Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އަލް-ވަފާ ހޮސްޕިޓަލަށް އިސްރާއީލުން ހަމަލާ ދީ 7 ފަލަސްތީނު މީހުން ޝަހީދު ކޮށްލައިފި

އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތުތަކުން ފެށިގެން ޣައްޒާގެ އެކި ސަރަޙައްދުތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި 13 މީހުން ވަނީ ޝަހީދުވެފައި.

ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2024 | އާދީއްތަ 14:07
2024 ޑިސެމްބަރ 25 ގައި ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލުގެ ގޯތިތެރެ އާއި ވަށައިގެންވާ ޢިމާރާތްތަކަށް އިސްރާއީލުން ދިން ހަމަލާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ މަންޒަރެއް

2024 ޑިސެމްބަރ 25 ގައި ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލުގެ ގޯތިތެރެ އާއި ވަށައިގެންވާ ޢިމާރާތްތަކަށް އިސްރާއީލުން ދިން ހަމަލާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ މަންޒަރެއް

ޣައްޒާ ސިޓީގެ މެދުތެރޭގައި ހުންނަ އަލް-ވަފާ ހޮސްޕިޓަލަށް އިސްރާއީލުން އާދިއްތަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން 7 ފަލަސްތީނު މީހުން ޝަހީދުވެއްޖެއެވެ.

ހަމަލާގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ނުރައްކާތެރި ހާލަތުގައި ބައެއް މީހުން ތިބި ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތުތަކުން ފެށިގެން ޣައްޒާގެ އެކި ސަރަޙައްދުތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި 13 މީހުން ޝަހީދުވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.

އަލް-ވަފާ ހޮސްޕިޓަލުގައި ޝަހީދުވި 7 މީހުންނަކީ ކަނޑައެޅިގެން ބަލިމީހުން ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ އޮފިޝަލުން ވަނީ ހާމަ ކޮށްފައެވެ. މި ހޮސްޕިޓަލަކީ އުމުރުން ދުވަސް ވީ މީހުންނަށް ފަރުވާ ދޭ ހޮސްޕިޓަލެކެވެ. އިސްރާއީލުން ޣައްޒާ ގައި ހަނގުރާމަ ފެށި ފަހުން، އެ ހޮސްޕިޓަލުން ވަނީ ދިގު މުއްދަތުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ފަރުވާ ދިނުމުގެ އިތުރުން، ރީހެބިލިޓޭޝަން ސެންޓަރެއްގެ ގޮތުގައި ޚިދުމަތް ދޭން ފަށާފައެވެ.

އިސްރާއީލުން ގެންދަނީ ޣައްޒާގެ ސިއްހީ ނިޒާމު ހަލާކު ކޮށްލުމަށް ހޮސްޕިޓަލް ތަކަށާއި ސިއްހީ އޮފިޝަލުންނަށް އަމާޒު ކޮށް އެތައް ހަމަލާ އެއް ދެމުންނެވެ. ޣައްޒާގެ ޞިއްޙަތާބެހޭ މިނިސްޓްރީން ބުނާ ގޮތުގައި އިސްރާއީލުގެ ހަމަލާތައް އަމާޒުވުމުގެ ސަބަބުން ވޭތުވެދިޔަ 14 މަސްދުވަހުގެ ތެރޭގައި މަދުވެގެން 33 ހޮސްޕިޓަލު ވަނީ ޚިދުމަތް ދިނުން ހުއްޓާލަން ޖެހިފައެވެ.

ހޮސްޕިޓަލުތަކަށް ހަމަލާ ދިނުމަށް ފަހު އިސްރާއީލުގެ ސިފައިންގެ ފަރާތުން ދައްކާ ބަހަނާ އަކީ އެތަންތަނަކީ ޓެރަރިސްޓުންގެ ހިމާޔަތުގައި މަސައްކަތް ކުރާ ތަންތަން ކަމަށާއި އެ ތަންތަނަށް ދޭ ހަމަލާ އަކީ "ޓެރަރިސްޓުންނަށް" އަމާޒުކޮށްގެން ދޭ ހަމަލާ ކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން މިހާތަނަށް މަދުވެގެން 45,484 ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ. އަދި 108,090 އަށްވުރެ ގިނަ މީހުންނަ ވަނީ ޒަޚަމްވެފައެވެ.                   

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު