Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިނަދޫ ފެންޕްލާންޓް ޚިޔާނާތް

ތިނަދޫ ފެންޕްލާންޓް ޚިޔާނާތް: އަވަސް އަރުވާލައިގެން ބޮޑު އަގުގައި ގަތް ޕްލާންޓާބެހޭ އެތައް ސުވާލުތަކެއް!

ގަންނަން ހަވާލު ކުރީ ގަޑިއިރަކު 15 ކޮޑިމީޓަރު އުފެއްދޭ ޕްލާންޓެއް، ގެންގޮސްފައި ހުރީ 12.5 ކޮޑިމީޓަރު އުފައްދާ ޕްލާންޓެއް

ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2024 | ބުރާސްފަތި 16:25
ގދ ތިނަދޫގައި ފެނަކައިން ހިންގި ޖަރީމާއެއް ދައްކުވައިދޭ ފޮޓޯއެއް

ގދ ތިނަދޫގައި ފެނަކައިން ހިންގި ޖަރީމާއެއް ދައްކުވައިދޭ ފޮޓޯއެއް

ގދ. ތިނަދޫ އަށް ފެނަކައިން ކޮންޓްރެކްޓަރަކު މެދުވެރިކޮށް ގެންދިޔަ ފެންޕްލާންޓު ގަތުމުގެ ފަހަތުގައި ކަރަޕްޝަންގެ އަމަލުތަކެއް އުޅޭކަން އިތުބާރު ހުރި ގޮތެއްގައި ރާއްޖެއެމްވީ އަށް އެނގިއްޖެއެވެ.

ގދ ތިނަދުއަށް ގެންގޮސްފައިވާ އާރްއޯ ޕްލާންޓަކީ 24 ގަޑިއިރުގައި 300 ޓަނު (ގަޑިއިރަކު 12.5 ކޮޑިމީޓަރު) އުފައްދާ ގޮތަށް ފަރުމާކުރެވިފައިވާ ޕްލާންޓެކެވެ. ނަމަވެސް، ޕްލާންޓް ގަންނަން ފެނަކައިން ދިން ސްޕެސިފިކޭޝަންގައި ބަޔާންކޮށްފައިވަނީ 20 ގަޑިއިރުން 300 ޓަނު (ގަޑިއިރަކު 15 ކޮޑިމީޓަރު) ޕްލާންޓުން އުފައްދަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، 300 ޓަނުގެ ފެން އުފައްދަން ހޯދި ޕްލާންޓުގައި ހުންނާނެ ކަމަށް ކޮންޓްރެކްޓަރުގެ ޕްރޮޕޯސަލްގައި ހިމެނިފައިވީ ކިތަންމެ ކަމެއް ޕްލާންޓް ތިނަދޫ އަށް ގެންދިޔަ އިރު ނެތްކަންވެސް ވަނީ އެނގިފައެވެ. އޭގެ ތެރޭގައި 2 ޓްރާންސްފަރ ޕަމްޕާއި، ކާޓްރިޖް ފިލްޓަރާއި، ރޮޑަކްޓް ޑިސްއިންފެކްޓަންޓް ޔޫވީ-ސީ ސިސްޓަމެއް ނެތެވެ.

ހަމައެއާއެކު، ފެނަކައިން ޕްލާންޓުގައި ހުންނަން ޖެހޭނެ ކަމަށް ބުނެފައިވާ ބައިތަކުގެ ތެރެއިން ރިޖެކްޓް ޓޭންކާއި ރިޖެކްޓް ޕަމްޕުތައް ހިމެނިފައެއް ނުވެއެވެ.

ތިނަދޫ އަށް ގެންދިޔަ އާރްއޯ ޕްލާންޓަކީ ވަރަށް ބޮޑަށް އޮޅުވާލައިގެން ދިން ސްޕެސިފިކޭޝަށް ވުރެ މާ ދަށް ޕްލާންޓެއްކަން ފެނައިކައިގެ ވެރިންނަށްވެސް އެނގޭނެ ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދިން ފަރާތުން ބުނީ މިހާރު ގެންގޮސްފައިވާ ޕްލާންޓަކީ ދުވާލަކު 300 ޓަނު އުފައްދާ ޕްލާންޓަށް ދިން މިންގަނޑުތަކަށް ފެތޭ ޕްލާންޓެއް ނޫނެވެ. އެހެން ކަމުން ކުރިން 20 ގަޑީއިރު ހިންގައިގެން އުފައްދަން ބޭނުންވި އަދަދަށް ފެން އުފައްދަން މިހާރު ގެންދިޔަ ޕްލާންޓް 24 ގަޑިއިރު ހިންގަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ތިނަދޫ އަށް ޕްލާންޓެއް ފޮނުވަން ޖެހުނީ އެތަނުގައި ހުރި ޕްލާންޓަށް ކޮން މައްސަލައެއް ޖެހިގެންތޯ ސުވާލު ކުރުމުން އޭނާ ބުނީ ޕްލާންޓަށް ދިމާވި މައްސަލައަކީ ޖުލައި މަހުގެ މެދުތެރޭގައި ޕްލާންޓުގެ އެނަރޖީ ރިކަވަރީ ޑިވައިސްގެ އޯ ރިންގް ސީލް ކިޓް ހަލާކު ވުމެވެ.

"މިފަދަ ސީލްކިޓެއްގެ އަގަކީ 15،000 ރުފިޔާ. އެއީ އާންމު ގޮތެއްގައި 15 ވަރަކަށް ދުވަހުން ގެނެވޭ އެއްޗެއް،" އޭނާ ބުންޏެވެ.

އެހެން ނަމަވެސް "ހެޔޮ އެދޭ ފަރާތަކުން" ސީލް ކިޓް ހަދިޔާ ކުރުމާއެކު ޕްލާންޓް ހިންގޭ ގޮތް ދިމާވި ކަމަށާއި، އެއާއެކު އެއްވެސް މައްސަލައެއް ނެތި ބަރާބަރަށް ޕްލާންޓް ހިނގަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިކަން މިހެން ކުރިއަށް ދަނިކޮށް އަވަސް އަރުވަލައިގެން ތިނަދޫ އަށް އާރްއޯ ޕްލާންޓެއް ހޯދުމުގެ މަސައްކަތް ފެނަކައިން ފެށީއެވެ.

މައުލޫމާތު ދިން ފަރާތުން ބުނެފައިވާ ގޮތުގައި އަވަސް އަރުވާލާއިގެން ތިނަދޫ އަށް ޕްލާންޓެއް ހޯދަން ޖެހޭ ހާލަތެއް މިވަގުތު ނުވެސް ނެތެވެ. ތިނަދޫ ޕްލާންޓް ދަނީ ރަނގަޅަށް ހިނގަމުންނެވެ. އެހެން ނަމަވެސް "އިމަޖެންސީ" ކަމެއްގެ ގޮތުގައި ޕްލާންޓް ހޯދި އިރު އެންމެ އާރް އޯ ޕްލާންޓެއް ހިނގަމުންދާ ހަތް ރަށެއް މިހާރުވެސް ރާއްޖޭގައި އޮތްކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

"އިމަޖެންސީ ވަންޏާ އަނެއް 7 ރަށުގައިވެސް އިމަޖެންސީ ވާނެތާ!،" މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

އޭނާ ބުނިގޮތުގައި ތިނަދޫއަށް ޕްލާންޓެން ގެންދަން ބޭނުންވީ "ޖީބު ބޮޑު ކުރާށެވެ." އޭނާ ބުނީ 189،390 ޑޮލަރު (ގާތްގަނޑަކަށް 3 މިލިއަން ރުފިޔާ) އަށް ގަންނަން ލިބެންހުރި ޕްލާންޓެއް 10،350،000 ދިވެހި ރުފިޔާ އެއް ފަހަރާ ފައިސާ ދައްކާފައި ނެގީ އޭގެން ނާޖާއިޒް މަންފާއެއް ހޯދުމަށް ކަމަށެވެ.

އޭނާ ބުނިގޮތުގައި އަވަސް އަރުވާލައިގެން ޕްލާންޓް ގަތް އިރު ޕްރޮސީޖަރަށް ބެލުމެއް ނެތި އެންމެ ފަހުން ޕްލާންޓް ގެންދިޔައިރު ގަޑިއަކު 15 ޓަނު އުފައްދަން ޖެހޭނެ ކަމަށް ބުނެފައިވީނަމަވެސް އެ ޕްލާންޓުން އުފެއްދެނީ 12.5 ޓަނުކަމުގައެވެ.

މައްސަލަ މިހެން ދިމާވުމުން ފެނަކައިގެ ޓީމެއް ތިނަދޫ އަށް ގޮސް ޕްލާންޓް ބެލުމަށްފަހު ރިޕޯޓެއް ހަދާ ހުށަހެޅި ކަމަށާއި އެހެން ނަމަވެސް އެއީ "ނެތް ރިޕޯޓަކަށް ހަދާ" އެހެން ބަޔަކު ލައްވާ އެހެން ރިޕޯޓެއް ހެދީ ކަމަށެވެ.

އޭނާ ބުނިގޮތުގައި ސަރުކާރުގެ އެހެން ކުންފުންޏަކުން 400 ޓަނުގެ ޕްލާންޓެއް 7 މިލިއަން ރުފިޔާ އަށް 12 މަހުން ފައިސާ ދައްކާ ގޮތައް ދޭން ބުނުމުންވެސް ފެނަކައިން ބޭނުންވީ ޕްލާންޓް ގަންނަން ކަމަށާއި އެހެން ކަމުން އެ ރިކުއެސްޓް އެގޮތައް ނުފޮނުވާ ކަމުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ

ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ

12 މާރިޗު 2017
ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި

ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި

08 މާރިޗު 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

23 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު