Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލު-އީރާނު ހަނގުރާމަ

އީރާނުގެ ނިއުކްލިއަރ ސިޔާސަތު މުރާޖައާ ކުރާނެ ކަމުގެ އިޝާރާތެއް ދީފި

ޚައްރާޒީ ވިދާޅުވީ އީރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ޓެކްނިކަލް ޤާބިލުކަން ލިބިފައިވީނަމަވެސް، މިވަގުތު އެކަން ހުއްޓުވިފައިވަނީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު އެންމެ މަތީ ވެރިޔާ ނެރުއްވާފައިވާ ފަތުވާ ނުވަތަ ދީނީ ޙުކުމެއްގެ ސަބަބުން ކަމަށެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 2 ނޮވެމްބަރު 2024 | ހޮނިހިރު 05:25
އީރާނުގެ އެންމެ މަތީ ވެރިޔާގެ އެޑްވައިޒަރ ކަމާލް ޚައްރާޒީ

އީރާނުގެ އެންމެ މަތީ ވެރިޔާގެ އެޑްވައިޒަރ ކަމާލް ޚައްރާޒީ

އިޒްރޭލުން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ، މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި، އެޤައުމުގެ ނިއުކްލިއަރ ސިޔާސަތު އަލުން މުރާޖަޢާ ކުރާނެ ކަމުގެ އިޝާރާތެއް ދީފިއެވެ.

ދާދި ފަހުން އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަށްފަހު، ހަނގުރާމަ އިތުރަށް ފުޅާވެއްޖެނަމަ އިޒްރޭލާ ކުރިމަތިލާން އީރާނުން ތައްޔާރުތޯ ހުކުރު ދުވަހު އަލް-މަޔާދީ ޓީވީ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އީރާނުގެ އެންމެ މަތީ ވެރިޔާގެ އެޑްވައިޒަރ ކަމާލް ޚައްރާޒީ ވިދާޅުވެފައިވަނީ، އީރާނުން އަމިއްލައަށް ކަނޑައަޅާފައިވާ 2,000 ކިލޯމީޓަރު (1,250 މޭލު) ގެ ސަރަހައްދަށްވުރެ ދުރަށް ބެލިސްޓިކް މިސައިލްތަކުގެ ދުރުމިން އިތުރުކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އަދި ފަހަރެއްގައި ނިއުކްލިއަރ ސިޔާސަތުވެސް އަލުން މުރާޖަޢާކުރާނެ ކަމަށެވެ.

ޚައްރާޒީ ވިދާޅުވީ އީރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ޓެކްނިކަލް ޤާބިލުކަން ލިބިފައިވީނަމަވެސް، މިވަގުތު އެކަން ހުއްޓުވިފައިވަނީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު އެންމެ މަތީ ވެރިޔާ އާޔަތުއްﷲ ޢަލީ ޚާމެނާއީ ނެރުއްވާފައިވާ ފަތުވާ ނުވަތަ ދީނީ ޙުކުމެއްގެ ސަބަބުން ކަމަށެވެ. އެ ފަތުވާގައި ނިއުކްލިއަރ ހަތިޔާރު އުފެއްދުން ވަނީ މަނާކުރައްވާފައެވެ.

އީރާނުން އަންނަނީ އެޤައުމުން ނިއުކްލިއަރ ހަތިޔާރު އުފައްދާ ކަމަށް ބުނެ ކުރާ ތުހުމަތުތަކަށް އަބަދުވެސް ދެކޮޅުހަދަމުންނެވެ. އެއާ އިދިކޮޅަށް އެޤައުމުން ބުނަމުން އަންނަނީ ނިއުކްލިއަރ މަސައްކަތްތަކަކީ ހަމައެކަނި ސުލްޙަވެރި ބޭނުންތަކަށް ކުރާ ކަމެއްކަމަށެވެ.

އިސްރާއީލް އަސްކަރިއްޔާއިޒްރޭލް-އިރާން ހަނގުރާމަ އީރާން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
13 ނޮވެމްބަރު 2025

އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

13 ނޮވެމްބަރު 2025
އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު