Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހޫތީން އިސްރާއީލަށް ހަމަލާދިނުން

ޔަމަނުގެ ހޫތީން އިސްރާއީލަށް މިސައިލް ހަމަލާ އެއް ދީފި

ހޫތީން ބުނެފައިވަނީ އެމެރިކާގެ ޔޫއެސްއެސް ހެރީ އެސް. ޓްރޫމަން އުޅަނދަށް ވެސް ހަމަލާދީފައިވާ ކަމަށެވެ.

ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2024 | އަންގާރަ 10:39
ހޫތީ އިން އާންމުކުރި މަންޒަރެއްގައި ދައްކުވައިދެނީ އިސްރާއީލަށް އަމާޒުކޮށް މިސައިލެއް ފޮނުވާލާ މަންޒަރު ކަމަށް ބުނެފައިވެއެވެ

ހޫތީ އިން އާންމުކުރި މަންޒަރެއްގައި ދައްކުވައިދެނީ އިސްރާއީލަށް އަމާޒުކޮށް މިސައިލެއް ފޮނުވާލާ މަންޒަރު ކަމަށް ބުނެފައިވެއެވެ

ޔަމަނުން ފޮނުވާލި މިސައިލަކަށް ހުރަސް އެޅި ކަމަށް އިސްރާއީލުގެ ސިފައިން ހާމަ ކުރިތާ ގަޑިއިރުތަކެއްގެ ފަހުން، ޔަމަނުގެ ހޫތީން އިސްރާއީލަށް ދެ މިސައިލް ހަމަލާ ދިން ކަމަށް އަންގާރަ ދުވަހު ބުނެފިއެވެ.

"ފުރަތަމަ (ހަމަލާ) އަމާޒުކުރެވުނީ ތެލްއަވީވްގެ ބެން ގުރިއަން އެއަރޕޯޓަށް" އަދި ދެވަނަ މިސައިލް ފޮނުވާލީ ޖެރޫސަލަމްގެ ދެކުނުގައިވާ ކަރަންޓު އުފައްދާ މަރުކަޒަކަށް ކަމަށް ހޫތީންގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވެއެވެ.

ހޫތީން އިތުރަށް ބުނެފައިވަނީ އެމެރިކާގެ ޔޫއެސްއެސް ހެރީ އެސް. ޓްރޫމަން އުޅަނދަށް ހަމަލާދީފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާގެ ސިފައިންގެ ފަރާތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ހޯމަ ދުވަހު އިސްރާއީލުގެ ސިފައިން ބުނެފައިވަނީ ޔަމަނުން ދޫކޮށްލި މިސައިލެއް އިސްރާއީލުގެ ސަރަޙައްދަށް ވަނުމުގެ ކުރިން ވައިގެތެރޭގައި ހަލާކުކޮށްލި ކަމަށެވެ.

ޔަމަނުގެ ގިނަ ސަރަޙައްދުތަކެއް ކޮންޓްރޯލްކުރާ ހޫތީން، އިސްރާއީލަށާއި ރަތް ކަނޑާއި އަދަން ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރަށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުން ގެންދަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގައި ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވުމުގެ ގޮތުން ކަމަށް ބުނެފައިވެއެވެ.

ފާއިތުވި ހަފްތާގައި، އިސްރާއީލުގެ ފައިޓަރ ޖެޓްތަކުން ޔަމަނަށް ދިން ހަމަލާއެއްގައި ސަނާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި 4 މީހުން މަރުވެފައިވެއެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު