Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ މުޒާހަރާ

އިދިކޮޅު މުޒާހަރާ: ޚުދުމުޚުތާރު ވެރިކަމަކާ ދިމާލަށް ރާއްޖެ ދާތީ އެމްޑީޕީ އިން މަގު މައްޗަށް

ސަރުކާރާ ދެކޮޅަށް ރައްޔިތުން ތެދުވާން ޖެހޭ ކަމަށް ބައިވެރިން ގޮވަމުން ދިޔަ

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2024 | ބުދަ 07:08
މުޅި ޤައުމުގެ ޑިމޮކްރެޓިކް ނިޒާމު ފުނޑާލާކަމަށް ބުނެ އެމްޑީޕީން ކުރާ މުޒާހަރާ

މުޅި ޤައުމުގެ ޑިމޮކްރެޓިކް ނިޒާމު ފުނޑާލާކަމަށް ބުނެ އެމްޑީޕީން ކުރާ މުޒާހަރާ

ހައްޤުތަކާއި، މިނިވަންކަމާއި، އެތައް ބައެއްގެ ބުރަ މަސައްކަތުން ހޯދި ޑިމޮކްރަސީ ނިގުޅައިގަންނަ ގޮތަށް ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވާތީ އެކަމާ ދެކޮޅު ހަދާ އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބުދަ ދުވަހު ރައްޔިތުންގެ މަޖިލީސް ކައިރި އަށް އެއްވެ ފެށި މުޒާހަރާ ފުޅާވެ، ޝުޢޫރު ފާޅުކުރުމުގެ ބޯޑުތަކާއެކު މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ވަނީ ނުކުމެފައެވެ.

މުޒާހަރާގެ ބައިވެރިންނަށް ރައީސް އޮފީސް ސަރަހައްދަށް ދިއުމަށް ހުރަސް އެޅުމުން، ބައިވެރިން ވަނީ މަގުތަކުގެ މަތީގައި ޝުއޫރު ފާޅު ކުރުމުގެ ބޯޑުތަކާއެކު ހިނގާފައެވެ.

Advertisement - newsAdvertisement

މުޒާހަރާގައި ޝުއޫރު ފާޅުކުރައްވަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މާޒް ސަލީމް ވިދާޅުވީ މިހާރު މި ފެނިގެންދަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ބާރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަނޑުވާލަމުންދާ މަންޒަރު ކަމަށާއި، ރައީސް މުއިއްޒަށް ވެރިކަމުގައި ހުރެވޭނީ ދިވެހިރާއްޖޭގެ ގާނޫނުގެ ބާރުކަޑުވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މެމްބަރުންނަށް ޤަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް އެއީ ކުށް ހީއެއް ކަމަށާއި، ގާނޫނު އަސާސީގެ ބާރު ރައީސް ޑރ މުއިއްޒު ކަނޑުވާލާ ހިސާބުން ރައްޔިތުން ނުކުންނާނެ ކަމަށެވެ.

މީގެއިތުރުން، 2019 ވަނަ އަހަރާއި 2024 އާ ބަލާއިރު ވަރަށް ބޮޑު ތަފާތު ތަކެއް އެބަ ފެންނަ ކަމަށް ފާހަގަކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ އޭރުގައި އޮތް މަޖިލީހުން ޕީޕީއެމް ޕީއެންސީގެ ފަރާތުން، ކަނޑައެޅިގެން ދޮގު މައްސަލަތަކުގައި ވެސް ރައްޔިތުންގެ މަޖިލީހަށް ހުށާހަޅާފައި އެބަހުރި ކަމަށާއި، ނަމަވެސް އޭރުގެ މަޖިލީހުން އަމަލުކުރަމުން ދިޔައީ ވަރަށް ތަފާތުކޮށް ކަމަށެވެ. މީކާއިލް އިތުރަށް ވިދާޅުވީ، އިދިކޮޅަށް ބަހުސް ކުރުމަށް އަބަދުވެސް އެމްޑީޕީގެ މެމްބަރުން އޭރު ޖާގަދިން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ތަޅުމަށް މައްސަލައެއް ހުށަހެޅުމުން އެންމެ ކުޑަމިނުން އެކަމަށް ބަހުސް ކޮށްލުމަކީ މަޖިލިސް މެމްބަރުން ކުރަންޖެހޭ ކަމެއް ކަމަށެވެ. މިއަދުގެ މަޖިލީހުގެ ހަގީގަތް ކިޔައިދެއްވަމުން މީކާއީލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީވެސް ރައީސް އައްޔަން ކުރާ ބަޔަކަށް ހަދާ ހިސާބަށްވެސް ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ މެމްބަރުން ތިބީ ސަރުކާރަށް ރުހިގެން ކަމުގައެވެ.

ސަރުކާރާމެދު ހުރި ކަންބޮޑުވުންތައް ފާޅުކުރުމަށް އެމްޑީޕީން ބުދަ ދުވަހު ބޭއްވި މުޒާހަރާއަކީ މިދިޔަ އަހަރު ނޮވެމްބަރުގައި ވެރިކަން ބަދަލުވެ، އެމްޑީޕީ އިދިކޮޅު ޕާޓީއަކަށް ވި ފަހުން އެ ޕާޓީން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ މުޒާހަރާ އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ރާއްޖޭގެ ޑިމޮކްރަސީ ރޫޅާލަން ސަރުކާރުން ކުރާ މަސައްކަތައް ދެކޮޅު ހަދާ ރައްޔިތުން މަޑުން ނުތިބުމަށް ގޮވާލާފައެވެ.

މުޒާހަރާގައި ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ސަރުކާރުން ކަންކަން ކުރަނީ ހިތުހުރި ގޮތަކަށް ކަމަށާއި، ވަޒީފާވެސް ގޯތިވެސް ފުލެޓުވެސް ދެނީ ސަރުކާރަށް ފެންނަ މީހަކަށް ކަމަށެވެ. އެނާ ވިދާޅުވީ ރާއްޖޭގައި "ޑިމޮކްރަސީ ދަނީ ފަހަތަށް" ކަމަށެވެ.

"އަބަދުވެސް ރައްޔިތުންގެ އަތުން އެއްޗެއް ނެގޭތޯ މި ސަރުކާރުން ބަލަމުން ދަނީ، ކޮންމެ ޚިދުމަތަކަށް ސަރުކާރުން ލާރި ނަގަމުންދަނީ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ "ސަރުކާރާ ދެކޮޅަށް ތެދުވާން ޖެހޭ" ކަމަށެވެ.

މުޒާހަރާގެ އެހެން ބައިވެރިއަކު ޝުއޫރު ފާޅު ކުރަމުން ބުނީ، ދިވެހިރާއްޖެ ޚުދުމުޚުތާރު ވެރިކަމަކާ ދިމާލަށް ދާކަމަށާއި، އޭސީސީ އަދި އީސީ ރައީސުލްޖުމްހޫރިއްޔާގެ އަތްދަށަށް ލާން މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ، ސަރުކާރަށް އެއް އަހަރު ދުވަސް ވީއިރު ޚުދުމުޚުތާރު ވެރިކަމަކާ ދިމާލަށް ރާއްޖެ ގެންދަން ހިންގާ މަޝްރޫއު އެއީ، މި ސަރުކާރުން ރާވައިގެން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ ކަންކަން ކުރައްވަނީ އެމަނިކުފާނަށް އެކަނި ފެންނަ ގޮތައް ކަން ނިޔާޒު ފާހަގަ ކުރެއްވިއެވެ.

"ތިން ބާރު ވަކިވެފައިވާ ނިޒާމު ނިޒާމު ފުނޑިގެންދާއިރު ރައްޔިތުން ބަލަން ނުތިބުމަށް" ނިޔާޒު ގޮވާލެއްވިއެވެ.

މުޒާހަރާގެ ބައިވެރިން ޝުއޫރު ފާޅު ކުރުމަށް ހިފައިގެން ތިބި ބޯޑު ތަކުގައި "ލާމަރުކަޒީ ނިޒާމު ފުނޑާލައިފި"، "ކޮންމެ ކަމެއް ސިއްރު" ފަދަ މެސެޖުތައް ލިޔެފައިވެއެވެ.

ބުދަ ދުވަހުގެ މުޒާހަރާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރާ މެމްބަރުންނާއި، ޕާޓީގެ އިސް އޮފިޝަލުންނާއި، އާންމު ބައެއް މެމްބަރުން ވަނީ ބައިވެރިވެފައެވެ.

އިލެކްޝަންސް ކޮމިޝަން އާއި އެންޓިކަރަޕްޝަން ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ ގޮތައް ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލާއި، ލާމަރުކަޒީ ނިޒާމު ބަލިކަށި ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ދެކޮޅު ހަދާ ބައިވެރިން މަގުތަކުގައި ވަނީ އަޑު އުފުލާފައެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު