Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީ ލަންކާގެ އިންތިޚާބު

ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ޑިސެނަޔަކަ ކަމަށް ބެލެން ފަށައިފި

މިހާރުގެ ރައީސް ވިކްރަމަސިންހަ އާއި މާކްސިސްޓް ލީޑަރ ޑިސަނަޔަކަ އަދި އިދިކޮޅު ލީޑަރ ޕްރެމަދާސާގެ މެދުގައި އޮތް ރިޔާސީ ރޭހުގެ ވާދަވެރިކަން ބުރަވާނީ ޑިސެނަޔަކަ ކޮޅަށް ކަމަށް ބެލެން ފަށައިފިއެވެ. ނަތީޖާތައް ފެންނަ ގޮތުން ސްރީ ލަންކާގެ ފުރަތަމަ މާކްސިސްޓް ވެރިއަކަށް ވެގެންދާނީ ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ގެ ލީޑަރު އަނޫރާ ކުމާރާ ޑިސަނަޔަކަ އެވެ.

ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2024 | އާދީއްތަ 01:37
ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ގެ ލީޑަރު އަނޫރާ ކުމާރާ ޑިސަނަޔަކަ

ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ގެ ލީޑަރު އަނޫރާ ކުމާރާ ޑިސަނަޔަކަ

ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ގެ ލީޑަރު އަނޫރާ ކުމާރާ ޑިސަނަޔަކަ، ސްރީ ލަންކާގެ 9 ވަނަ ރައީސަކަށް ވެގެންދާނެ ކަމަށް ބެލެވެން ފަށައިފިއެވެ.

ހަތް އިންތިޚާބީ ދާއިރާއެއްގެ ޕޯސްޓަލް ވޯޓިންގ ނަތީޖާތަކުން ދައްކާ ގޮތުން އޭނާ އުޅުއްވަނީ އެހެން ވާދަވެރިންނަށްވުރެ ބޮޑުތަނުން ކުރީގައެވެ.

ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދިޔައީ ހޮނިހިރު ދުވަހު ހެނދުނު 7:00ން ހަވީރު 4:00 އަށެވެ. 22 އިންތިޚާބީ ދާއިރާގައި 13،400ށް ވުރެ ގިނަ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ދިޔައީ ސުލްހަވެރިކަމާއެކުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސްރީ ލަންކާގެ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރަމުންދާ ނަތީޖާތަކަށް ބަލާއިރު އުމުރުން 56 އަހަރުގެ ކުޑަ ޕާޓީއަކަށް ނިސްބަތްވާ ޑިސެނަޔަކަ ވަނީ އޭނާގެ ވާދަވެރިން ކަމުގައިވާ މައި އިދިކޮޅު ލީޑަރު އުމުރުން 57 އަހަރުގެ ސަޖިތު ޕްރެމަދާސާ އަދި މިހާރުގެ ރައީސް އުމުރުން 75 އަހަރުގެ ރަނިލް ވިކްރަމަސިންހަ ފަހަތައް ޖައްސާ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ.

ހަތް އިންތިޚާބީ ދާއިރާގެ ޕޯސްޓަލް ވޯޓިންގ ނަތީޖާތަކުން ދައްކާގޮތުގައި، އެންޕީޕީގެ ލީޑަރު ޑިސެނަޔަކަ ވަނީ 56 އިން ސައްތަ ވޯޓު ހޯއްދަވާފައެވެ.

ޕޯސްޓަލް ވޯޓިންގ ނަތީޖާތަކުން ދައްކާ ޓްރެންޑަށް ބަލާއިރު، ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޑިސެނެޔަކަ 50 އިން ސައްތަ އަށްވުރެ ގިނަ ވޯޓު ހޯއްދައިގެން ދެވަނަ ބުރެއްގެ ގުނުމަކަށް ނުގޮސް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެއެވެ.

އަނުރަ ކުމާރަ ޑިސަނަޔަކެސްރީލަންކާގެ ރިޔާސީ އިންތިޚާބް 2024

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2025

މިނިސްޓަރުންގެ ޚަރަދުތައް ކުޑަކުރަން ސްރީ ލަންކާ ގެ ސަރުކާރުން ފިޔަވަޅު އަޅައިފި

25 ޖެނުއަރީ 2025
މިނިސްޓަރުންގެ ޚަރަދުތައް ކުޑަކުރަން ސްރީ ލަންކާ ގެ ސަރުކާރުން ފިޔަވަޅު އަޅައިފި
18 ނޮވެމްބަރު 2024

ސްރީ ލަންކާގެ ކެބިނެޓަށް 21 މިނިސްޓަރުން އައްޔަން ކޮށްފި

18 ނޮވެމްބަރު 2024
ސްރީ ލަންކާގެ ކެބިނެޓަށް 21 މިނިސްޓަރުން އައްޔަން ކޮށްފި
23 ސެޕްޓެމްބަރު 2024

އަނޫރާ ކުމާރާ ޑިސަނަޔަކަ ސްރީލަންކާގެ ރައީސްކަމުގެ ހުވާކުރައްވައިފި

23 ސެޕްޓެމްބަރު 2024
އަނޫރާ ކުމާރާ ޑިސަނަޔަކަ ސްރީލަންކާގެ ރައީސްކަމުގެ ހުވާކުރައްވައިފި
22 ސެޕްޓެމްބަރު 2024

އަނޫރާ ކުމާރާ ޑިސެނަޔަކަ – އެއީ ކޮން ބޭފުޅެއް؟

22 ސެޕްޓެމްބަރު 2024
އަނޫރާ ކުމާރާ ޑިސެނަޔަކަ – އެއީ ކޮން ބޭފުޅެއް؟
22 ސެޕްޓެމްބަރު 2024

އަނޫރާ ކުމާރާ ޑިސަނަޔަކަ ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި

22 ސެޕްޓެމްބަރު 2024
އަނޫރާ ކުމާރާ ޑިސަނަޔަކަ ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު