Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލުން ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލް ރޯކޮށްލުން އޯއައިސީ އިން ކުށްވެރިކޮށްފި

އޯއައިސީ އިން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައިވަނީ އަވަސް ގޮތެއްގައި އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމަށާއި، އިސްރާއީލުގެ ހަނގުރާމައިގެ އަނިޔާވެރިކަން ވަގުތުން ހުއްޓުވުމަށެވެ.

ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2024 | ހޮނިހިރު 05:25
2024 ވަނަ އަހަރުގެ ޑިސެމްބަރ 25 ވަނަ ދުވަހު، ޣައްޒާގެ ބައިތު ލަހިޔާގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލްގެ ގޯތިތެރެއާއި އެ ސަރަހައްދުގެ އިމާރާތްތަކަށް އިސްރާއީލުން ދިން ހަމަލާގެ މަންޒަރެއް (ފައިލް)

2024 ވަނަ އަހަރުގެ ޑިސެމްބަރ 25 ވަނަ ދުވަހު، ޣައްޒާގެ ބައިތު ލަހިޔާގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލްގެ ގޯތިތެރެއާއި އެ ސަރަހައްދުގެ އިމާރާތްތަކަށް އިސްރާއީލުން ދިން ހަމަލާގެ މަންޒަރެއް (ފައިލް)

އިސްރާއީލުން ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލް ރޯކޮށްލުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.

އޯއައިސީ އިން މި ހަމަލާ ކުށްވެރިކޮށް ނެރެފައިވާ ބަޔާނުގައި ބުފައިވަނީ މިއީ އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލު ފޮހެލުމުގެ ޢަމަލުތަކުގެ ތެރެއިން އަމެލެއް ކަމަށެވެ.

އޯއައިސީ އިން ހުކުރު ދުވަހު ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޞިއްޙީ ދާއިރާއަށް ޓާގެޓް ކޮށްގެން އިސްރާއީލުން ދެމުންގެންދާ ހަމަލާތަކާއި، ޚާއްސަ ކޮށް ހޮސްޕިޓަލްތައް ހިޞާރުކޮށް، އެތަންތަނަށް ވަދެގަތުމާއި، ސިއްހީ މުވައްޒަފުންނާއި، ބަލިމީހުންނާއި، ޒަޚަމްވެފައިވާ މީހުންނަށް ހަމަލާދީ، ހައްޔަރުކުރުމަކީ ބައިނަލްއަޤްވާމީ އިންސާނިއްޔަތުގެ ޤާނޫނު ތަކާއި، ކަމާބެހޭ އދ. ގެ މުޢާހަދާތަކާއި ޤަރާރުތަކާ ހިލާފު ކަންކަން ކަމަށެވެ.

އޯއައިސީ އިން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައިވަނީ އަވަސް ގޮތެއްގައި އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމަށާއި، އިސްރާއީލުގެ ހަނގުރާމައިގެ އަނިޔާވެރިކަން ވަގުތުން ހުއްޓުވައި، ހަނގުރާމަ އަށް ދާއިމީ ނިމުމެއް ގެނައުމަށާއި، މެޑިކަލް ފެސިލިޓީތަކާއި، ޞިއްޙީ ދާއިރާގެ މަސައްކަތްތެރިންނާއި، ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުން ހިމާޔަތްކުރުން ކަށަވަރުކުރުމަށެވެ.

އަދި އޯއައިސީ އިން އިތުރަށް ބާރުއަޅާފައިވަނީ ޣައްޒާގެ ހުރިހާ ސަރަޙައްދެއްގައި އެކަށީގެންވާ އިންސާނީ އެހީ އާއި މެޑިކަލް އެހީ ފޯރުކޮށްދިނުމަށާއި، ހުރަހެއްނެތި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަށަވަރުކަން ދިނުމުގެ މުހިންމުކަމަށެވެ.

ޖޯޑަންގެ ނޫސް އެޖެންސީ ޕެޓްރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖޯޑަންގެ ފޮރިން މިނިސްޓްރީ އާއި އެކްސްޕެޓްރިއޭޓްސް އެފެއާޒް އިން ކަމާލް އަދުވާން ހޮސްޕިޓަލް އިސްރާއީލުން އަންދާލާ، އެތަނުގެ ބަލިމީހުންނާއި މެޑިކަލް މުވައްޒަފުން މަޖުބޫރުން ބޭރުކުރުން ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.

ޕެޓްރާ އިން ބުނެފައިވާ ގޮތުގައި، މިނިސްޓްރީ އިން މި ޢަމަލު ސިފަކޮށްފައިވަނީ "ނުބައި ހަނގުރާމައިގެ ޖަރީމާއެއް" ކަމަށެވެ.

"އިސްރާއީލުން ހޮސްޕިޓަލުގެ ބަލިމީހުންނާއި މެޑިކަލް މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޒިންމާ ނަގަންޖެހޭނެއެވެ." އުރުދުން ގެ ބަޔާނުގައި ވެއެވެ.

"މިއީ ބައިނަލްއަޤްވާމީ ޤާނޫނާ ހިލާފު ކަމެކެވެ. ޚާއްޞަކޮށް 1949 ވަނަ އަހަރުގެ ޖެނީވާ ކޮންވެންޝަން ރިލޭޓިވް ޓު ދަ ޕްރޮޓެކްޝަން އޮފް ސިވިލިއަން ޕާސަންސް އިން ޓައިމް އޮފް ވޯއާ ހިލާފު ކަމެކެވެ. އަދި މިއީ އުތުރު ޣައްޒާގެ ރައްޔިތުން ދިރިތިބުމަށް ކޮންމެހެން ބޭނުންވާ މުހިންމު ވަސީލަތްތައް ނައްތާލުމަށް ކުރާ ނުރައްކާތެރި މަސައްކަތެކެވެ." އުރުދުން ގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.                                

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2017

އިރުމަތީ ޤުދުސްގައި އިސްރާއީލުން އަނެއްކާ ވެސް 3 ލައްކަ ގެ އަޅަނީ

25 ޑިސެމްބަރު 2017
އިރުމަތީ ޤުދުސްގައި އިސްރާއީލުން އަނެއްކާ ވެސް 3 ލައްކަ ގެ އަޅަނީ
12 ނޮވެމްބަރު 2017

އަތުލި އަލްބު ކަމާލް އަނެއްކާ ވެސް އައިއެސްގެ އަތްދަށަށް

12 ނޮވެމްބަރު 2017
އަތުލި އަލްބު ކަމާލް އަނެއްކާ ވެސް އައިއެސްގެ އަތްދަށަށް
03 ނޮވެމްބަރު 2017

ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި

03 ނޮވެމްބަރު 2017
ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި
31 އޮކްޓޯބަރު 2017

އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި

31 އޮކްޓޯބަރު 2017
އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި
05 ސެޕްޓެމްބަރު 2017

ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

05 ސެޕްޓެމްބަރު 2017
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު