޤަތަރުގެ ބޮޑުވަޒީރު ބުދަ ދުވަހު ވަނީ އިއުލާނު ކުރައްވާފައެވެ.

މި އެއްބަސްވުމުން ޣައްޒާގައި ހިނގަމުންދާ 15 މަސްދުވަހުގެ ނުރައްކާތެރި ހަނގުރާމަ ނިމުމަކަށް އަންނާނެއެވެ.

ޤަތަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން ބިން ޖާސިމް އާލް ޘާނީ ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން އިސްރާއީލުގެ ރަހީނުން ދޫކޮށްލެވި، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރުވެގެންދާނެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިކަން އިއުލާނު ކުރިއިރު ބުދަ ދުވަހު، އިސްރާއީލުގެ ބާރުތަކުން ޣައްޒާއަށް ދެމުންދިޔަ ހަމަލާތައް އިތުރުކޮށް، ވަގުތީ ހިޔާވެހީގެ ގޮތުގައި ބޭނުން ކުރާ ސްކޫލަކަށާއި އަދި ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ހުރި ގިނަ ގެތަކަކަށް ބޮންއެޅިއެވެ.  

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަދުވެގެން 62 މީހުން ޝަހީދުވެފައިވެއެވެ.

7 އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 46،707 ފަލަސްތީނު މީހުން ޝަހީދުވެ، 110،265 މީހުން ޒަޚަމްވެފައިވެއެވެ.

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2017

މިޔަންމާ ސަރުކާރުން އދ ގެ އިންސާނީ އެހީއަށް ހުރަސްއަޅައިފި!

04 ސެޕްޓެމްބަރު 2017
މިޔަންމާ ސަރުކާރުން އދ ގެ އިންސާނީ އެހީއަށް ހުރަސްއަޅައިފި!
07 ޖޫން 2017

ގަތަރުގެ ޕާސްޕޯޓުގައި ޔޫއޭއީގައި ޓްރާންސިޓްވެސް ނުކުރެވޭނެ، ދަތުރެއްވެސް ނުކުރެވޭނެ: އިއްތިހާދު އެއަރވޭޒް

07 ޖޫން 2017
ގަތަރުގެ ޕާސްޕޯޓުގައި ޔޫއޭއީގައި ޓްރާންސިޓްވެސް ނުކުރެވޭނެ، ދަތުރެއްވެސް ނުކުރެވޭނެ: އިއްތިހާދު އެއަރވޭޒް
17 މެއި 2017

ސީރިޔާ ސަރުކާރުން އިންސާނުން އަންދާ ކަމަށް އެމެރިކާ އިން ކުރާ ތުހުމަތު ދޮގުކޮށްފި

17 މެއި 2017
ސީރިޔާ ސަރުކާރުން އިންސާނުން އަންދާ ކަމަށް އެމެރިކާ އިން ކުރާ ތުހުމަތު ދޮގުކޮށްފި
16 މެއި 2017

ބައްޝާރުގެ ސަރުކާރުން އިންސާނުން އަންދާ ކަމަށް އެމެރިކާއިން ތުހުމަތުކޮށްފި

16 މެއި 2017
ބައްޝާރުގެ ސަރުކާރުން އިންސާނުން އަންދާ ކަމަށް އެމެރިކާއިން ތުހުމަތުކޮށްފި
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު