Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އެމެރިކާގެ އެދުމުގެ މަތިން، ހަމާސް އާއި އިޒްރޭލާ ދެމެދު ގަތަރުން އަދާ ކުރަމުން އައި މެދުވެރިއެއްގެ ދައުރު މެދުކަނޑާލައިފި

ހަނގުރާމަ ނިމުމަކަށް އަތުވެދާނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެނި ޤަތަރުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޤަތަރުން ޣައްޒާ ހަނގުރާމަ އާ ގުޅޭ ގޮތުން އަދާ ކުރި މެދުވެރިއެއްގެ ދައުރު މެދުކަނޑާލާފައިވާ ކަމަށެވެ.

ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2024 | ހޮނިހިރު 20:57
ދީރުލް ބަލާހްގައި ހުންނަ އަލް-އަގްސާ މާޓިއާރސް ހޮސްޕިޓަލުގެ އެނދެއްގައި ފަލަސްތީނުގެ އަންހެނަކު އިށީނދެގެން

ދީރުލް ބަލާހްގައި ހުންނަ އަލް-އަގްސާ މާޓިއާރސް ހޮސްޕިޓަލުގެ އެނދެއްގައި ފަލަސްތީނުގެ އަންހެނަކު އިށީނދެގެން

ހަމާސް އާއި އިޒްރޭލް އާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުން ގަތަރުން މެދުކަނޑާލައިފި ކަމަށް އެ ގައުމުން އިއުލާން ކޮށްފިއެވެ. 

ގަތަރުން މިކަން އިއުލާނު ކުރިއިރު އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވޭނެކަމުގެ އުންމީދު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

ޤަތަރުން ބުނެފައިވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިންމުމަށް ހަމާސް އާއި އިސްރާއީލުން އެކަށީގެންވާ ޝައުގުވެރިކަމެއް ނުދޭތީ، އެ ދެފަރާތުގެ މެދުގައި ގަތަރުން އަދާ ކުރަމުން އައި މެދުވެރިއެއްގެ ރޯލު މެދުކަނޑާލީ ކަމަށެވެ. 

ހޮނިހިރު ދުވަހު އެކްސް (ޓްވިޓަރ) ގައި ޤަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ވިދާޅުވެފައިވަނީ މިކަން ކަމާބެހޭ ފަރާތްތަކަށް 10 ދުވަސް ކުރިން އަންގާފައިވާނެ ކަމަށެވެ.

ޑިޕްލޮމެޓިކް މަސްދަރަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްއިން ހޮނިހިރު ދުވަހުގެ ކުރިން ރިޕޯޓުކޮށްފައި ވަނީ ޤަތަރުގައި ހުރި ހަމާސްގެ ސިޔާސީ އޮފީހުގެ "ބޭނުން ނުހިފޭ" ކަމަށެވެ. 

ނަމަވެސް އަލް އަންސާރީ ވިދާޅުވީ ދޯހާގައި ހުރި ހަމާސްގެ ސިޔާސީ އޮފީހާ ބެހޭގޮތުން ނެރެފައިވާ މީޑިއާ ރިޕޯޓުތަކަކީ ސައްހަ ނޫން ރިޕޯޓުތަކެއް ކަމަށެވެ. އެ ގޮތުން "ޤަތަރުގައި ހުރި އޮފީހުގެ މައިގަނޑު މަޤްޞަދަކީ ކަމާބެހޭ ފަރާތްތަކުގެ މެދުގައި މުވާސަލާތުކުރުމުގެ ވަސީލަތެއްގެ ގޮތުގައި" ކަމަށް އޭނާ ވިދާޅުވިއެވެ. 

ހަމާސްގެ އިސް އޮފިޝަލެއް ބުނެފައިވަނީ ޤަތަރުން މެދުވެރިއެއްގެ ރޯލު އަދާކުރުން މެދުކަނޑާލާފައިވާކަން ހަމާސް އަށް އެނގޭ ކަމަށާއި ނަމަވެސް "ގަތަރު ދޫކޮށް ދިއުމަށް އެއްވެސް ފަރާތަކުން އަންގާފައި ނުވާ" ކަމަށެވެ.

ގަތަރުން މެދުވެރިއެއްގެ ދައުރު އަދާކުރުން މެދުކަނޑާޅި ކަމަށް ބުނިއިރު، ވޮޝިންގްޓަންގައި ހުރި އެމެރިކާގެ އޮފިޝަލެއް ބުނެފައިވަނީ ބައިޑެންގެ ސަރުކާރުން މީގެ ދެ ހަފްތާ ކުރިން ޤަތަރަށް އަންގާފައިވަނީ ދޯހާގައި ހުރި ހަމާސްގެ އޮފީހުގެ މަސައްކަތް މިހާރު ބޭނުންތެރި ނޫން ކަމަށާއި ހަމާސްގެ ވަފުދު އެތަނުން ނެރެންވާނެ ކަމަށެވެ.

"ރަހީނުން ދޫކޮށްލުމަށް ހުށަހަޅާފައިވާ ގިނަ ހުށަހެޅުންތަކެއް ބަލައިނުގަތުމަށްފަހު، [ހަމާސްގެ] ލީޑަރުންނަށް އެމެރިކާގެ އެކުވެރި ގައުމެއްގެ ވެރިރަށުގައި މަރުހަބާ ކިޔައިގެން ނުވާނެ،" ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އަލް ޖަޒީރާ އަށް މައުލޫމާތު ދިން އެމެރިކާގެ އިސް އޮފިޝަލަކު ބުނެފައިވެއެވެ. 

ޣައްޒާގައި އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ އާއި، ލުބުނާންގައި އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް އަންނާނެކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު