Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރިޔާޛް ސަމިޓް

އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުން ވަގުތުން މަނާ ކުރުމަށް މެލޭޝިއާގެ ބޮޑުވަޒީރު ގޮވާލައްވައިފި

ލުބުނާނާއި، ޢިރާޤާއި، އީރާނާއި، ޔަމަނާއި ސީރިޔާ ހިމެނޭގޮތަށް އިޒްރޭލުން ހިންގަމުންދާ "ފާޅުކަން ބޮޑު އަދި ހުއްޓުމެއްނެތް އަނިޔާވެރިކަން" ނިމުމަކަށް ގެނައުމަށް "ނަތީޖާ ލިބޭނެ ފިޔަވަޅުތަކެއް" އެޅުމަށްވެސް އަންވަރު ގޮވާލެއްވި.

ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2024 | އަންގާރަ 07:30
އަންވަރު އިބްރާހިމް - ހޯމަ ދުވަހު ރިޔާޛް ގައި އޮތް ސަމިޓްގައި އަންވަރުގެ އިތުރުން ގިނަ ގައުމުތަކެއްގެ އެންމެ އިސް ލީޑަރުން ބައިވެރިވެވަޑައިގެންނެވި

އަންވަރު އިބްރާހިމް - ހޯމަ ދުވަހު ރިޔާޛް ގައި އޮތް ސަމިޓްގައި އަންވަރުގެ އިތުރުން ގިނަ ގައުމުތަކެއްގެ އެންމެ އިސް ލީޑަރުން ބައިވެރިވެވަޑައިގެންނެވި

އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުން ވަގުތުން މަނާ ކުރުމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ގޮވާލައްވައިފިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ ހޯމަ ދުވަހު ރިޔާޛު ގައި ބޭއްވުނު އަރަބި ލީގާއި އިސްލާމިކް ކޯޕަރޭޝަން ޖަމްޢިއްޔާގެ ޖޮއިންޓް ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން މެދުއިރުމަތީގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ.

އިޒްރޭލަށް ހަތިޔާރު ލިބޭނެ ގޮތްތައް ވަގުތުން ހުއްޓުވުމަށް ގޮވާލެއްވުމުގެ އިތުރުން، ޣައްޒާގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމަ އާ ގުޅޭ ގޮތުން އަންވަރު ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިވާ ޖަމާއަތް ކަމުގައިވާ އަންރުވާ އަށް ސަރުކާރުތަކުން ތާއީދު ކުރުން ދެމެހެއްޓުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.  

މީގެ އިތުރުން ލުބުނާނާއި، ޢިރާޤާއި، އީރާނާއި، ޔަމަނާއި ސީރިޔާ ހިމެނޭގޮތަށް އިޒްރޭލުން ހިންގަމުންދާ "ފާޅުކަން ބޮޑު އަދި ހުއްޓުމެއްނެތް އަނިޔާވެރިކަން" ނިމުމަކަށް ގެނައުމަށް "ނަތީޖާ ލިބޭނެ ފިޔަވަޅުތަކެއް" އެޅުމަށްވެސް އަންވަރު ވަނީ ގޮވާލައްވާފައެވެ.

މެލޭޝިއާގެ ލީޑަރު ވަނީ "ލުބުނާނުގައި ހުރި އ.ދ.ގެ ސުލްޙަ ބަލަހައްޓާ މިޝަން (ޔޫނިފިލް) އަށް އިޒްރޭލުން ގަސްދުގައި ދެމުންދާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ."               

އޮކްޓޯބަރ 7، 2023 އިން ފެށިގެން އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލުނައްތާލުމުގެ ހަނގުރާމައިގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު 43،603 ށް ވަނީ އަރާފައެވެ. މީގެ އިތުރުން 102،929 މީހުން ޒަޚަމްވެފައިވެއެވެ. 

ލުބުނާނަށް އިޒްރޭލުން ދޭ ހަމަލާތަކުގައި މަދުވެގެން 3،243 މީހުން މަރުވެ، 14،134 މީހުން ޒަޚަމްވެފައިވެއެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
14 ފެބުރުއަރީ 2017

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
08 ފެބުރުއަރީ 2017

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު