Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އަރަބި ލީގުގެ ކުއްލި ބައްދަލުވުމަކަށް ފަލަސްތީނުން ގޮވާލައިފި

އިސްރާއީލުން ޣައްޒާ ސްޓްރިޕްގެ އުތުރު ސަރަހައްދު ވަކިކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިންތަކާއި ގެދޮރުން ނެރުމަށްޓަކައި ހަނގުރާމައިގެ ވަސީލަތެއްގެ ގޮތުގައި ބަނޑަށްޖެއްސުން ބޭނުން ކުރަމުން ދާތީ، އެކަމުގެ ނުރައްކާތެރިކަން ފަލަސްތީނު ސަރުކާރުން ވަނީ ފާހަގަ ކޮށްފައެވެ.

ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2024 | ހޮނިހިރު 07:26
އިސްރާއީލް އަދި އެމެރިކާއާއެކު ވެފައިވާ ހުރިހާ އެއްބަސްވުމަކުން ފަލަސްތީން ވަކިވާން ނިންމުން

އިސްރާއީލް އަދި އެމެރިކާއާއެކު ވެފައިވާ ހުރިހާ އެއްބަސްވުމަކުން ފަލަސްތީން ވަކިވާން ނިންމުން

ޣައްޒާ ސްޓްރިޕްގެ އުތުރުގައި އޮންނަ ބައިތު ލަހިޔާގައި އިސްރާއީލުން ހިންގި ނުރައްކާތެރި އަނިޔާވެރިކަމާ ގުޅިގެން އަރަބި ލީގުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަކަށް ފަލަސްތީނުގެ ރިޔާސަތުން ހުކުރު ދުވަހު ގޮވާލައިފިއެވެ.

ފަލަސްތީނުގެ ރިޔާސަތުން އަރަބި ލީގުގެ މެމްބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ގޮވާލާފައިވަނީ، ޣައްޒާ ސްޓްރިޕްގައި އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރިކަމާއި، މަޖުބޫރުން އެމީހުންގެ ވަޒަނުން ނެރުމާއި، ބަނޑަށް ޖެއްސުމުގެ ޢަމަލުތަކާ ގުޅިގެންނެވެ. ޚާއްޞަކޮށް ބައިތު ލަހިޔާގައި ވަކިވަކިން ހިންގި ދެ ގަތުލުއާންމުގައި ގާތްގަނޑަކަށް 100 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ.

އިސްރާއީލުން ޣައްޒާ ސްޓްރިޕްގެ އުތުރު ސަރަހައްދު ވަކިކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިންތަކާއި ގެދޮރުން ނެރުމަށްޓަކައި ހަނގުރާމައިގެ ވަސީލަތެއްގެ ގޮތުގައި ބަނޑަށްޖެއްސުން ބޭނުން ކުރަމުން ދާތީ، އެކަމުގެ ނުރައްކާތެރިކަން ފަލަސްތީނު ސަރުކާރުން ވަނީ ފާހަގަ ކޮށްފައެވެ.

ފަލަސްތީނު ސަރުކާރުން ބާރުއަޅާފައިވަނީ، ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އަޅައި، ހިސާރުކޮށްގެން ތިބި ބާރުތަކަށް މަޖުބޫރުކުރުވައި، ނަސްލު ނައްތާލުމުގެ އަނިޔާވެރިކަން ހުއްޓުވައި، ޣައްޒާ ސްޓްރިޕްގެ ހުރިހާ ސަރަޙައްދަކަށް އިންސާނީ އެހީ ވަގުތުން ފޯރުކޮށްދިނުމަށް ހުއްދަދީ، އދ ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 2735 އާ އެއްގޮތަށް ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، ފަލަސްތީނު ދައުލަތަށް އޭގެ ފުރިހަމަ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުފަހިކޮށްދިނުމަށެވެ.

އިތުރަށް ކިޔާލަން

29 ޖޫން 2017

ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި

29 ޖޫން 2017
ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި
15 ޖޫން 2017

ފިތުރު އީދު ޗުއްޓީ ސައުދީ އަރަބިއްޔާގައި ފެށިއްޖެ

15 ޖޫން 2017
ފިތުރު އީދު ޗުއްޓީ ސައުދީ އަރަބިއްޔާގައި ފެށިއްޖެ
06 ޖޫން 2017

އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!

06 ޖޫން 2017
އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!
05 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!

05 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!
15 މެއި 2017

ކޮލެރާ ފެތުރެމުންދާތީ ޔަމަނު ކުއްލި ހާލަތަކަށް!

15 މެއި 2017
ކޮލެރާ ފެތުރެމުންދާތީ ޔަމަނު ކުއްލި ހާލަތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު