Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫރިއާ ގެ މަސްރަހް

ސޫރިއާގެ ފޮރިން މިނިސްޓަރު ޔޫއޭއީ، ޤަޠަރު އަދި އުރުދުން އަށް 'ގުޅުން ބަދަހިކުރުމަށް' ދަތުރު ކުރައްވަނީ

ސަޢޫދީ ޢަރަބިއްޔާއިން މިހާރުވެސް ސޫރިއާ އާރާސްތު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. މިދިޔަ ހަފްތާގައި، އައް-ޝައިބާނީ އިސްވެ ހުންނަވައިގެން އައު ދިފާޢީ ވަޒީރާއި އިންޓެލިޖެންސް ވެރިޔާ ހިމެނޭ މަތީ ފަންތީގެ ވަފުދެއް ސައުދީ އަރަބިއްޔާގެ ވެރިރަށަށް ވަނީ ޒިޔާރަތް ކުރައްވާ މަޝްވަރާ ތައް ކުރައްވާފައެވެ

ރާއްޖެ އެމްވީ | 4 ޖެނުއަރީ 2025 | ހޮނިހިރު 11:49
 ޖެނުއަރީ 2، 2025-  ސޫރިއާގެ އައު ފޮރިން މިނިސްޓަރު އަސަދު ހަސަން އަލް ޝައިބާނީ (ކ) ސައުދީ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދުއާ ސައުދީ އަރަބިއްޔާގެ ރިޔާދުގައި ބައްދަލު ކުރައ

ޖެނުއަރީ 2، 2025- ސޫރިއާގެ އައު ފޮރިން މިނިސްޓަރު އަސަދު ހަސަން އަލް ޝައިބާނީ (ކ) ސައުދީ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދުއާ ސައުދީ އަރަބިއްޔާގެ ރިޔާދުގައި ބައްދަލު ކުރައ

ސޫރިއާގެ ފޮރިން މިނިސްޓަރު އަސަދު ހަސަން އައް-ޝައިބާނީ މިދިޔަ ހަފްތާގައި ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ފުރަތަމަ ރަސްމީ ބޭރު ދަތުރުފުޅަށްފަހު، ވިދާޅުވެފައިވަނީ އޭނާ ޤަޠަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި އުރުދުން އަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށެވެ.

ސޫރިއާގެ އައު ސަރުކާރުގެ އެންމެ އިސް ޑިޕްލޮމެޓް ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާ މި ތިން ޤައުމަށް މި ހަފްތާގައި ކުރައްވާ ދަތުރުފުޅަކީ ސޫރިއާގެ "ހަމަޖެހުމާއި، ސަލާމަތްތެރިކަމާއި، އިޤްތިޞާދު އިއާދަ ކުރުމާއި އަދި ގުޅުންތައް ބަދަހިކުރުމަށް" ކަމަށެވެ.

އަލް-އަސަދު ގެ ޢާއިލީ ވެރިކަން މިދިޔަ މަހު ކުއްލިއަކަށް ނިމުމަކަށް ގެނައި ހަނގުރާމަވެރިންގެ މައްޗަށް އެކުލެވޭ އައު ސަރުކާރުން ބޭނުންވަނީ ޤައުމުގެ އަސާސީ ވަސީލަތްތައް އަލުން ބިނާކޮށް އިޤްތިޞާދު ކުރިއެރުވުމަށް މުއްސަނދި ގަލްފު ޤައުމުތަކުން އިންވެސްޓްމަންޓް ހޯދުމަށެވެ.

ސަޢޫދީ އަރަބިއްޔާގެ ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ވަފުދެއް ހުކުރު ދުވަހު ދިމިޝްޤަށް ދަތުރުކޮށް، ސޫރިއާގެ ޞިއްޙަތާ ބެހޭ ވަޒީރު މާހިރު އައް-ޝަރާ އާ ބައްދަލުކޮށް އިންސާނީ އަދި ސިއްޙީ ރޮނގުން އެއްބާރުލުމާ ބެހޭގޮތުން މަޝްވަރާކުރި ކަމަށް ސޫރިއާ ގެ ސަރުކާރުގެ ނޫސް އޭޖެންސީ ސަނާ އިން ބުނެފައިވެއެވެ.

ސަޢޫދީ ވަފުދުން ސޫރިއާ އަށް ޒިޔާރަތް ކުރީ އަހުމަދު އައް-ޝަރާޢާ ގެ އައު ސަރުކާރުން 13 އަހަރުގެ ހަނގުރާމައެއްގެ ސަބަބުން ފުނޑުފުނޑުވެފައިވާ އަދި ކޮރަޕްޝަނާއި އާއިލީ ވެރިކަމުގެ ސަބަބުން ހަލާކުވެފައިވާ އެ ގައުމުގެ ޞިއްޙީ ނިޒާމު އާރާސްތުކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.

ހުކުރު ދުވަހު، އައް-ޝަރާޢާ އާއި ލުބުނާނުގެ ވަގުތީ ބޮޑުވަޒީރު ނަޖީބު މީކާތީ ފޯނުން މަޝްވަރާ ކުރައްވާ، ލުބުނާނުގެ ސިފައިންނާއި ސޫރިއާގެ ހަނގުރާމަވެރިންނާ ދެމެދު ހިނގި ހަމަލާތަކެއްގައި ލުބުނާނުގެ 5 ސިފައިންނަށް އަނިޔާވުމާ ގުޅިގެން، 375 ކިލޯމީޓަރު (233 މޭލު) ދިގު ސަރަހައްދީ ބޯޑަރުގައި އަމާންކަން ޤާއިމުކުރުމަށް އެއްބަސްވެވަޑައިގަތެވެ.

މީކާތީގެ އޮފީހުން ނެރުނު ބަޔާނެއްގައި އައް-ޝަރާޢާ ވިދާޅުވިކަމަށް ބުނެފައިވަނީ ސޫރިއާ އިން "ބޯޑަރުގައި އަމާންކަން އަލުން ޤާއިމުކުރުމަށާއި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްފައިވާ" ކަމަށެވެ.

ހަޔާތު ތަހްރީރު އައް-ޝާމް (އެޗްޓީއެސް) ގްރޫޕްގެ ވެރިޔާ އައް-ޝަރާޢާ ވަނީ މީކާތީ ދިމިޝްގަށް ވަޑައިގެން ދެ ޤައުމުގެ މަޞްލަޙަތުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ދަޢުވަތު ދެއްވާފައެވެ.

ސަޢޫދީ ޢަރަބިއްޔާއިން މިހާރުވެސް ސޫރިއާ އާރާސްތު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. މިދިޔަ ހަފްތާގައި، އައް-ޝައިބާނީ އިސްވެ ހުންނަވައިގެން އައު ދިފާޢީ ވަޒީރާއި އިންޓެލިޖެންސް ވެރިޔާ ހިމެނޭ މަތީ ފަންތީގެ ވަފުދެއް ސައުދީ އަރަބިއްޔާގެ ވެރިރަށަށް ވަނީ ޒިޔާރަތް ކުރައްވާ މަޝްވަރާ ތައް ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ

08 ޖޫން 2017
ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ
08 ޖޫން 2017

ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި

08 ޖޫން 2017
ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި
07 ޖޫން 2017

ގަތަރުގެ ޕާސްޕޯޓުގައި ޔޫއޭއީގައި ޓްރާންސިޓްވެސް ނުކުރެވޭނެ، ދަތުރެއްވެސް ނުކުރެވޭނެ: އިއްތިހާދު އެއަރވޭޒް

07 ޖޫން 2017
ގަތަރުގެ ޕާސްޕޯޓުގައި ޔޫއޭއީގައި ޓްރާންސިޓްވެސް ނުކުރެވޭނެ، ދަތުރެއްވެސް ނުކުރެވޭނެ: އިއްތިހާދު އެއަރވޭޒް
24 މެއި 2017

އީޔޫގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ތައުރީފް ކުރައްވައިފި

24 މެއި 2017
އީޔޫގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ތައުރީފް ކުރައްވައިފި
07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު