Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލުން ގާނޫނާ ޚިލާފަށް ހިންގާ ޖަރީމާތައް އިތުރު އަހަރަކަށް ގެންދަން ފުރުސަތު ދީގެން ނުވާނެ: އޯއެޗްސީއެޗްއާރު

ހިފާފައިވާ ފަލަސްޠީނު ބިންތަކުގައި 15 މަސްދުވަހުގެ މުއްދަތަކަށް ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނިއްޔަތުގެ ޤާނޫނާ އިސްރާއީލުން ވަނީ ޚިލާފުވެފައި.

ރާއްޖެ އެމްވީ | 9 ޖެނުއަރީ 2025 | ބުރާސްފަތި 09:21
ޖެނުއަރީ 9، 2025 - ޣައްޒާގެ ދީރުލް ބާލާހުގައި އިސްރާއީލުން ދިން ހަމަލާއެއްގައި ހަލާކުވި އިމާރާތެއްގެ ތެރޭގައި ފަލަސްތީނުގެ ތުއްތު އަންހެން ކުއްޖަކު ހުއްޓިގެން

ޖެނުއަރީ 9، 2025 - ޣައްޒާގެ ދީރުލް ބާލާހުގައި އިސްރާއީލުން ދިން ހަމަލާއެއްގައި ހަލާކުވި އިމާރާތެއްގެ ތެރޭގައި ފަލަސްތީނުގެ ތުއްތު އަންހެން ކުއްޖަކު ހުއްޓިގެން

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިފާފައިވާ ބިންތަކުގައި ހިންގަމުންދާ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ވުމުގެ އަމަލުތައް އިތުރު އަހަރަކަށް ކުރިއަށް ގެންދަން ފުރުސަތު ދީގެން ނުވާނެ ކަމަށް އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީސް (އޯއެޗްސީއެޗްއާރު) އިން ބުނެފިއެވެ.

އިޒްރޭލުގެ ސިފައިންވަނީ މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން އަންހެނުންނާ ކުޑަކުދިން ހިމެނޭ ގޮތައް މަދުވެގެން 332 ފަލަސްޠީނު މީހުން މަރާލާފައި ކަމަށާއި، އޭގެ އިތުރުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅަމުންދާ ކަން އެ އޮފީހުން ފާހަގަ ކޮށްފައިވެއެވެ.

އަދި އިޒްރޭލުގެ ބާރުތަކުން އެހީ ފޯރުކޮށްދިނުމުގައި މަސައްކަތް ކުރާ މީހުންނަށާއި ޣައްޒާގެ މަދަނީ ފުލުހުންނަށް ހަމަލާދެމުންދާކަން ފާހަގަކޮށް، މި ހަފްތާގެ ކުރީކޮޅު ވޯލްޑް ފުޑް ޕްރޮގްރާމުގެ އެހީގެ ޤާފިލާއަކަށް ދިން ބަޑީގެ ހަމަލާ އާއި އަމާން ސަރަހައްދެއްގެ ގޮތުގައި އިސްރޭލުން ކަނޑައަޅާފައިވާ އަލް-މަވާސީ ގައި ފަލަސްތީނުގެ ފުލުހުންގެ އެންމެ އިސް ދެ ވެރިން މަރާލިކަން ފާހަގަ ކޮށްފައިވެއެވެ.

އަދި ހިފާފައިވާ ހުޅަނގު އައްސޭރީގައި އަނިޔާވެރިކަން ކުރިއަށް ގެންދާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

އިސްރާއީލުގެ ބާރުތަކުން ހުޅަނގު އައްސޭރީ ގައި ކޮންމެ ދުވަހަކު ހިންގާ ރެއިޑްތަކުގައި ނުވަ ފަލަސްތީނު މީހުން މަރާލާފައިވާ ކަމަށާއި އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭކަން ވަނީ އެ އޮފީހުން ފާހަގަ ކޮށްފައެވެ. އަދި ގަވައިދާ ޚިލާފަށް ވަޒަންވެރިވެގެން އުޅޭ ޔަހޫދީން އެ ސަރަހައްދުގެ ފަލަސްތީނު މީހުންގެ ތަންތާނގައި ހުޅު ޖަހާއި ގެއްލުންދީ ހަދާފައި ވަކާމަށް ވެސް ވަނީ ބުނެފައެވެ.

ހިފާފައިވާ ފަލަސްޠީނު ބިންތަކުގައި 15 މަސްދުވަހުގެ މުއްދަތަކަށް ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނިއްޔަތުގެ ޤާނޫނާ ޚިލާފުވުންތަކަށް (އިސްރާއީލަށް) އަދަބު ނުލިބި އިތުރު އަހަރަކަށް އެކަން ދެމިގެންދާން ފުރުސަތު ދީގެން ނުވާނެއެވެ،" އެ އޮފީހުން ބުނެފައިވެއެވެ. "މި ޒިންމާ އުފުލަންޖެހެނީ މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުންނެވެ. ޚާއްޞަކޮށް ނުފޫޒާއި ބާރު އޮތް ޤައުމުތަކުންނެވެ."

އަނެއްކޮޅުން އިސްރާއީލުގެ ބާރުތަކުން ފާއިތުވެ ދިޔަ ދުވަހު ޣައްޒާ ސްޓްރިޕްގެ އެކި ކަންކޮޅުތަކުގައި މަދުވެގެން 50 ފަލަސްޠީނު މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ސިއްހީ މަސްދަރުތަކުން މީޑީއާ އަށް ހާމާ ކޮށްފައިވެއެވެ.

އެއާ އެކު އެ ސަރަޙައްދުގެ އަލް އަޤްޞާ ހޮސްޕިޓަލާއި، ނާޞިރު ހޮސްޕިޓަލާއި އަދި ޔޫރަޕިއަން ހޮސްޕިޓަލް ތެލަށް ޖެހި، އެތަންތަން ވަރަށް އަވަހަށް ބަންދު ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައިވެއެވެ

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި 2023 އޮކްޓޯބަރ 7 ން ފެށިގެން މަދުވެގެން 45,936 ފަލަސްޠީނު މީހުން ޝަހީދު ކޮށްލައި، 109,274 މީހުން ޒަޚަމްކޮށްލާފައިވެއެވެ.

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2017

ރޮހިންޖާއާ ދެކޮޅަށް ހިންގާ ގަތުލުއާއްމު ހައްދުފަހަނަ އަޅާފަ، އެންމެ ފަހުން ސޫކީ އަނގައިން ބުނެފި!

06 ސެޕްޓެމްބަރު 2017
ރޮހިންޖާއާ ދެކޮޅަށް ހިންގާ ގަތުލުއާއްމު ހައްދުފަހަނަ އަޅާފަ، އެންމެ ފަހުން ސޫކީ އަނގައިން ބުނެފި!
02 ސެޕްޓެމްބަރު 2017

މިޔަންމާގެ ރެފިއުޖީންނަށް އދން ހިންގާ ކާނާގެ ޕްރޮގްރާމް ހުއްޓާލައިފި

02 ސެޕްޓެމްބަރު 2017
މިޔަންމާގެ ރެފިއުޖީންނަށް އދން ހިންގާ ކާނާގެ ޕްރޮގްރާމް ހުއްޓާލައިފި
07 އޯގަސްޓު 2017

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

07 އޯގަސްޓު 2017
އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި
11 ޖުލައި 2017

ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި

11 ޖުލައި 2017
ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި
02 މެއި 2017

ޑުޓާޓެއަށް ޓްރަމްޕް ދައުވަތު ދެއްވީ އުސޫލުތަކާ ޚިލާފަށް

02 މެއި 2017
ޑުޓާޓެއަށް ޓްރަމްޕް ދައުވަތު ދެއްވީ އުސޫލުތަކާ ޚިލާފަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު