Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)

މުސްތަޤްބަލުގައި އާޓިފިޝަލް އިންޓެލިޖެންސް އިން ހިތުގެ ބަލީގެ ނުރައްކާ ދެނެގަނެވޭނެ!

އާޓިފިޝަލް އިންޓެލިޖެންސްގެ މަފްހޫމަކީ އައު އެއްޗެއް ނޫނެވެ. މި ޚިޔާލު ފުރަތަމަ ފާޅުކުރެވުނީ 1950 ގެ އަހަރުތަކުގައެވެ. ނަމަވެސް، ފަހަކަށް އައިސް ކޮމްޕިއުޓަރުތަކުގެ ޕްރޮސެސިންގ ބާރު އިތުރުވެ، ޑޭޓާ އެއްކުރުމުގެ ޤާބިލުކަން އިތުރުވުމާއެކު، އޭއައިގެ ދާއިރާ ވަނީ ހައިރާންކުރުވަނިވި ބާރުމިނެއްގައި ކުރިއަރާފައެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2024 | އާދީއްތަ 08:18
ފިރިހެނަކު ހާޓްއެޓޭކް އެއް ޖެހޭ މަންޒަރެއް

ފިރިހެނަކު ހާޓްއެޓޭކް އެއް ޖެހޭ މަންޒަރެއް

ޒަމާނުއްސުރެ އިންސާނުން ވަނީ އެމީހުންގެ ދިރިއުޅުން ފަސޭހަކުރުމަށްޓަކައި އާ ގޮތްތަކާއި ވަސީލަތްތައް ހޯދުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން، ފަހަކަށް އައިސް އެންމެ ބޮޑު ސަމާލުކަމެއް ލިބެމުންދާ ޓެކްނޮލޮޖީއަކީ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި އެވެ.

އޭއައި އަކީ ކޮމްޕިއުޓަރ ސައިންސްގެ ވަރަށް ފުޅާ ދާއިރާއެކެވެ. އޭއައި އަކީ ކޮމްޕިއުޓަރ ސައިންސްގެ ވަރަށް ފުޅާ ދާއިރާއެކެވެ. އޭއައި އަކީ ގިނަ ދާއިރާތަކުގެ މައްޗަށް އެކުލެވޭ ސައިންސެއް ނަމަވެސް، ޚާއްޞަކޮށް މެޝިން ލާރނިންގ އަދި ޑީޕް ލާރނިންގގެ ދާއިރާއިން ލިބެމުންދާ ކުރިއެރުންތަކުގެ ސަބަބުން ވަރަށް ގިނަ ސިނާއަތްތަކަށް އޭއައިގެ ސަބަބުން ބޮޑެތި ކުރިއެރުން ތަކެއް ދަނީ އަންނަމުންނެވެ. އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން މެޝިންތަކަށް އިންސާނުންގެ ވިސްނުމާ އެއްފަދަ، އަދި ބައެއް ހާލަތްތަކުގައި އެއަށްވުރެ ވެސް ރަނގަޅު ނަތީޖާތައް ނެރެވޭ ފަދަ ގޮތަކަށް މަސައްކަތްކުރެވެއެވެ. އަމިއްލައަށް ދުއްވާ ކާރުތައް ތަރައްޤީކުރުމުން ފެށިގެން، ޖެނެރޭޓިވް އޭއައި ޓޫލްތަކުގެ ބޭނުން އާންމުވަމުން ދިއުމާ ހަމައަށް، އޭއައި އަކީ މިހާރު އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ވަމުންދާ ޓެކްނޮލޮޖީއެކެވެ.

އާޓިފިޝަލް އިންޓެލިޖެންސްގެ މަފްހޫމަކީ އައު އެއްޗެއް ނޫނެވެ. މި ޚިޔާލު ފުރަތަމަ ފާޅުކުރެވުނީ 1950 ގެ އަހަރުތަކުގައެވެ. ނަމަވެސް، ފަހަކަށް އައިސް ކޮމްޕިއުޓަރުތަކުގެ ޕްރޮސެސިންގ ބާރު އިތުރުވެ، ޑޭޓާ އެއްކުރުމުގެ ޤާބިލުކަން އިތުރުވުމާއެކު، އޭއައިގެ ދާއިރާ ވަނީ ހައިރާންކުރުވަނިވި ބާރުމިނެއްގައި ކުރިއަރާފައެވެ. މިއަދު އަޅުގަނޑުމެން ދިރިއުޅޭ ދުނިޔޭގައި، އޭއައިގެ ބޭނުން ކުރެވެމުންދަނީ ހަމައެކަނި ސައިންސް ފިކްޝަން ފިލްމުތަކުގައެއް ނޫނެވެ.

މިސާލަކަށް ޞިއްޙީ ދާއިރާގައި ބަލިތައް ދެނެގަތުމަށާއި، ފަރުވާ ކަނޑައެޅުމަށް އޭއައިގެ ބޭނުން ކުރެވެއެވެ. މީގެ އިތުރުން ތަޢުލީމީ ދާއިރާގައި ދަރިވަރުންނަށް އެހީތެރިވުމަށާއި، ވިޔަފާރީގެ ދާއިރާގައި ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށްވެސް އޭއައިގެ ބޭނުން ކުރެވެއެވެ. އަދި ދަތުރުފަތުރުގެ ދާއިރާގައި އަމިއްލައަށް ދުއްވާ ވެހިކަލްތައް ތަރައްޤީ ކުރުމުގައިވެސް އޭއައިގެ ދައުރު ވަރަށް ބޮޑެވެ.

އިނގިރޭސިވިލާތުގެ ލީޑްސް ޔުނިވަރސިޓީ އިން ވަނީ 'އޮޕްޓިމައިޒް' ނަމަކަށް ކިޔާ އޭއައި ޓޫލްއެއް ތަރައްޤީކޮށްފައެވެ. މި އެޑްވާންސްޑް ނިޒާމުން ދެ މިލިއަނަށްވުރެ ގިނަ މީހުންގެ ޞިއްޙީ މަޢުލޫމާތު ފުންކޮށް ދިރާސާކޮށްފައިވެއެވެ. މި ދިރާސާއިން ހާމަވި ގޮތުގައި، ގިނަފަހަރަށް މީހުންގެ ގައިގައި ހުންނަނީ ކުރި ދެނެގަނެވިފައިނުވާ ކޮންމެވެސް ބައްޔެކެވެ. ނުވަތަ ބަލި މީހާގެ ސިއްޙަތަށް ނުރައްކާވާ ފަދަ ކަންކަން ކުޑަކުރުމަށް ދުރާލާ އެކަށީގެންވާ ފަރުވާއެއް ދެވިފައެއް ނުވެއެވެ.

ލީޑްސް ޔުނިވަރސިޓީގެ ޑރ. ރަމޭޝް ނަދަރާޖާ ވިދާޅުވި ގޮތުގައި، ބަލިތައް ގޯސްވިޔަ ނުދިނުމަކީ ގިނަފަހަރަށް ފަރުވާ ދިނުމަށްވުރެ އަގުހެޔޮ ގޮތެކެވެ. އަދި މާ ބުއްދިވެރިވެސް ގޮތެކެވެ.

ކުރިން ބުނެވުނު ދެ މިލިއަން ރެކޯޑުގެ ތެރެއިން، 400,000ށް ވުރެ ގިނަ މީހުންނަކީ ހާޓް ފެއިލިއަރ، ސްޓްރޯކް އަދި ހަކުރުބަލި ފަދަ ބަލިތަކަށް ހައި ރިސްކް ބައެއްގެ ގޮތުގައި ފާހަގަކުރެވުނެވެ. ހަމައެއާއެކު، މީގެ ތެރެއިން 74 އިންސައްތަ މީހުން މަރުވެފައިވަނީ ހިތުގެ ކޮންމެވެސް ބައްޔެއްގެ ކަންވެސް ދީރާސާގެ ހޯދުންތަކުން ހާމަވިއެވެ.

މީގެއިތުރުން، ބުނެވިދިޔަ އޭއައި ޓޫލް އިން ކުރި 82 މީހުންގެ އޮޕްޓިމައިޒް ޕައިލެޓް ޕްރޮގްރާމެއްގައި ކޮންމެ 5 މީހެއްގެ ތެރެއިން 1 އަށް، އެމީހުންނަށް ކުރިން ބަލި ހުރިކަން ނޭނގި މެދުމިނުގެ ނުވަތަ ހައި ރިސްކް ހުރި ދާއިމީ ކިޑްނީ ބައްޔެއް ހުރިކަން ފާހަގަކުރެވުނެވެ. ހަމައެގޮތުނލޭ ޕްރެޝަރުގެ މަތި މީހުންގެ ތެރެއިން 50 އިންސައްތައަށް ވުރެ ގިނަ މީހުންނަށް، އެ މީހުންގެ ކާޑިއޯވަސްކިއުލަރ ރިސްކް އެންމެ އެކަށީގެންވާ ގޮތުގައި މެނޭޖްކުރުމަށްޓަކައި، އައު ބާވަތެއްގެ ބޭހެއް ދެވުނެވެ.

މި ދިރާސާއިން ދައްކާގޮތުގައި، މި އައު 'އެޕްރޯޗް'ގެ ސަބަބުން ޞިއްޙީ ޚިދުމަތްތެރިންނަށް ބަލިމީހުންނަށް ދުރާލާ ފަރުވާ ދެވޭނެއެވެ. މީގެ ސަބަބުން ޞިއްޙީ ޚިދުމަތުގެ ނިޒާމަށް ކުރިމަތިވެފައިވާ ބުރަތައް ލުއިކުރުމަށް އެހީތެރިވެދޭނެއެވެ. ޑރ. ނަދަރާޖާ ވިދާޅުވި ގޮތުގައި، ގިނަ ފަހަރަށް ހިތުގެ ބަލީގައި މީހުން މަރުވަނީ އެކި ކަހަލަ ގިނަ ސަބަބުތައް އެކުވެގެންނެވެ.

"މި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިސްޓަމަކީ ފަސޭހައިން ލިބެންހުރި މަޢުލޫމާތު ބޭނުންކޮށްގެން އައު 'އިންސައިޓްތަކެއް' އުފައްދާ ޓޫލްއެއް. މީގެ ސަބަބުން ޞިއްޙީ ޚިދުމަތްތެރިންނަށް، ބަލިމީހުންނަށް އެންމެ އެކަށޭނަ ވަގުތުގައި ފަރުވާ ފޯރުކޮށްދެވޭކަން ޔަޤީންކުރުމަށް އެހީތެރިވެދޭނެ،" ޑރ. ނަދަރާޖާ ވިދާޅުވިއެވެ.

ލަންޑަނުގައި ބޭއްވުނު ޔޫރަޕިއަން ސޮސައިޓީ އޮފް ކާޑިއޮލޮޖީ ކޮންގްރެސްގައި މި ދިރާސާގެ ނަތީޖާތައް ހުށަހެޅި ދިރާސާވެރިން ބުނާ ގޮތުގައި، މި ދިރާސާގެ އިތުރު ކްލިނިކަލް ޓްރަޔަލް އެއް މިއަށް ވުރެ ފުޅާކޮށް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

"ދެން އަޅުގަނޑުމެން ރާވާފައިވަނީ، ޑޮކްޓަރުންގެ ބެލުމުގެ ދަށުން ބަލިމީހުންނަށް ފަރުވާ ދިނުމުގެ ކްލިނިކަލް ޓްރަޔަލެއް ކުރިއަށް ގެންދިއުމަށް" ކަމަށް ޑރ. ނަދަރާޖާ ވިދާޅުވިއެވެ.

މި ދިރާސާއަށް ފަންޑުކުރި ބްރިޓިޝް ހާޓް ފައުންޑޭޝަންގެ އިސް ސައިންޓިފިކް އަދި މެޑިކަލް އޮފިސަރ، ޕްރޮފެސަރ ބްރަޔަން ވިލިއަމްސް ވިދާޅުވި ގޮތުގައި، ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު މަދުކުރުމަށް އެންމެ މުހިންމު ކަމަކީ ބަލިތައް ކުރިން ދެނެގަތުމެވެ.

އޭނާ އިތުރަށް ވިދާޅުވީ އިނގިރޭސިވިލާތުގައި މަރުވާ މީހުންގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި މީހުން މަރުވަނީ ހިތާއި ލޭ ދައުރުކުރާ ނިޒާމުގެ ބަލިތަކުގެ ސަބަބުންނެވެ. މި އައު އަދި ފާހަގަކޮށްލެވޭ ދިރާސާއިން، އޭއައި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން، މި ބަލިތަކަށް މަގުފަހިކުރާ ގިނަގުނަ ޙާލަތްތައް ދެނެގަނެވޭނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަލްޒައިމާޒް ބަލީގެ ހިތްދަތިކަމަށް ތަސައްލީއެއް!

އަލްޒައިމާޒް ބަލީގެ ހިތްދަތިކަމަށް ތަސައްލީއެއް!

04 މެއި 2023
މިނިވަންކަމުން 2 ފަސް ކުރި އާއިލާއެއްގެ ހިތުގެ ޝަކުވާ: މަންމައާ ވަދާއީ ސަލާމް ކުރީ އެކަން ނޭނގި!

މިނިވަންކަމުން 2 ފަސް ކުރި އާއިލާއެއްގެ ހިތުގެ ޝަކުވާ: މަންމައާ ވަދާއީ ސަލާމް ކުރީ އެކަން ނޭނގި!

14 އޯގަސްޓު 2022
އަމިއްލަ ވަޒަނުގައި ގެދޮރު ގެއްލި، ޢީދުގެ އުފަލުން މަޙްރޫމްވެފައިވާ ޞާލިޙްގެ ހިތުގެ ޝަކުވާ!

އަމިއްލަ ވަޒަނުގައި ގެދޮރު ގެއްލި، ޢީދުގެ އުފަލުން މަޙްރޫމްވެފައިވާ ޞާލިޙްގެ ހިތުގެ ޝަކުވާ!

11 ޖުލައި 2022

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު