Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޭސިންގ އަދި ޑްރިފްޓިންގ

ރޭސިންގ އެސޯސިއޭޝަނަށް ހުޅުމާލޭގެ ސަރަހައްދެއް ބޭނުންކުރުމުގެ ހުއްދަ ބާތިލު ކުރުމަށްފަހު އަލުން ދީފިކަމަށް ބުނާ ޚަބަރު މިނިސްޓަރު ދޮގުކޮށްފި

ރޭސިންގ އެންޑް ޑްރިފްޓް އެސޯސިއޭޝަން އަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރަން ދިން ހުއްދަ ބާތިލްކުރީ 06 ސެޕްޓެމްބަރު 2024 ގައި

ނިއުސް ޓީމް
ނިއުސް ޓީމް | 8 ސެޕްޓެމްބަރު 2024 | އާދީއްތަ 08:09
ރޭސް އަދި ޑްރިފްޓިން އަށް ވި ވައުދު އުވާލައްވާ ބާރު ސްޕީޑުގައި ވެހިކަލް ދުއްވާނަމަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފަ

ރޭސް އަދި ޑްރިފްޓިން އަށް ވި ވައުދު އުވާލައްވާ ބާރު ސްޕީޑުގައި ވެހިކަލް ދުއްވާނަމަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފަ

ރޭސިންގ އެންޑް ޑްރިފްޓް އެސޯސިއޭޝަނަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް ދީފައިވާ ހުއްދަ ހުކުރު ދުވަހު ބާތިލުކުރުމަށްފަހު، އާދިއްތަ ދުވަހު އަލުން އަނބުރާ ދީފިކަމަށް ބުނާ ޚަބަރު ޓްރާންސްޕޯޓް މިނިސްޓަރު ދޮގުކޮށްފިއެވެ.

މި ކަމާއި ގުޅިގެން ރާއްޖެއެމްވީން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން އަށް ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ، "އެއީ ދޮގު ވާހަކައެއް، އެކަހަލަ މައުލޫމާތެއް އަދި ލިބިފައިނުވާ،" ކަމަށެވެ.

"އަދި އަޅުގަނަޑު ތިޔަކަހަލަ ވާހަކައެއް އަޑެއްވެސް ނާހަން، އަޅުގަނޑަކަށް ވަރަށް ހީނުވޭ، އަޅުގަނޑުމެން ލެވެލް އަށް ނޭގި ދެއްވާނެހެން،" މިނިސްޓަރ ކެބިނެޓް ޖަލްސާއިން ނުކުންނަވާ ރާއްޖެއެމްވީ އަށް ފޯނުން ޖަވާބު ދެއްވަމުން ވިދާޅުވިއެވެ.

ރޭސިންގ އެންޑް ޑްރިފްޓް އެސޯސިއޭޝަން އަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރަން ދިން ހުއްދަ ބާތިލްކުރިކަން އަންގާ، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ‫ރޭސިންގ އެންޑް ޑްރިފްޓް އެސޯސިއޭޝަން އަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރު 2023 ގައި ދީފައިވާ ހުއްދާ ބާތިލްކޮށް އެފަރާތަށް އެކަން އަންގާފައިވާ ކަމަށެވެ. ‬

ރޭސިންއަށާއި ޑްރިފްޓިންއަށް ހުޅުމާލެއިން ދޫކޮށްފައި އޮންނަ ސަރަހައްދު އަތުލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން ރޭސިންގ އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިތުބާރުހުރި ފަރާތަކުން ރާއްޖެއެމްވީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ހަވީރު ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވަނީ ރޭސް ޖަހާ ޒުވާނުންނާ ބައްދަލުކޮށްފައި ކަމަށާއި، ބައްދަލުވުމަށްފަހު ހުކުރު ދުވަހު ބާތިލުކުރި ހުއްދަ އަލުން އަނބުރާ ދީފައިވާ ކަމަށެވެ.

ރޭސިންގ އެންޑް ޑްރިފްޓް އެސޯސިއޭޝަނަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް ހުއްދަ އަލުން ދިން ކަމުގެ ޚަބަރު ފެތުރިފައި މިވަނީ، ގަވައިދާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދު ކޮންޓްރޯލް ކުރުމާއި، އުޅަނދަށް ބަދަލުގެނެސްގެން ނުވަތަ އުޅަނދުގެ ބާވަތުން ދުއްވާއިރު އަޑުގަދަ އުޅަނދުތައް ބޭނުންކުރުން ކޮންޓްރޯލްކޮށް ޢާއްމުންރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަށްޓަކައި 8 ފިޔަވަޅެއް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް 6 ސެޕްޓެމްބަރު 2024 ގައި ރައީސް ޑރ މުއިއްޒު އަންގަވާފައި ވަނިކޮށްނެވެ.

އިތުރަށް ކިޔާލަން

06 މެއި 2018

ހުޅުމާލޭގެ އެކި ސަރަޙައްދުތަކުން ކަރަންޓު ކަނޑަނީ

06 މެއި 2018
ހުޅުމާލޭގެ އެކި ސަރަޙައްދުތަކުން ކަރަންޓު ކަނޑަނީ
29 އެޕްރީލު 2018

ހުޅުމާލޭގެ ތިން ތަނެއް ފަޅާލައި ވައްކަން ކޮށްފި

29 އެޕްރީލު 2018
ހުޅުމާލޭގެ ތިން ތަނެއް ފަޅާލައި ވައްކަން ކޮށްފި
27 މާރިޗު 2018

ފާނައިގެ މަސްވެރިކަން ކުރުން މަނާ ސަރަހައްދެއްގައި ސަރވޭއެއް ކުރާނެ ފަރާތެއް ހޯދަނީ

27 މާރިޗު 2018
ފާނައިގެ މަސްވެރިކަން ކުރުން މަނާ ސަރަހައްދެއްގައި ސަރވޭއެއް ކުރާނެ ފަރާތެއް ހޯދަނީ
26 މާރިޗު 2018

ހުޅުމާލޭގެ ހާބަރާއި ބީޗު ސަރަހައްދު ތަރައްގީ ކުރުމަށް ބަޔަކު ހޯދަނީ

26 މާރިޗު 2018
ހުޅުމާލޭގެ ހާބަރާއި ބީޗު ސަރަހައްދު ތަރައްގީ ކުރުމަށް ބަޔަކު ހޯދަނީ
07 ޖެނުއަރީ 2018

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތަކުން ބައެއްގައި ތާރުއަޅާ ނިންމާލައިފި

07 ޖެނުއަރީ 2018
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތަކުން ބައެއްގައި ތާރުއަޅާ ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު