Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޑރ މުއިއްޒުގެ ޤައުމީ ދުވަހުގެ ޚިތާބް

ރައީސް މުޢިއްޒުގެ ޤައުމީ ދުވަހުގެ ޚިޠާބުގައި ތާރީޚަށް ޓަކައި އިސްލާހު ކުރަން ޖެހޭ މައުލޫމާތުގެ ބޮޑެތި ކުށްތަކެއް

ވަކި ދައުލަތެއްގެ މިނިވަން ފަޚްރުވެރި ދިދަ ވިހުރާލަން ލިބުމުގެ އެއް ސިއްރަކީ، ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮތުން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް، އދ ގައި ހިނގި ބަހުސްގައި ރާއްޖޭގައި އަމިއްލަ ބަހެއް އޮންނަކަން ފާހަގަ ކޮށްފައެއް ނެތެވެ.

ވަކި ދައުލަތެއްގެ މިނިވަން ފަޚްރުވެރި ދިދަ ވިހުރާލަން ލިބުމުގެ އެއް ސިއްރަކީ، ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮތުން ކަމަށް ޑރ. މުއިއްޒު ވިދާޅުވި

ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2024 | ބުރާސްފަތި 16:55
ރައީސް ޑރ. މުޙައްމަދު މުއިއްޒު

ރައީސް ޑރ. މުޙައްމަދު މުއިއްޒު

މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ގަބޫލު ކުރުމަށް އދ ގެ ސަލާމަތީ މަޖިލީހުގައި ކުރި ބަހުސްގައި ދިވެހިންގެ އަމިއްލަ ބަހެއް އޮތްކަން ފާހަގަ ކުރި ކަމަށާއި، ރާއްޖޭގެ މިނިވަން ފަޚްރުވެރި ދިދަ ވިހުރާލަން ލިބުމުގެ އެއް ސިއްރަކީ ދިވެހި ބަސް ކަމަށް ވިދާޅުވިއެވެ.

"1965ވަނަ އަހަރު، އ.ދ. އިން ދިވެހިރާއްޖެ، މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ގަބޫލު ކުރިއިރު، ވެވިފައި ހުރި ބަހުސްތަކުގެ ކަރުދާސްތައް އަދި ވެސް އެހެރީ ފެންނަން. އެ ދުވަހު ދިވެހީންނަށް ވަކި ދައުލަތެއްގެ މިނިވަން ފަޚްރުވެރި ދިދަ ވިހުރާލަން ލިބުމުގެ އެއް ސިއްރަކީ، ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮތުން،" ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި "އެ މީހުން (ދިވެހިން) ވާހަކަދައްކަނީ ވަކި އަމިއްލަ ބަހަކުން ކަމަށްވާތީ އެއީ، ވަކިބައެކޭ. ހަމަ އެހެންމެ، އެ ބަހުން އުފެދިފައިވާ ސަގާފަތަކާއި ވަޒަންވެރިކަމެއް އެ މީހުންގެ އެބައޮތޭ. އެއީ، އަންޒަމާނުއްސުރެ އެ މީހުންގެ މިލްކުގެ ދަށުގައި އެ މީހުންގެ ބިން ބޭއްވުމާއި، އެކަމަށްޓަކައި އެ މީހުން ކުރާހާ މަސައްކަތޭ،" ރާއްޖެއާ ބެހޭ ގޮތުން ކުރި ބަހުސްގައި އެހެން ޤައުމުތަކުން ބުނި ކަމަށެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި އެ ގައުމުތަކުގެ ނަންތައް ވިދާޅުވެފައެއް ނުވެއެވެ.

"ވީމާ، ތިމާގެ އަމިއްލަ ޤައުމުގެ އަމިއްލަވަންތަކަން ސަލާމަތް ކުރުމަށްޓަކައި އެކަމުގެ މައްޗަށް ލިބޭ މިނިވަންކަން ކަށަވަރުކުރުމަށް، އަމިއްލަ މާދަރީ ބަސް ކޮންމެހެން ވެސް މުހިންމުވޭ،" ދިވެހި ބަހުގެ މުހިންމު ކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު އިޝާރާތް ކުރެއްވި ގަރާރުގެ ބަހުސްގެ ކަންކަން ހިނގައިދިޔަ ގޮތައް ބަލާއިރު، 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު، ދިވެހިރާއްޖެ އަށް އ.ދ. ގެ މެމްބަރުކަން ދިނުމަށް ހުށަހެޅި ޑްރާފްޓް ގަރާރު ސްޕޮންސަރ ކުރީ މެލޭޝިއާ، އިނގިރޭސިވިލާތް އަދި އުރުދުން އިންނެވެ. އެދުވަހު އ.ދ.ގެ ސަލާމަތީ މަޖިލީހުގައި އެ ގަރާރު ސްޕޮންސަރ ކުރި ގައުމުތަކުގެ އިތުރުން ވާހަކަދެއްކި ގައުމުތަކުގެ ތެރޭގައި ސޯވިއެޓް ޔޫނިއަން، ޗައިނާ، އެމެރިކާ، އައިވަރީ ކޯސްޓް، ފްރާންސް، އުރުގުއޭ، ނެދަލޭންޑްސް ހިމެނެއެވެ.

މި ޤައުމުތަކުގެ ތެރެއިން އެއްވެސް ޤައުމަކުން އެ ދުވަހު އެ ދެއްކި ވާހަކައިގައި ރައީސް މުޢިއްޒު ގައުމީ ދުވަހުގެ އެ ވިދާޅުވި މޭރުމުން ދިވެހިރާއްޖެ އަށް އދ ގެ މެމްބަރުކަން ދިނުމާއި ދިވެހި ބަހާ ގުޅުވައިގެން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިރިޔާވެސް "ދިވެހިންގެ ބަހާ" ބެހޭ ގޮތުން އެއްޗެއް ބުނިކަން ފާހަގަ ވަނީ އުރުދުން އިން ދިން ބަޔާނުގައެވެ. އެ ބަޔާނުގައި އުރުދުން އާ ދިވެހިރާއްޖެ އާ އޮތް ގާތް ޘަޤާފީ ގުޅުމާ ބެހޭގޮތުން އަލިއަޅުވާލާފައިވެއެވެ.

އުރުދުންގެ މަންދޫބު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެ އަކީ އާބަދީގެ ނިސްބަތުން ކުޑަ ގައުމެއް ކަމަށާއި، އެހެން ނަމަވެސް ދައުލަތެއްގެ ގޮތުގައި އދ އިން ދިވެހިރާއްޖެ ބަލައިގަތުން މިއީ ރަނގަޅު މުނާސަބަތެއް ކަމަށް ވިދާޅުވިއެވެ.

އެގޮތުން އެ ޤައުމުގެ މަންދޫބު ވިދާޅުވެފައިވަނީ، "ދެ ގައުމުގެ ރައްޔިތުން ހިއްސާކުރަނީ ހަމައެކަނި އެއް ދީނެއް ނޫން ކަމަށާއި، އޭގެ އިތުރުން ދާދި އެއްގޮތް ސަގާފާތަކާއި ބަހެއް ހިއްސާކުރާ ކަމަށް" އުރުދުންގެ މަންދޫބު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒުގެ ދިވެހިރާއްޖެއަށް ހަގީގީ މިނިވަންކަން ލިބުނީ އދ. ގެ މެމްބަރުކަން ލިބުމުން ކަމަށް ދޭހަވާ ގޮތައް ދެއްކެވި ވާހަކަފުޅަކީވެސް ހަގީގަތާ ޚިލާފް ވާހަކަފުޅެކެވެ.

ދިވެހިރާއްޖެއިން މިނިވަންކަން ހޯދުމަށް އދ އަށް ހުށަހަޅާފައެއް ނުވެއެވެ. އދ އަށް ރާއްޖެއިން ހުށަހެޅީ އެ ޖަމާއަތުގެ މެމްބަރުކަން ހޯދުމަށެވެ. އެކަން އެނގެނީ 26 އޮގަސްޓް 1965 ގައި ރާއްޖެއިން އދ އަށް ފޮނުވި ސިޓީންނެވެ. އެސިޓީގައި ސޮއި ކުރެއްވާފައިވަނީ ރާއްޖޭގެ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް ނާސިރެވެ. އެ ސިޓީގައި ބޮޑުވަޒީރު ނާސިރު ލިޔުއްވާފައިވަނީ ދިވެހިރާއްޖެއިން އދ ގެ މެމްބަރަކަށް ވުމަށް ޝައުގުވެރިވާތީ އެކަމަށް އެދި ހުށަހެޅުއްވީ ކަމަށެވެ.

އެހެން ކަމުން އދ ގައި ރާއްޖެއަށް މިނިވަންކަން ދިނުމުގެ ބަހުސް އެއް ނުކުރެއެވެ. އދ ގެ މެމްބަރުކަން ހޯދަން ހުށަހެޅި އިރުވެސް އަދި އެކަމުގެ ބަހުސް ކުރިއިރުވެސް ރާއްޖެއަކީ މިނިވަން ގައުމެކެވެ. މިނިވަން ދިދި ވިހުރުވޭ ގައުމެކެވެ. އޭރުވެސް ރާއްޖޭގައި އަމިއްލަ ސަރުކާރެއް އޮތެވެ. ބޮޑުވަޒީރެއް ގައުމު ހިންގަވަމުން ގެންދެވިއެވެ. ގާނޫނު ހަދާ މަޖިލިހާއި އަމަލު ކުރަމުންދާ ގާނޫނު އަސާސީ އެއް އޮތެވެ.

1965 ވަނަ އަހަރުގެ ސެޕްޓެމްބަރު 21 ވަނަ ދުވަހު، ސަލާމަތީ މަޖިލީހުން ޖެނެރަލް އެސެމްބްލީއަށް ހުށަހެޅި ގޮތުގެމަތިން، ޑްރާފްޓް ރިޒޮލިއުޝަން ފާސްކޮށް، ދިވެހިރާއްޖެ އ.ދ.ގެ މެމްބަރަކަން ލިބުނެވެ. ޖެނެރަލް އެސެމްބްލީގައި އެދުވަހު ގިނަ ޤައުމުތަކަކުން އދ ގެ މެމްބަރަކަށް ވުމުން ދިވެހިރާއްޖެއަށް މަރުޙަބާ ކިޔާފައިވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު