Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލުން ޣައްޒާ އަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި

ބުދަ ދުވަހުގެ ފަތިހުން ފެށިގެން މަދުވެގެން 24 މީހުން ވަނީ ޝަހީދުކޮށްލާފައި.

ރާއްޖެ އެމްވީ | 15 ޖެނުއަރީ 2025 | ބުދަ 09:19
14 ޖެނުއަރީ 2025 - އިސްރާއީލުން ގެދޮރު ގެއްލިފައިވާ މީހުންގެ ވަގުތީ ޓެންޓުތަކަށް ދިން ހަމަލާގެ ސަބަބުން މަރުވި މީހުންގެ ހަށިތައް ޣައްޒާގެ ދީރުލްބާލާހުގައި ހުންނަ އަލް އަގްސާ ޝަހީދުންގެ ހޮސްޕިޓަލަށް ގެ

އިސްރާއީލުގެ ބާރުތަކުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އިތުރުކޮށް ވަރުގަދަކޮށްފިއެވެ.

ބުދަ ދުވަހު އިސްރާއީލުން ވަނީ ވަގުތީ ހިޔާވެއްސެއްގެ ގޮތުގައި ބޭނުން ކުރާ ސްކޫލް އިމާރާތަކަށާއި ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހުރި ގިނަ ގެތަކަކަށް ބޮން އަޅާފައެވެ.

ބުދަ ދުވަހުގެ ފަތިހުން ފެށިގެން މަދުވެގެން 24 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ޣައްޒާ ގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށް މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު އަދާކުރާ ފަރާތްތަކުން ބުނި ނަމަވެސް ހަމަލާތައް ދަނީ ކުރިއަށެވެ.

މި މަހުގެ 20 ގައި ދައުރު ނިންމަވާލައްވާ އެމެރިކާގެ ރައީސް ޖޯ ބައިޑަން އަދި މިސްރުގެ ރައީސް އަބްދުލް ފައްތާހް އައް ސީސީ ވަނީ އިސްރާއީލާއި ހަމާސް އަށް އެއްބަސްވުމަކަށް އަވަހަށް އައުމަށް ގޮވާލައްވާފައެވެ. 

އެތައް ހާސް މީހުން އިސްރާއީލުގެ ތެލްއަވީވްގެ މަގުތަކަށް އެއްވެ، ޣައްޒާގައި ހިފަހައްޓާފައިވާ އިސްރާއީލު މީހުން ދޫކޮށްލުމަށް އެއްބަސްވުމަކަށް އައުމަށް އިސްރާއީލު ސަރުކާރަށް ވަނީ ގޮވާލާފައެވެ. އަނެއްކޮޅުން، އެތައް ސަތޭކަ ހައްދުފަހަނަ އެޅި ޔަހޫދީން ވަނީ ޖެރޫސަލަމްގައި މާރޗްކޮށް، ހަނގުރާމަ ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ. 

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކުގެ ސަބަބުން، 7 އޮކްޓޯބަރު 2023 އިން ފެށިގެން މަދުވެގެން 46،645 ފަލަސްޠީނު މީހުން ވަނީ ޝަހީދުވެފައެވެ. އަދި 110،012 މީހުން ވަނީ ޒަޚަމްވެފައެވެ.

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2017

އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި

31 އޮކްޓޯބަރު 2017
އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި
25 ސެޕްޓެމްބަރު 2017

ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!

25 ސެޕްޓެމްބަރު 2017
ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!
05 ސެޕްޓެމްބަރު 2017

ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

05 ސެޕްޓެމްބަރު 2017
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި
07 އޯގަސްޓު 2017

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

07 އޯގަސްޓު 2017
އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި
18 ޖޫން 2017

ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ

18 ޖޫން 2017
ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު