Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އިޒްރޭލު ހަނގުރާމަ

އިޒްރޭލުން ހަމަލާދޭނެ އީރާނުގެ ތަންތަން ކަނޑައަޅައިފި

އިޒްރޭލުން އިރާނުގެ ތެލުގެ ފެސިލިޓީތަކަށް ހަމަލާދީފިނަމަ، އީރާނުން ބުނެފައިވަނީ އެ ޤައުމުން ރައްދުގައި ހަމަލާދޭނީ ހަމައެކަނި އިޒްރޭލަށް ނޫންކަމަށާއި، އިޒްރޭލުގެ އެކުވެރިންނަށްވެސް ހަމަލާދޭނެ ކަމުގައި

ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2024 | ބުދަ 01:13
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

އީރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ހަމަލާދޭނެ އީރާނުގެ ޓާގެޓްތައް ކަނޑައަޅާ އެކަން އެމެރިކާ އާ ހިއްސާ ކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާގެ ދެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި އިޒްރޭލުން އެމެރިކާއަށް ޔަޤީންކަން ދީފައިވަނީ އެ ޤައުމުން އިރާނުގެ ނިއުކްލިއަރ ނުވަތަ ތެލުގެ ސައިޓުތަކަށް ހަމަލާ ނުދޭނެ ކަމަށެވެ.

އިޒްރޭލުން ހަމަލާދޭން ކަނޑައަޅާ ސައިޓްތަކުގެ ވާހަކަ ރިޕޯޓްކޮށްފައި މިވަނީ އިރާނުން އިޒްރޭލަށް މިދިޔަ މަހު ދިން ބެލިސްޓިކް މިސައިލް ހަމަލާއަށް އިޒްރޭލުން ޖަވާބުދޭނެ ގޮތެއް ބަލަން ދުނިޔެ އިންތިޒާރު ކުރަމުންދާ ވަގުތެއްގައެވެ.

އެސޯސިއޭޓެޑް ޕްރެސް ނިއުސް އޭޖެންސީއަށް ނަން ހާމަނުކުރުމުގެ ޝަރުތުގެ މަތިން ވާހަކަދެއްކި ދެ އޮފިޝަލުން ބުނެފައިވަނީ އިޒްރޭލުން އީރާނުގެ ތެލާ ބެހޭ މަރުކަޒުތަކަށާއި ނިއުކްލިއަރ ސައިޓްތަކަށް ހަމަލާ ނުދޭނެ ކަމަށް ބުނި ނަމަވެސް އިޒްރޭލުން އެ ދޭ ޔަޤީންކަމަކީ ހަރުދަނާ އެއްޗެއް ނޫން ކަމަށާއި އިޒްރޭލުގެ ވިސްނުން ބަދަލުވެދާނެ ކަމަށެވެ.

އަންގާރަ ދުވަހު، ބެންޖަމިން ނެތަންޔާހޫގެ އޮފީހުން ބުނެފައިވަނީ އިޒްރޭލުން "އެމެރިކާގެ ޚިޔާލުތައް އަޑުއަހާނެ ކަމަށާއި، ނަމަވެސް އެންމެ ފަހުގެ ނިންމުންތައް ނިންމާނީ އެ ޤައުމުގެ ޤައުމީ މަސްލަހަތުތަކުގެ މައްޗަށް ބިނާކޮށް،" ކަމަށެވެ.

ވޮޝިންގޓަން ޕޯސްޓުގައި ބުނެފައިވަނީ، އިޒްރޭލުން ހަމަލާދޭނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ކަމަށް ނަތަންޔާހޫ ބައިޑްން އަށް ދެންނެވި ކަމަށެވެ.

އެމެރިކާއިން ބުނެފައިވަނީ އިރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް އިޒްރޭލުން ހަމަލާދިނުމަށް އެ ޤައުމުން ތާއީދު ނުކުރާނެ ކަމަށެވެ. އަދި އިރާނުގެ ތެލުގެ ފެސިލިޓީތަކަށް އިޒްރޭލުން ހަމަލާދިނުމުން ދުނިޔޭގެ އިޤްތިސާދަށް އަސަރުކުރުމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.

އެމެރިކާއިންނާއި، އަދި މުޅި ބައިނަލް އަގްވާމީ މުޖްތަމައުގެ ކަންބޮޑުވުމަކީ އިޒްރޭލުން އިރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ހަމަލާދީފިނަމަ، އިރާނުން އެއަށް ވަރުގަދަ ރައްދެއް ދޭން މަޖުބޫރުވާނެ ކަމަށް ޤަބޫލުކުރެވިފައި އޮތުމެވެ.

އެއާ އެކު ތަޖުރިބާކާރުން ދެކޭ ގޮތުގައި ނުނިމޭ ބަދަލުހިފުމެއްގެ ރޫހެއްގެ ތެރެއިން އެހެން ޤައުމުތައް ހަނގުރާމައިގައި ޝާމިލުވެ ބެލިސްޓިކް މިސައިލް ހަނގުރާމައެއްގެ ތެރެއަށް ސަރަހައްދު ވެއްޓިދާނެއެވެ.

އަނެއްކޮޅުން އިޒްރޭލުން އިރާނުގެ ތެލުގެ ފެސިލިޓީތަކަށް ހަމަލާދީފިނަމަ، އީރާނުން ބުނެފައިވަނީ އެ ޤައުމުން ރައްދުގައި ހަމަލާދޭނީ ހަމައެކަނި އިޒްރޭލަށް ނޫންކަމަށާއި، އިޒްރޭލުގެ އެކުވެރިންނަށްވެސް ހަމަލާދޭނެ ކަމުގައެވެ.

އީރާނަށް ހަމަލާ ދިނުމުގައި ބެންޖަމިން ނެތަންޔާހޫގެ ހިތުގައި އޮތީ ކޮން ވިސްނުމެއްކަމެއް ނޭނގޭ ކަމަށް ބައެއް އެނަލިސްޓުން ބުނެއެވެ. ނަތަންޔާހޫ އީރާނަށް ދޭން ބުނާ ހަމަލާގެ ކަންކަން ރާވަމުން ގެންދަނީ ވަރަށް ސިއްރިއްޔާތުގައި ކަމަށް ގިނަ ރިޕޯޓުތަކުގައި ވަނީ ފާހަގަ ކޮށްފައެވެ.

މިކަމުގައި އިޒްރޭލުން ކަންތައްކުރަމުންދާ ގޮތާ މެދު އެމެރިކާއިން ހިތްހަމަޖެހިފައިވާ ކަމަށް ބައެއް ފަހަރު ބުނާއިރު، އަނެއްބައި ފަހަރު އެމެރިކާއިން ބުނަނީ މީގެ ކުރިންވެސް އިޒްރޭލުން އެއްގޮތަކަށް ބުނެފައި އޭގެ އިދިކޮޅަށް ޢަމަލުކޮށްފައިވާ ވަގުތުތައް އައިސްފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

24 ޖޫން 2017

އީރާނުގެ ދީނީ ތަންތަނަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި

24 ޖޫން 2017
އީރާނުގެ ދީނީ ތަންތަނަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި
07 ޖޫން 2017

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

07 ޖޫން 2017
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި
06 ޖޫން 2017

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އިޒްރޭލުން މަރުހަބާ ކިޔައިފި

06 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އިޒްރޭލުން މަރުހަބާ ކިޔައިފި
24 މެއި 2017

ޑަބްލިޔު އެޗްއޯގެ އާ ޑިރެކްޓަރ ޖެނެރަލްއަކަށް ޑރ ޓެޑްރޯސް ކަނޑައަޅައިފި

24 މެއި 2017
ޑަބްލިޔު އެޗްއޯގެ އާ ޑިރެކްޓަރ ޖެނެރަލްއަކަށް ޑރ ޓެޑްރޯސް ކަނޑައަޅައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު