Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލުބުނާން-އިޒްރޭލު ހަނގުރާމަ

އިޒްރޭލަށް "ވޭން އިހުސާސް ކުރުވުމަށް" އައު ގޮތެއް ހޯދައިފިން: ހިޒްބުﷲގެ ވަގުތީ ލީޑަރު

ޙައްލަކީ ހަނގުރާމަ ހުއްޓާލުން ކަމަށާއި އެހެން ނަމަވެސް އެއީީ ބަލިކަށި ޙާލަތެއްގައި ތިބެގެން ބުނާ އެއްޗެއް ނޫން ކަމަށާއި، އިޒްރޭލުން އެކަމަށް ބޭނުން ނުވާނަމަ، ހިޒްބުﷲ އިން ހަނގުރާމައިގައި ކުރިއަށްދާން ތައްޔާރަށް ތިބި ކަމަށް ވަގުތީ ލީޑަރު ބުނެފައިވޭ

ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2024 | އަންގާރަ 14:59
ނައީމް ގާސިމް - ހިޒްބުﷲ ގެ ވަގުތީީ ލީޑަރު ޓީވީ މެދުވެރިކޮށް ބަޔާނެއް ދެނީ

ނައީމް ގާސިމް - ހިޒްބުﷲ ގެ ވަގުތީީ ލީޑަރު ޓީވީ މެދުވެރިކޮށް ބަޔާނެއް ދެނީ

އިޒްރޭލަށް "ވޭން އިހުސާސް ކުރުވުމަށް" އައު ގޮތެއް ހޯދައިފި ކަމަށް ހިޒްބުﷲގެ ވަގުތީ ލީޑަރު ހާމަކޮށްފިއެވެ.

ހިޒްބުﷲގެ ވަގުތީ ލީޑަރ ނައީމް ޤާސިމް ޓީވީ މެދުވެރިކޮށް ދިން ޚިތާބުގައި ބުނެފައިވަނީ ފާއިތުވި ހަފުތާގައި އެ ޖަމާޢަތުން އައު ސްޓްރެޓެޖީއެއް ގެންގުޅެން ފަށާފައިވާ ކަމަށެވެ.

މި ސްޓްރެޓެޖީ އަމާޒުކުރެވިފައިވަނީ އިޒްރޭލުން "ވޭން" އިހުސާސް ކުރުވުމަށް ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އާދީއްތަ ދުވަހު ހިޒްބުﷲގެ ޑްރޯން ހަމަލާއެއްގައި އިޒްރޭލުގެ އަސްކަރީ ބޭސް އަކުން 4 އިޒްރޭލު ސިފައިން މަރުވެ އަތައް ބަޔަކަށް އަނިޔާވެފައިވެއެވެ. އެހަމަލާ ދީފައިވަނީ އިޒްރޭލުގެ ވަރުގަދަ ވައިގެ ދިފާއީ ނިޒާމު ފޫއަޅުވާލުމަށްފަހުގައި ކަން ފާހަގަ ކުރެވެއެވެ. އިޒްރޭލުން ބުނެފައިވަނީ އެކަން ހިނގި ގޮތް ތަހުގީގު ކުރަމުން ގެންދާ ކަމުގައެވެ.

އިޒްރޭލުން މިކަމާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ކުރިން އިޒްރޭލުން ބުނެފައިވަނީ ލުބުނާނުގައި ހިންގާ އޮޕަރޭޝަންގެ މަޤްޞަދަކީ ހިޒްބުﷲގެ ޙަމަލާތަކާ ގުޅިގެން އުތުރު އިޒްރޭލުން ފައިބަން މަޖުބޫރު ވި މީހުން އަނބުރާ ގެނެސް ވަޒަންވެރިކުރުވުން ކަމުގައެވެ.

ޤާސިމް ބުނި ގޮތުގައި އިޒްރޭލުން ލުބުނާނުގެ އެކިތަންތަނަށް ޙަމަލާ ދީފައިވާތީ، ހިޒްބުﷲ އަށްވެސް އިޒްރޭލުގެ ކޮންމެ ތަނަކަށް ޙަމަލާދިނުމުގެ ޙައްޤު ލިބިގެންވެއެވެ.

އޭނާ ބުނީ އިތުރު އިޒްރޭލު މީހުން އެ ސަރަހައްދުން އަދިވެސް ފައިބައިގެން ދާނެ ކަމަށާއި، "ސަތޭކަ ހާހުން، އަދި ދެ މިލިއަނަށްވުރެ ގިނަ މީހުން ކޮންމެ ވަގުތެއްގައި، ކޮންމެ ގަޑިއެއްގައި، ކޮންމެ ދުވަހެއްގައިވެސް ނުރައްކަލުގެ ތެރޭގައި ތިބޭނެ،" ކަމަށެވެ.

ހިޒްބުﷲގެ ވަގުތީ ލީޑަރު މި މޭރުމުން ވާހަކަ ދެއްކި ނަމަވެސް، އޭނާ ބުނެފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި އެންމެ ރަނގަޅު ނަތީޖާއަކަށް ވާނީ އިޒްރޭލުން ލުބުނާނާއި ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލުން ކަމަށެވެ.

"ޙައްލަކީ ހަނގުރާމަ ހުއްޓާލުން. އަހަރެމެން މި ވާހަކަ ދައްކަނީ ބަލިކަށި ޙާލަތެއްގައި ތިބެގެނެއް ނޫން. އިޒްރޭލުން އެކަމަށް ބޭނުން ނުވާނަމަ، އަހަރެމެން [ހަނގުރާމައިގައި] ކުރިއަށް ދާނަން،" ރެކޯޑުކުރެވިފައިވާ ޚިޠާބުގައި އަންގާރަ ދުވަހު ގާސިމް ބުނެފައިވެއެވެ.

"ޙައްލަކީ ހަނގުރާމަ ހުއްޓާލުން... ހަނގުރާމަ ހުއްޓާލުމަށްފަހު، [އިސްރާއީލީ] ރަށްވެހިންނަށް އުތުރަށް އެނބުރި އާދެވިދާނެ" އޭނާ އިތުރަށް ބުނެފައިވެއެވެ.

"ހަނގުރާމަވެރިން ދުވަހަކުވެސް ބަލިނުވާނެ. އެއީ އެއީ ބިމުގެ އަސްލު ވެރިން - އެމީހުން ހަނގުރާމަކޮށް ޢިއްޒަތްތެރިކަމާއެކު މަރުވާން ތިބީ ތައްޔާރަށް."

"ކެތްތެރިކަމާއެކު [ނަޞްރު] ކާމިޔާބު ލިބޭނެ." ހިޒްބުﷲ ގެ ވަގުތީ ލީޑަރު ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2017

ޒިމްބާބްވޭގެ އައު ސަރުކާރުގެ އިސް މަގާމުތަކަށް އަސްކަރިއްޔާގެ އިސް ބޭފުޅުން!

01 ޑިސެމްބަރު 2017
ޒިމްބާބްވޭގެ އައު ސަރުކާރުގެ އިސް މަގާމުތަކަށް އަސްކަރިއްޔާގެ އިސް ބޭފުޅުން!
24 ނޮވެމްބަރު 2017

ޒިމްބާބުވޭގެ އައު ރައީސް "ކިނބޫ" އެނގޭތަ؟

24 ނޮވެމްބަރު 2017
ޒިމްބާބުވޭގެ އައު ރައީސް "ކިނބޫ" އެނގޭތަ؟
22 އޮކްޓޯބަރު 2017

ސައުދީ ވަލީއަޙުދު ސަލްމާން އިޒްރޭލަށް ސިއްރު ދަތުރުފުޅެއް ކުރެއްވިކަން ފަޅާއަރައިފި

22 އޮކްޓޯބަރު 2017
ސައުދީ ވަލީއަޙުދު ސަލްމާން އިޒްރޭލަށް ސިއްރު ދަތުރުފުޅެއް ކުރެއްވިކަން ފަޅާއަރައިފި
23 ސެޕްޓެމްބަރު 2017

އިންޑިއާއަށް ރޮހިންޖާ މުސްލިމުން އައުން ހުއްޓުވުމަށް "ސްޓަން އަދި ޗިލީ ގްރެނޭޑް" ދަނީ ބޭނުން ކުރަމުން

23 ސެޕްޓެމްބަރު 2017
އިންޑިއާއަށް ރޮހިންޖާ މުސްލިމުން އައުން ހުއްޓުވުމަށް "ސްޓަން އަދި ޗިލީ ގްރެނޭޑް" ދަނީ ބޭނުން ކުރަމުން
17 އޯގަސްޓު 2017

ބާސެލޯނާ ވޭން އެޓޭކް: 13 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ!

17 އޯގަސްޓު 2017
ބާސެލޯނާ ވޭން އެޓޭކް: 13 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު