Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ފަލަސްތީނަށް ތާއީދުކޮށް އިސްތަންބޫލްގެ މަގުމައްޗަށް އެތައް ހާސް މީހުން އެއްވެއްޖެ

މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން "މީހުން މަރާ އިސްރާއީލު ޖަވާބުދާރީ ކުރެވޭނެ" ފަދަ އިބާރާތްތައް ގޮވަމުން، ތުރުކީ އަދި އިނގިރޭސި ބަހުން "ޣައްޒާގައި ނަސްލު ފޮހެލުން ހުއްޓާލާ" މިހެން ލިޔެފައިވާ ބޮޑު ބެނަރެއް އުފުލާފައިވެއެވެ. އަދި ތުރުކީގެ ދިދަ އާއި ފަލަސްޠީނުގެ ދިދަވެސް އުފުލާފައިވެއެވެ.

ރާއްޖެ އެމްވީ | 2 ޖެނުއަރީ 2025 | ބުރާސްފަތި 06:21
އިސްތަންބޫލުގެ މަގުމައްޗަށް އެތައް ހާސް މީހުން އެއްވެ ފަލަސްތީނަށް ތާއީދުކޮށް ޝުއޫރު ފާޅު ކޮށްފައިވޭ

އިސްތަންބޫލުގެ މަގުމައްޗަށް އެތައް ހާސް މީހުން އެއްވެ ފަލަސްތީނަށް ތާއީދުކޮށް ޝުއޫރު ފާޅު ކޮށްފައިވޭ

ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލައި، ފަލަސްތީނަށް ތާއީދުކޮށް ބުދަ ދުވަހު އިސްތަންބޫލުގެ މަގުތަކަށް އެތައް ހާސް މީހުން ޖަމާވެ އަޑު އުފުލައިފިއެވެ.

ތުރުކީގެ އަނަދޫލޫ ނިއުސް އޭޖެންސީން ބުނެފައިވާ ގޮތުގައި، މި އެއްވުމުގެ ބައިވެރިން ވަނީ ފަތިސް ނަމާދަށްފަހު، ތުރުކީގެ ދިދަ އާއި ފަލަސްޠީނުގެ ދިދަ ހިފައިގެން މަގުމަތީގައި ޝުއޫރު ފާޅު ކުރަމުން ހިނގާލުމެއް ބާއްވާފައެވެ.

މި ހަރަކާތް އިންތިޒާމުކޮށްފައިވަނީ 308 އެންޖީއޯ އެއް ހިމެނޭ އިއްތިހާދެއްކަމަށްވާ "ނެޝަނަލް ވިލް ޕްލެޓްފޯމް" އިންނެވެ.

މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންދާ މަރުގެ އަނިޔާވެރިކަން ނިމުމަކަށް އައުމަށް އެދި ދުޢާކުރުމަށްފަހު، ހިނގަމުންދާ އަނިޔާވެރިކަމާ ދެކޮޅަށް ބައިނަލްއަޤްވާމީ ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.

މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން "މީހުން މަރާ އިސްރާއީލު ޖަވާބުދާރީ ކުރެވޭނެ" ފަދަ އިބާރާތްތައް ގޮވަމުން، ތުރުކީ އަދި އިނގިރޭސި ބަހުން "ޣައްޒާގައި ނަސްލު ފޮހެލުން ހުއްޓާލާ" މިހެން ލިޔެފައިވާ ބޮޑު ބެނަރެއް އުފުލާފައިވެއެވެ. އަދި ތުރުކީގެ ދިދަ އާއި ފަލަސްޠީނުގެ ދިދަވެސް އުފުލާފައިވެއެވެ.

އިސްރާއީލުން ގެންދަނީ 20234 އޮކްޓޯބަރު 7 އިން ފެށިގެން ވަރަށް އަނިޔާވެރި ހަނގުރާމަ އެއް ޣައްޒާ ގައި ހިންގަމުންނެވެ. މި ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 45,541 ފަލަސްޠީނު މީހުން ޝަހީދު ކޮށްލައި، 108,338 ށް ވުރެ ގިނަ މީހުން ޒަޚަމް ކޮށްލާފައިވެއެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
09 އެޕްރީލު 2017

ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް

09 އެޕްރީލު 2017
ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު